ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޮނާސްގެ ކައިވެނި ކުލަގަދަކޮށް ބާއްވާ، ދެ ތަރިންވަނީ ހަނީމޫނަށްވެސް ގޮސްފައެވެ. ހަނީމޫނުގެ ދުވަސްތައް ހޭދަކޮށްލަން ދުނިޔޭގެ މަޝްހޫރު މަންޒިލަކަށް އެމީހުން ދަތުރުކުރިއިރު، މިކަން އޮތީ ސިއްރެއްގެ ގޮތުގައި ބާއްވާފައެއް ނޫނެވެ.

ހަނީމޫން ނިމުނު ކަމުގައިވިޔަސް، ދެ ތަރިންގެ ކައިވެނީގެ އުފަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޙަފްލާތަކަށް އަދިވެސް ނިމުމެއް އަންނަން ނޫޅޭކަމަށް އެމީހުންވަނީ ބުނެފައެވެ.

ބޮލީވުޑުގެ ޚަބަރުތައް ގެނެސްދޭ އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، ބޮލީވުޑުގެ ރަސްމީ ސިޓީކަމުގައިވާ މުމްބާއީގައި، ޕްރިޔަންކާ އާއި ނިކްގެ ކައިވެނީގެ އިތުރު ދެ ޙަފްލާއެއް ބޭއްވުމަށްވަނީ ނިމްމާފައެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި މީގެތެރެއިން ފުރަތަމަ ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު މުމްބާއީގައި ހުންނަ ޖޭޑަބްލިޔު މެރިއަޓް ގައެވެ. މިއީ އާއިލާގެ މެންބަރުންނަށާއި ގާތް ރަހުމަތްތެރިންނަށް ބާއްވާ ޚާއްޞަ ޕާޓީއެކެވެ. އެއަށްފަހު، ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ތާޖް ލޭންޑް އެންޑްސް ސަރަޙައްދުގައި، ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް ޕާޓީއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ޕްރިޔަންކާގެ ކައިވެނި މި މަހުގެ ކުރީކޮޅު ކުރިއަށް ގެންދިޔައިރު، އެއީ ނަޞާރާ ވައްޓަފާޅިއަށް ކުރިއަށް ގެންދިޔަ ޝާހީ ކައިވެންޏެކެވެ.

ދާދިފަހުން ކައިވެނި ކޮށްފައިވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގުވެސް ވަނީ އެމީހުންގެ ކައިވެނީގެ އުފަލުގައި ގިނަ އަދަދެއްގެ ހަފްލާތަކެއް ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜަނާ

    ޙަމައެކަނި ނަސޯރާ ވައްޓަފާޅި އަކަށް ނޫން ދޮއްތަ ހިންދީ އަދި ނަސޯރާ ދެގޮ ތަށް އެކަން ކުރީ ދެދީނުގެ ދެމީހުން ވީމަޔޯ