ރެސްޓޯރަންޓް ތަކުން ގެންނަ ކާއެއްޗެހީގެ ތެރެއިން ތަފާތު އެހެން އެއްޗެހި ފެންނަ މައްސަލަތައް މީގެކުރިންވެސް ފެންމަތިވެފައިވެއެވެ. އެގޮތުން، އެކި ސުތްޕާއި، އިސްތަށި ފަދަ ފެންނަ މައްސަލަތައް ފެންމަތިވެފައެވެ. އެހެންނަމަވެސް، މިހާ ބޮޑު މައްސަލައެއް ފެންމަތިވެފައި ނުވެއެވެ.

އެގޮތުން، މަޝްހޫރު ރެސްޓޯރަންޓް ޗެއިން އެއްގައި ހިމެނޭ ރެސްޓޯރަންޓަކުން ގެނައި ކުކުޅު ކެއުމެއްގެ ތެރެއިން އިންސާނެއްގެ ސިކުނޑީގެ ބައެއް ފެނުނު މައްސަލައެއްވަނީ ފެންމަތިވެފައެވެ. މި މައްސަލަ ހުށަހަޅާފައިވަނީ އުމުރުން 26 އަހަރުގެ ސެރާ ޕަލްމާ އެވެ، އޭނާއަށް މިކަން ދިމާވީ އޮސްޓްރޭލިޔާގެ ސިޑްނީގެ ރެސްޓޯރަންޓް އަކުންނެވެ.

ސެރާ ބުނެފައިވާ ގޮތުގައި އެދުވަހު ކާން ދިޔައީ ވަރަށް ކާހިތުންކަމަށެވެ. އަދި ކާއެއްޗެހި ގެނެސްދިނުމުންވެސް އިނީ އަވަހަށް ކައި ހުސްކޮށްލަން ތައްޔާރަށްކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް، ކަންތައް ދިމާވީ ހީކުރި ގޮތާ މުޅިން ޚިލާފަށްކަމަށް އޭނާ ބުންޏެވެ.

މި އަންހެން މީހާ އިތުރަށް ބުނެފައިވާ ގޮތުން، އިންސާނެއްގެ ސިކުނޑި، މިފަދަ ކެއުމެއްގެ ތެރެއިން ފެނުމަކީ އޮޅުމަކުން ވާނޭ ކަމެއް ނޫނެވެ. އަދި، އެވަގުތު އޭނާއަށް ކުރެވޭނެ އިހުސާސްތައް ވިސްނާލުމަށްވެސް އެހެން މީހުންގެ ކިބައިން އޭނާ އެދިފައިވެއެވެ.

ސެރާ އިތުރަށް ބުނި ގޮތުގައި އެކަމުގެ ޝަކުވާ ކުރުމުން ރެސްޓޯރަންޓް އިން އޭނާއަށް ދިނީ ފިނި ޖަވާބެކެވެ. އެގޮތުން، އެއީ ކުކުޅުގެ ބައެއްކަމަށް ބުނެ އެކަން ހަމަޖައްސާލަން މަސައްކަތް ކުރިކަމަށް ބުނެފައިވެއެވެ.

އެދުވަހު ރަހުމަތްތެރިންތަކަކާއެކު ސެރާ ކާން ދިޔައިރު، އޭނާއަށް ގެނައި ކާ ތަށީގެ ފޮޓޯ މީސް މީޑިޔާގައި އާއްމުކޮށްފައިވެއެވެ. އަދި، މި ފޮޓޯތަކަށް އެތައް ބައެއްގެ ސަމާލުކަންވެސް ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޚހ

    ފޮޓޯ ކޮބާ¿

  2. އެތައް ބައެއް

    ފޮޓޯ މީސް މީޑިޔާގައި އާއްމުކުރޭ

  3. ޢަލީ

    ޤަބޫލެއް ނުކުރެވޭ. ސީރިއަސް ކުށްތަކުގެ ތެރޭގައި ހިމެނޭ ކަމެެއް އެހާ ކުއިކޮށް ނުދާނެ.

  4. ބަކަރި

    ހަމަ ގެރޭ ތަ؟