ބޮލީވުޑު މަޝްހޫރު ފިލްމީ ތަރި ޒަރީން ހާން އިން ކާރު އެކްސިޑެންޓުވެ, މީހަކު މަރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ އިއްޔެ ގޯވާ ގައެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ޒަރީން އިން ކާރާ، ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ޖެހިފައެވެ.

މި ހާދިސާގައި ޒަރީން އަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު ސައިކަލުގައި އިން މީހާ އިނީ ހެލްމެޓު ނާޅައެވެ. އަދި އެމީހާ ވަނީ އެކްސިޑެންޓު ވުމާއެކު ވަގުތުން މަރުވެފައެވެ. ޒަރީން ހުރީ އަދިވެސް އެކަމުގެ ޝޮކެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާ ގޯވާގެ ފުލުހުން ތަހުގީގު ކުރަމުން ދާއިރު 2015 އަހަރު ކޮންމެވެސް މައްސަލައެެއްގއި އެމެރިކާގެ އެއާޕޯޓަކުން ޒަރީން ޚާން ހިފަހައްޓައި ވަނީ ސުވާލުކޮށްފައެވެ. ޒަރީން އާއި ސުވާލު ކޮށްފައިވަނީ އޭނާގެ ދަތުރާ ބެހޭ ގޮތުންނާއި ވިސާ އާއި ބެހޭގޮތުން ކަމަށް ރިޕޯޓްތައް ވަނީ އޭރު ބުނެފައެވެ.

އުމުރުން 31 އަހަރުގެ ޒަރީން ބޮލީވުޑަށް ތައާރަފުވީ 2010 ވަނަ އަހަރު ނުކުތް ފިލްމު "ވީރް" އިންނެވެ. އެ ފިލްމުން އޭނާއަށް ފުރުސަތު ލިބުނީ 60 ކިލޯ ލުއިކޮށްގެން ކަމަށް ޒަރީން ބުންޏެވެ. ޒަރީން ބުނީ އެވަރުންވެސް އޭނާ އަކީ ފަލަ މީހެއްގެ ގޮތުގައި ލޭބަލް ވެގެން ދިޔަ ކަމަށާއި "ފަލަވުމުގެ ސަބަބުން" ކަމަށް ބުނެ ގިނަ ރޯލުތަކެއް ގެއްލިގެން ދިޔަ ކަމަށެވެ.

މަޝްހޫރު ބިރުވެރި ފިލްމް 1921 އިން ފެނިގެން ޒަރީން ހާން މިހާރު މަސައްކަތް ކުރަމުން އަންނަނީ ފިލްމު “ވަން ޑޭ”ގައި އެވެ. މި ފިލްމުގައި އޭނާ ކުޅެނީ ފުލުސް އޮފިސަރެއްގެ ރޯލެވެ.

ކިޔުންތެރިންގެ ހިޔާލު