މަޝްހޫރު ސައިންސް ފިކްޝަން ފިލްމު ސީކުއެލް، "ސްޓްރވޯސް" ގެ ކުރިއަށް އޮތް ފިލްމުން މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރާން ފެނިގެންދާނެކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ފިލްމުގައި އެޑް ޝީރާން ފެނިގެން ދާނީ ކެމިއޯ ނުވަތަ ޚާއްޞަ ފެނިލުމަކުންނެވެ. އަދި، މިއީ އެކްޓިންގެ ދާއިރާގައި ފެނިގެންދާނޭ އެޑް ޝީރާންގެ އެންމެ ބޮޑު ފެނިލުމަށްވެސް ވެގެންދާނެކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

"ދަ ސަން" ނޫހުން ބުނެފައިވާ ގޮތުގައި ފިލްމުގެ ޝޫޓިންގ ގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރިއަށެވެ. ފިލްމުގައި އެޑް ޝީރާން އަދާކުރާ ރޯލާ ބެހޭގޮތުން އެނޫހުން ބުނީ އޭނާ ފެންނާނީ ސްޓޯމް ޓްރޫޕާއެއްގެ ގޮތުގައިކަމަށެވެ.

ސްޓޯމް ޓްރޫޕާސް އަކީ ސޫޓު ލައިގެން، ފޮރުވައިފައި ތިބޭ ކެރެކްޓާތަކެއްކަމުން، ޝީރާންގެ ރީތި އިސްތަށިގަނޑު ބެލުންތެރިންނަށް ނުފެންނާނެކަމަށް ވެއެވެ.

މީގެކުރިން، މި ލަވަކިޔުންތެރިޔާ ވަނީ އެންމެ މަޝްހޫރު ޓީވީ ސީރީޒްތަކުގެ ތެރޭގައި ހިމެނޭ "ގޭމް އޮފް ތްރޯންސް" އިންވެސް ޚާއްޞަ ފެނިލުމެއްގައި ފެނިގެން ގޮސްފައެވެ.

ސްޓަރވޯސްގެ ފިލްމުތައް މިހާރު ޑައިރެކްޓް ކުރަނީ ޖޭޖޭ އަބްރާމް އެވެ. މި ސީކުއެލް ފެށިގެން ގޮސްފައިވަނީ 1977 ވަނަ އަހަރުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު