އަންހެނުން ރޭޕް ކުރުމަކީ އިންޑިޔާގެ އިންތިހާ ދަރަޖައަށް ހައްދުން ނެއްޓިފައިވާ ބޮޑެތި މައްސަލަތަކެކެވެ. މިކަމުގެ ސަބަބުން އިތުރު އެހެން މައްސަލަތައް ކުރިމަތިވަމުންދާ ކަމެއްވެސް ވެއެވެ. އެޤައުމުގައި މިއީ ވަރަށް ބޮޑު މައްސަލައަކަށްވެފައި ވާއިރު، މިކަން ހައްލު ކުރެވޭ ނުވަތަ މިކަމަށް ކުޑަ ނަމަވެސް ހައްލެއް އަންނަ މަންޒަރު ފެންނަމުން ނުދެއެވެ.

މިކަމާ ގުޅިގެން އެންމެ ފަހުން އާއްމުވެފައިވާ އެއް ޚަބަރަކީ، ފަސް ކުދިންގެ ގްރޫޕެއްގެ ޝިކާރައަކަށްވި ކުޑަ އަންހެން ކުއްޖަކަށް ކުރިމަތިވަމުންދާ ކަންތައްތަކެއް ވާހަކައެވެ. އުމުރުން 13 އަހަރުގައި، ހަމަ ދާދި އެއުމުރުގެ ފަސް ފިރިހެން ކުއްޖެއްގެ ރޭޕުގެ ޝިކާރައަކަށްވި މި އަންހެން ކުއްޖާވަނީ އިޖުތިމާޢީ ގޮތުން ބާކީވެފައެވެ.

އިންޑިޔާގެ "ޑީއެންއޭ" ނޫހުން ބުނެފައިވާ ގޮތުގައި މި ކުއްޖާވަނީ ތުއްތު ކުއްޖަކުވެސް ވިހާފައެވެ. އަދި މި ކުއްޖާވެސް އުޅެމުންދަނީ ޞިއްޙީ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައެވެ.

އެނޫހުން އިތުރަށް ބުނެފައިވާ ގޮތުގައި، މި ކުއްޖާ އަކީ މިހާރު ޔަތީމެކެވެ. ކުއްޖާގެ ދައްތަގެ ފިރިމީހާގެ ގެގޭގައި އެ އާއިލާގެ ތެރޭގައި ކުއްޖާ އުޅެމުންދަނީ ރަށްފުށުގެ ސަރަޙައްދެއްގައެވެ.

މި ސަރަޙައްދުގައި ކުއްޖާ އުޅެމުންދާއިރު، މިއީ މުޑުދާރު ކުއްޖެއްގެ ގޮތުގައި މުޅި ސަރަޙައްދުގެ މީހުންވަނީ ސިފަކޮށްފައެވެ. އެގޮތުން، މި ކުއްޖާ އަތްލާ އެއްޗެއްގައި އަތްލުމަކީ ކޮށްގެން ވާނެކަމެއްކަމަށް މީހުން ނުދެކޭއިރު ކުއްޖާ އުޅެމުންދާ އާއިލާގެ މީހުން ހިންގާ ފިހާރަކުން، އެހެން މީހުން ވިޔަފާރި ނުކުރާ ހިސާބަށް ކަންތައްވަނީ ގޮސްފައެވެ.

މިހާރު އުމުރުން 16 އަހަރުގެ މި ކުއްޖާ ރޭޕުކުރި ފިރިހެން ކުދިންގެ ދުއްތުރާތައް އަދިވެސް ދަނީ ލިބެމުންނެވެ. އެކުދިން މިހާރު މިނިވަންކަމާއެކު އުޅެމުންދާއިރު އަދިވެސް އެކުދިން ދަނީ އިންޒާރު ދެމުންނެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މިއީ ރޭޕުގެ ޝިކާރައަކަށްވާ ގިނަ އަންހެން ކުދިން އުޅެމުންދާ ހާލެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ?

    މާތްﷲ ހެޔޮރަހުމަތް ލައްވަވާށި އާމީން