ބޮލީވުޑުގެ ރަސްގެފާނުކަމުގައި ގިނަ ބަޔަކު އިއްތިފާޤުވާ އަމީތާބު ބައްޗަން އަކީ އޭނާއަށް ލިބިފައިވާ މުއްސަނދިކަން، ރަނގަޅު ކަންކަމަށް ބޭނުން ކުރަމުން އަންނަ މީހެކެވެ. އޭނާގެ އެހީތެރިކަން އެތައް ބަޔަކަށް ލިބިގެން ގޮސްފައިވާއިރު، އެންމެ ފަހުން މީޑިޔާގެ ސަމާލުކަން ލިބުނީ 1398 ދަނޑުވެރިއެއްގެ ލޯނު، އޭނާ ދައްކައިދިން ޚަބަރަށެވެ.

ދަނޑުވެރިންނަށްޓަކައި އެތައް ފައިސާއެއް ޚަރަދުކުރުމަށްފަހު، އަމީތާބު ވަނީ އެހެން ބަޔަކަށްވެސް ފައިސާގެ ބޮޑު އެހީއެއްވުމަށް ނިންމާފައެވެ. އެއީ، އުމުރުން ދުވަސްވީ ފަރާތްތަކަށް ނުވަތަ އިސް ރަށްވެހިންނަށެވެ.

"ދި އާރތު ސޭވިއާސް" ގެ ނަމުގައި މަސައްކަތް ކުރަމުން އަންނަ މަދަނީ ޖަމިއްޔާއަކާ ގުޅިގެން އަމީތާބު މި އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު، އެފަރާތްތަކަށް އޭނާ ހަދިޔާކުރުމަށް ނިންމާފައިވަނީ 50 ލައްކަ އިންޑިޔާ ރުޕީސްކަމަށް މައުލޫމާތު ލިބެއެވެ.

އިސްރަށްވެހިންނަށް މިހާ ބޮޑު އެހީތެރިކަމެއް ދިނުމަށް އަމީތާބު ނިންމާފައިވަނީ، އެފަދަ ބައެއް ފަރާތްތައް އުޅެމުންދާ ދަތި ހާލުގެ ވާހަކަ އިވުމުންނެވެ. އެގޮތުން، އާރތު ސޭވިޔާސްގެ ފައުންޑަރ ވަނީ އަމީތާބުގެ "ކޯން ބަނޭގާ ކްރޯރުޕަތީ" ޝޯވ އަށް ގޮސް އެފަދަ ބައެއް ވާހަކަތައް ކިޔައިދީފައެވެ.

އެވާހަކަތަކަށްފަހު ޖަމިއްޔާއަށް ފޮނުވި ސިޓީގައި އަމީތާބު ބުނެފައިވަނީ އެވާހަކަތައް އަޑު އިވުމުން ވަރަށް ދެރަވިކަމަށާއި އެހީތެރިވާން ނިންމި ސަބަބަކީ އެއީކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޯދީ ވައްޓާލައިފައި ވެރިކަމައް އަރަން ތައަޔާރު ވާހެން ޙިވަމީ އެދުމެއް ނެތިއްޔާ ވެދުމެއް ނުކުރާނެ

  2. ހިގަމާ މިފަދަ ގައުމީ ބަތަލުންނަށްވާން ދިވެހި މަހުޖަނުންވެސް. އިސްލާމީ ރީތިސިފަ އެހެނިހެން ފަލްސަފާތަކުން.

  3. ޓެރަރިސްޓް ބައްޗަން

    ޢިންޑިއާއަށް ނަތަންޔާހޫ އެރުމުން ނަތަންޔާހޫ ޕުރޮމޯޓްކުރަން ޓެރަރިސްޓް ބައްޗަން ފަޔަށް ހިނިއަރައިގެން އުޅޭހެން އުޅުނުއިރު ނޭނގުނުދޯ؟ ލަނޑަޔާވާނީ ލަނޑަޔާ ޓެރަރިސްޓުންނާ ވާނީ ޓެރަރިސްޓުންނާ