މޯލްޑިވިއަން އައިޑޮލް ސީޒަން 1,2,3 ގެވެސް ހޯސްޓްގެ ގޮތުގައި ފެނިގެންދިޔަ މޫސާ ވަސީމް އާއި އައިޑޮލް ސީޒަން 2، ގެ ހޯސްޓްގެ ގޮތުގައި ފެނިގެންދިޔަ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާމިނަތު ލަމްހާ ލަތީފް (ލަމް) މިރޭގެ އަޒޯނާގެ އެޕިސޯޑްއިން ފެނިގެން ދާނެެއެވެ.

މިރޭ އައިސް ޓީވީން ދައްކާނީ އަޒޯނާ ސީޒަން 2ގެ ހަ ވަނަ އެޕިސޯޑެވެ.

https://www.facebook.com/662500767157697/posts/2340927705981653/

މިރޭވެ ޝޯވގައި ދެ މީހުންވެސް ހެއްވާ މަޖާ ގޭމްތައް ކުޅޭނެއެވެ. އަދި ޝޯވގައި ދެ މީހުންވެސް މަޖާ ނަގާކަން ޝޯވގެ ޓްރެއިލާ އިން އެނގެއެވެ.

އަދި ޝޯވގެ ތެރެއިން ލަމް ވަނީ އޭނާ އައިޑޮލް ސީޒަން 3 އަށް ނުހޮވުނު ސަބަބު ހާމަކޮށްފައެވެ. އަދި ލަމް އާއި މޫސަ ޝޯވގެ ތެރެއިން ލަވަ ވެސް ކިޔާދެއެވެ.

https://www.facebook.com/662500767157697/posts/2343353952405695/

މިރޭގެ އެޕިސޯޑްވެސް އައިސްޓީވީގެ ޔޫޓިއުބް އަދި ފޭސްބުން ޕޭޖުގައި ލައިވް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު