ޑައިވް ކުރުމުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ގިނަ ހުނަރުތަކެއް ލިބިފައިވާ މެކްސިކޯގެ ވެނީސާ ޕޯންސް ޑި ލިއޯން ދުނިޔޭގެ ރީތީގެ ރާނީއަކަށް ހޮވިއްޖެއެވެ.

އުމުރުން 26 އަހަރުގެ ވެނީސާ އަކީ ބައިނަލްއަޤުވާމީ ވިޔަފާރީގެ ގުޅުންތަކުގެ ދާއިރާ އިން މަތީތައުލީމް ވެސް ހާސިލް ކޮށްފައިވާ މީހެކެވެ. އަދި އަންހެން ކުދިންނަށް ރިހެބިލިޓޭޝަން ސެންޓަރެއް ހިންގުމުގެ މަސައްކަތް ވެސް އޭނާ ކުރެއެވެ. "މައިގްރަންސް އެން އެލް ކެމިނޯ" ރިހެބިލިޓޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގައި ވެނީސާ ހިމެނެއެވެ. މީގެ އިތުރުން ވޮލެންޓިއަރެއްގެ ގޮތުގައި ހިލޭސާބަހަށް ވެސް އޭނާ ގިނަ މަސައްކަތްތަކެއް ކުރެއެވެ.

ރީތީގެ ރާނީ ހޮވުމަށް ބޭއްވި 68 ވަނަ މުބާރާތުގެ ތާޖު ވެނީސާގެ ބޮލުގައި އަޅުވައި ދިނީ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބު ކުރި އިންޑިއާގެ މަނޫޝީ ޗިލާ އެވެ.

ވެނީސާ

މުބާރާތް ކާމިޔާބު ކުރުމަށް ފަހު މެނީސާ ބުނީ މިއީ އޭނާ އުއްމީދު ކުރި ކާމިޔާބެއް ނޫން ކަމަށެވެ.

"އަހަރެންނަށް ހަޤީޤަތުގައި ވެސް މިކަން ގަބޫލު ކުރަން ދަތި. އަހަރެން ގަބޫލު ކުރާ ގޮތުގައި މިއީ ހުރިހާ އަންހެން ކުދިންނަށް ވެސް ޙައްޤު މަގާމެއް. އެހުރިހާ ކުދިން ތަމްސީލް ކުރުމުގެ ފުރުސަތު އަހަރެންނަށް ލިބުމަކީ ވަރަށް ބޮޑަށް އުފާކުރާ ކަމެއް." ވެނީސާ ބުންޏެވެ.

ސެޓިފައި ސްކޫބާ ޑައިވަރެއްގެ އިތުރުން ވެނީސާ އަކީ ވޮލީ ވެސް ކުޅޭ މީހެކެވެ. އަދި ހުނަރުވެރި ކުރެހުންތެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Ach

    ހުރިހާ އަންހެން ކުދިންވެސް ރީތި. ?

  2. ގަނޑިޔާ!!!

    އަނގައިގައި ތިއޮތީ ދަވަ ލާފައެންނު