ރާއްޖެއަކީ ދުނިޔޭގެ އެތަކެއް ތަރިންނެއްގެ ޗުއްޓީ މަންޒިލެވެ. ފުޓުބޯޅަ ކުޅުންތެރިންނާއި، ހޮލީވުޑާއި ބޮލީވުޑްގެ ސްޓާރުންގެވެސް "ބަކެޓް ލިސްޓް"ގެ އެއްވަނަ މަންޒިލެއްގެ ގޮތުގައި ގިނަ ފަހަރު ރާއްޖެ ހިމެނެއެވެ.

ކޮންމެ ކުޅުންތެރިޔަކުވެސް، ކޮންމެ ސްޓާރަކުވެސް އައިސް، އެ މީހެއްގެ މީސް މީޑިއާގައި ރާއްޖޭގެ ޗާލު މަންޒަރުތައް ދައްކާލުމަކީ އާންމު ކަމެކެވެ. ރާއްޖޭ ދޫކޮށްދާނީވެސް، ދެވަނަ ފަހަރަށްވެސް މި ހިތްގައިމު މަންޒިލަށް އަންނާނެ ކަމަށް ވައުދުވެސް ވެފައެވެ. ގުދުރަތީ ރީތި ދޮންވެލި ގަނޑާއި، ހިތްގައިމު އަތިރި މައްޗަކީ، އެމީހުނަށް މި ދުނިޔޭގައި ދެވަނައެއް ނެތް ޖަޒީރާއެވެ.

ދާދިފަހުންވެސް މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިން ކަމަށްވާ ލިވަޕޫލްގެ މުހައްމަދު ސަލާހާއި ކުރިން އެޓީމަށް ކުޅުނު ޕީޓާ ކްރޮޗް އަދި އާސެނަލްގެ މުހައްމަދު އެލްނެނީ ފަދަ ކުޅުންތެރިންގެ އިންސްޓާގްރާމުގައިވެސް ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވާލި އިރު، މިފަހަރު ރާއްޖު ކަމުދިޔައީ ޗެލްސީއަށް ކުރިން ކުޅުނު މިޑްފީލްޑަރު، އަދި ނައިޖީރިއާ ގައުމީ ޓީމުގެ ކެޕްޓަން ޖޯން އޮބި މިކޭލްއާއި އޭނާގެ ކުޑަ އާއިލާއަށެވެ.

ވަން އެންޑް އޮންލީ ރީތި ރަށުގައި މިކޭލްއާއި އޭނާގެ އާއިލާއިން ޗުއްޓީ ހޭދަކުރަމުންދާ އިރު، ރާއްޖޭގެ ހިތްގައިމުކަން އޭނާގެ އަންހެން އަދި އޭނާގެ އިންސްޓްގްރާމުގައިވެސް ވަނީ ދައްކާލާފައެވެ. އާއިލާ އެއްކޮށް ބައިސްކަލު ދުއްވާ މަންޒަރެއްވެސް މިކޭލްގެ އިންސްޓާގްރާމްގައި ދައްކާލާފައިވާ އިރު، އޭނާގެ އަންހެނުން އޮލްގާ އަލެގްރާގެ އިންސްޓާގްރާމްގައި، ލޯބި ދެ ކުދިންގެ ފޮޓޯއާއެކު ގޮނޑުދޮށް ވަނީ ދައްކާލާފައެވެ. ކެޕްޝަނަކީ "ކެއާ ފްރީ"އެވެ.

ފުޓުބޯޅައިގެ ސީޒަން ތެރޭގައިިވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅުންތެރިން އަންނަ އިރު، ބައެއް ލީގުތަކަށް އަންނަ ވިންޓާ ބްރޭކާއެކު އިތުރު ތަރިން ރާއްޖެއަށް މިސްރާބު ޖަހާނެއެވެ. އަދި ހަމައެއާއެކު ލީގުތައް ނިމުމުން ރާއްޖޭގައި ފުޓުބޯޅަ ތަރިން އެއަށްވުރެވެސް އިތުރު ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިކޭލް

    ތިވާނީ ރީތިރަށަށް

    • Anonymous

      ތިބުނީ ހެޔޮކޮށް