ތިމާވެއްޓަށް އަންނަމުންދާ ބަދަލު ތަކުގެ ސަބަބުން އިންސާނުންގެ ވިސްނުން ކޮށިވެ، މީހުން އަނދޮޅު ވަމުންދާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޔުނިވަރސިޓީ ކޮލެޖް ލަންޑަންއިން ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ދުނިޔޭގެ ޖައްވުގައި ގްރީން ހައުސް ގޭސެސް އިތުރު ވުމުގެ ސަބަބުން އިންސާނުންގެ ވިސްނުމުގެ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. މިގޮތުން ކަންތައްތައް ހަނދާ ހުރުމާއި ކަންކަމުގައި ގޮތް ނިންމުމުގެ ބާރުގެ އިތުރުން ހެވާ ނުބައި ވަކިކޮށްދޭ ބާރު ކުޑަވާ ކަމަށް މިދިރާސާގައި ބުނެފައިވެއެވެ.

މީގެ އިތުރުން މިދިރާސާގައި ބުނެފައިވަނީ މަސައްކަތުގެ މާޙައުލުގައި ކަންނެތްވެ، މަސައްކަތް ގަޑިން ގަޑިއަށް ގިނަ ފަހަރަށް ނުނިންމުމުގެ އެއް ސަބަބަކީ ޖައްވަށް އަދި ތިމާވެއްޓަށް އަންނަމުންދާ ބަލަލުތައް ކަމަށެވެ. މިގޮތުން ޖައްވުގައި ގްރީން ހައުސް ގޭސް އެއް ކަމަށްވާ ކާބޮންޑައި އޮކްސައިޑްގެ މިންވަރު އިތުރު ވުމުގެ ސަބަބުން ކަންކަން ކުރުމަށް މީހާ ކަންނެތް ކުރުވާ ކަމަށް މިދިރާސާގައި ބުނެފައިވެއެވެ.

މިދިރާސާއަށް ބާރުދޭ ދިރާސާއެއް މިއަހަރުގެ ތެރޭގައި ޔާލޭ ޕަބްލިކް ސްކޫލް އޮފް ހެލްތްއިންވެސް ވަނީ ހަދާފައެވެ.

ދުނިޔޭގެ ތިމާވެއްޓަށް މިހާރު ގިނަ ބަދަލު ތަކެއް އަންނަމުންދާއިރު، ދުނިޔޭގެ ޖައްވުމުގައި އެންމެ ގިނަ އަދަދަކަށް ކާބޮންޑައި އޮކްސައިޑްގެ ނިސްބަތް އެންމެ ގިނަ ކަމަށް މި އަހަރުގެ މެއި މަހުގެ ތެރޭގައިވަނީ ރިކޯޑް ކުރެވިފައެވެ. އެއީ 410 ޕާޓްސް ޕާ މިލިޔަން އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކިޔާ

    އަނދޮޅުވުމަކީ ކޮބައިކަން އެނގޭ ކުއްޖަކު ބުނެލަދީބަލަ...އަސްލު އަލަށް ފެނުނު ބަހެއް މީ..

  2. ކިޔާ

    އަނދޮޅުކުރުވުމަކީ ކޮބައިކަން އެނގޭ ކުއްޖަކު ބުނެލަދީބަލަ...އަސްލު އަލަށް ފެނުނު ބަހެއް މީ..

  3. ފަޤީރު ކަލޯ!

    އަނދޮޅު އަކީ ކުރިމަތިވާ ކަންކަމާމެދު ނުވިސްނުމުގެ ސަބަބުން އިންސާނީ ހުދޫދުން ވިސްނުން ބޭރުވެ، އިންސާނާ ޖަނަވާރުންގެ ދަރަޖައަށް ވެއްޓުމެވެ. އެއްވެސް ކަމަކާމެދު ނުވިސްނައި ހުންނަ ގަމާރަކަށް ވުމެވެ.

    • ކ

      ސުބުހާނަﷲ