ބަޖެޓް އެއާލައިން އެއް ކަމަށް ވާ ޖެޓްސްޓަރ އިން އިންޑޮނޭޝިޔާގެ ބާލީ އަދި އެމެރިކާގެ ހަވާއީއަށް އެންމެ ދެޑޮލަށް ދަތުރު ކުރެވޭނެ ފެއާއެއް ފަށައިފިއެެވެ.

ސިންގަޕޫރަށް ނިސްބަތްވާ އެ އެއާލައިން އިން ހާންމަ ކުރާގޮތުގައި ބޮޑު ޗުއްޓީއާއި ދިމާކޮށް ދިހަ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ "ސީކްރެޓް ޖިންގަލް ސޭލް" ފެއާގައި އެ އެއާލައިންގެ 150 ސީޓަކުން އެތެރެ އަދި ބޭރުގެ އުދުހުންތަކަށް ޑިސްކައުންޓުވެސް ލިބޭނެ ކަމަށެވެ.

އެ އެއާލައިން އިން އިތުރަށް ބުނީ މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ބައިވެރިވެވޭނީ ލަވައެއް، މަޝްހޫރު ސްޕޮޓިފައި އެޕްލިކޭޝަން މެދުވެރިކޮށް އަޑުއަހައިގެން ކަމަށެވެ.

ސްކައިޓްރެކްސް ވޯލްޑް އެއާލައިން އެވޯޑްސް 2018އިން ހޮވާ އެންމެ ރަނގަޅު އެއާލައިންގެ ލިސްޓުން އެއް ދެވަނަ ހޯދި ޖެޓް ސްޓަރ އެއާލައިން އަކީ އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 202 މިލިޔަން ފަސެންޖަރުން އުފުލާ އެއާ ލައިން އެކެވެ.

މި އެއާ ލައިނުން އޭވިއޭޝަން އިންޑަސްޓްރީގައި ހަރަކާތްތެރިވާތާ ގާތްގަނޑަކަށް 8 އަހަރު ވަނީ ވެފައެވެ.މީގެ އިތުރުން ވަގުތަށް ވަފާތެރި އެއާލައިންގެ އެވޯޑް 2017 ވަނަ އަހަރު މި އެއާލައިން އަށް ވަނީ ލިބިފައެވެ.

2017 ވަނަ އަހަރު ޖެޓްސްޓަރ އިން އޮޕަރޭޓްކުރި %90.01 ފްލައިޓް ވަނީ ވަގުތަށް ޖައްސާފައެވެ. ނުވަތަ ނައްޓާލާފައެވެ. ޔޫރަޕާއި އެމެރިކާ އަދި މެދުއިރުމަތީގެ 68 މަންޒިލަކަށް ޖެޓް ސްޓަރ އިން ދަތުރުކުރެއެވެ.

އިނގިރޭސިވިލާތުގެ އޯ.އޭ.ޖީ ކުންފުނިން ވަގުތަށް އެންމެ ފަރުވާތެރި އެއަރލައިންތަކާއި އެއާލައިންތަކުގެ ލިސްޓު އެކުލަވާލާފައިވަނީ، މިދިޔަ އަހަރު ތެރޭގައި އޮޕަރޭޓްކުރި 57 މިލިއަން ފްލައިޓްތަކުގެ ރެކޯޑްތަކަށް ބެލުމަށްފަހުގައެވެ

ކިޔުންތެރިންގެ ހިޔާލު