އަވަށްޓެރި އިންޑިޔާގެ ރާޖަސްތާނު ސްޓޭޓުގެ ސަރުކާރުން އައްޔަން ކޮށްފައި ހުންނަ ގެރިއާ ބެހޭ މިނިސްޓަރަށާއި، މަދްޔާ ޕްރަދޭޝް ސްޓޭޓުގައި އައްޔަން ކޮށްފައި ހުންނަ އުފާވެރިކަމާ ބެހޭ މިނިސްޓަރަށް، އެސަރަޙައްދުތަކުގައި ކުރިއަށް ދިޔަ ސްޓޭޓު އިންތިޚާބުތަކުން ނާކާމިޔާބު ވެއްޖެއެވެ.

އޮޓަރަމް ދެވާސީ ނަމަކަށް ކިޔާ ރާޖަސްތާނުގެ ގެރި މިނިސްޓަރު އިންތިޚާބަށް ކުރިމަތިލީ ނަރެންދުރަ މޯދީގެ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ފަރާތުންނެވެ. އެސަރަޙައްދުގައި ގެރިއަށް އިހާނެތި ކުރުމުގެ ކަންތައްތައް ކުރަމުންދާކަމަށް އަޑު ފެތުރުފައިވާ ދުވަސްވަރެއްގައި ނެގި މި ވޯޓުގައި އޭނާގެ މައްޗަށް ކުރި ހޯދާފައިވަނީ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މިނިވަން މެންބަރެކެވެ.

އަބަދުވެސް ރަތް ކުލައިގެ ފަގުޑިއަކާއި ހުދު ކުލައިގެ ފޮށައެއް އަނދެގެން ހުންނަ ދެވާސީ އަށް ވޯޓު ނާކިޔާބުވެގެން ދިޔައިރު، މަޤާމަށް ހޮވުނު ކެނޑިޑޭޓާއި އޭނާއާ ދެމެދު 10،000 ވޯޓުގެ ތަފާތު އޮތްކަމަށް އިންޑިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ.

މަދްޔާ ޕްރަދޭޝްގެ އުފާވެރިކަމާ ބެހޭ މިނިސްޓަރު، ލާލް ސިންގު އާރްޔާ ވޯޓުން ނާކާމިޔާބުވީ އިދިކޮޅު ޕާޓީ ކޮންގްރެސްގެ ކެންޑިޑޭޓަކާ ވާދަކޮށެވެ. އެގޮތުން، އިންތިޚާބު ކުރި ކެންޑިޑޭޓާ އާރްޔާ އާ ދެމެދު 25،000 ވޯޓުގެ ތަފާތު އޮތްކަމަށްވެއެވެ.

ގެރިއަކީ އިންޑިޔާގައި، ހިންދޫ ދީނުގެ މީހުންގެ މެދުގައި ވަކި ޚާއްޞަ ގަދަރެއްދީ، މުގައްދަސް ކުރެވިފައިވާ ޖަނަވާރެކެވެ. އެހެންނަމަވެސް، އެއީ އެންމެ މަސް މީރު ޖަނަވާރުކަމުން، ކެއުމުގެ ބޭނުންތަކަށް ގިނަ އަދަދެއްގެ ގެރި ކަތިލުމަކީ ކުރަމުން އަންނަކަމެވެ.

މި ގޮތުން އެންމެ ގިނަ ގެރި ކަތިލާކަމަށް ބެލެވިފައިވަނީ މުސްލިމުންނެވެ. މި ގޮތުން ގެރި ކަތިލާ ފަރާތްތަކަށް ދޭ އަނިޔާތައް އިންތިހާ ދަރަޖައަށް ގޮސްފައިވެސްވެއެވެ. އެގޮަތުން، އެކަމުގައި ބައިވެރިވާ ފަރާތްތަކަށް އަނިޔާކޮށް މެރުންފަދަ ކަންކަން ހިމެނެއެވެ.

އިންޑިޔާގެ ބައެއް ސަރަޙައްދުގައި، ގެރި ކަތިލި މީހުންގެ މައްސަލައަށް، މީހުން މެރުމުގެ މައްސަލައަށްވުރެ ބޮޑު އިސްކަމެއް ދޭން އަންގާފައިވެސްވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބޯ

    ކާން ނުދެވެންޏާ ގެރި އެއްކަމަކު ވޯޓެއްނުދޭނެ

  2. ގެރި

    ހޮލީ ކައު!

  3. Anonymous

    މުޑުދާރު ބައެއް މި ގެރިބަކަރިތަކަކީ

  4. ހަސީން

    މާ ދުރުނޫން ހިސާބެއްގާ ދުނިޔޭގައި ތިބިބަޔަކަން ފެއްނާނެ ހަނިމާދޫގައިވެސް ގެރި މިނިސްޓަރެއް އުފައްވާތަން

  5. ޖޮއްބެ

    ދެން އިންޑިއާ ރުއްސަން ރާއްޖޭގައި ވެސް ގެރިއާ ބެހޭ މިނިސްޓްރީ އެއް އުފައްދަންވީނު؟ މިހާރުމިއީ ދިވެހި ރާއްޖެއެއްވެސް ނޫންވިއްޔަ އެހެންވީމާ ދިވެހިރާއްޖޭގެ ގާނޫނަކަށް ވެސް އެކަމަށް އެޅޭނެ ހުރަހެއް ނޯންނާނެނު؟