ޕްރިންސް ހެރީ އާއި މޭގަން މާކެލްގެ ފުރަތަމަ ދަރިފުޅަށް މޭގަން ބަލިވެ އިން ޚަބަރު މީޑިއާ އަށް ޝާހީ އާއިލާ އިން ފުރަތަމަ ކަށަވަރު ކޮށްދިނީ މިދިޔަ އޮކްޓޯބަރ މަހު އެވެ. އޭގެ ފަހުން މޭގަން ފެނުނު ގާތްގަނޑަކަށް ހުރިހާ ފަހަރެއްގައި ވެސް އޭނާ ހުރީ ބަނޑުގައި ހިފަހައްޓައިގެންނެވެ.

މޭގަން ބަނޑުބޮޑުވިކަން އެނގުނު ފަހުން ފުރަތަނަ ފަހަރަށް ފިޖީ އިން ފެނުނު އިރު ވެސް އޭނާ ހުރީ ބަނޑުގައި ހިފަހައްޓައިގެންނެވެ.

އަދި މިދިޔަ ހަފްތާގައި އިނގިރޭސިވިލާތުގެ ފެޝަން ޝޯއެއްގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާއެއްގައި ސްޓޭޖަށް އެރި އިރު ވެސް މޭގަން ހުރީ ބަނޑުގައި ހިފަހައްޓައިގެންނެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ މީސް މީޑިއާގައި ޚިޔާލު ފާޅުކޮށްފައެވެ. ބައެއް މީހުން ވަނީ މޭގަން އެފަދަ ގޮތަކަށް ހުންނާތީ ބަލަން އުނދަގޫވާ ކަމަށް ބުނެފައެވެ. އަނެއް ބަޔަކު ބުނަނީ ދަރިފުޅު ވެއްޓިދާނެތީ މޭގަން އޭނާގެ ބަނޑުގައި ހިފަހައްޓައިގެން ހުންނަނީ ކަމަށެވެ.

ނަމަވެސް އަންހެނުންނާއި ބެހޭ ސިއްހީ ތަޖުރިބާކާރެއް ކަމަށްވާ ކެތުރިން ގްރޭވް ވިދާޅުވީ މާބަނޑު އަންހެނުން އެގޮތައް ބަނޑުގައި ހިފަހައްޓައިގެން ތިބުމަކީ ދަރިފުޅާއި މައިމީހާގެ ސިއްހަތައް ވެސް ރަނގަޅު ވާނެ ކަމެއް ކަމަށެވެ.

"ދެމައިންގެ ގުޅުން ބަދަހިވާ ކަމުގެ އިހްސާސް ވެސް އޭރުން މައިމީހާ އަށް ކުރެވޭނެ. އަދި މައިމީހާ ޑިޕްރެޝަނާއި ދުރުވުމަށް ލިބޭ އެހީއަކަށް ވެސް އެކަން ވެގެން ދާނެ." ކެތުރީން ވިދާޅުވިއެވެ.

ކެތުރިން ވިދާޅުވީ މައިމީހާ އެގޮތައް ބަނޑުގައި ހިފަހައްޓައިގެން ހުންނަ ނަމަ އުފަލާއި ހިތްހަމަޖެހުން މައިމީހާ އަށް އިހްސާސް ކުރެވޭނެ ކަމަށެވެ.

މޭގަންގެ އިތުރުން ކޭޓް ވެސް ބަލިވެ އިން ދުވަސްވަރު މިގޮތައް ހުރި ބައެއް ފޮޓޯތައް ވަނީ އާންމު ވެފައެވެ. އަދި މަޝްހޫރު ބައެއް ފަންނާނުން ވެސް މާބަނޑު ދުވަސްވަރު މިގޮތައް ބަނޑުގައި ހިފަހައްޓައިގެން ތިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސައްލެ

    އެއަބަދު ޕ ވެފަ ހުންނާތީ

  2. އައްޒަ

    ދިވެހިން ބުނާނެ ބަނޑުގަ އަތްހާކާ ހެދީމަ ބޭބީ ބޮލުގަ އިސްތަށި މަދުވާނެޔޯ. ލޮލް. މަށަށް ވެސް ބަނޑު ބޮޑުއިރު އެގޮތަށް ހުރެވޭ. އަސްލު އެ ފީލް އެއް ބުނެދޭކަށް ނޭންގެ.

  3. ދދދދ

    ބަނޑު ވެއްޓިދާނެތީ

  4. Ach

    އެއީ ލޯބިވާތީ އޭ..

  5. ޖޮއްބެ

    އަޑިންލާފަހުރި ފޮށާ ތިރިޔަށް ސޮހޭތީ.

  6. ޛުއްފު

    ދަރިފުޅު އުރަން ދަސްވާނީ މިހާރު އެހެން ހުރީމަ

  7. ހަފޫ

    މަވެސް ހުންނަން! ހައްޓަށް ފަސޭހައީ އެގޮތަށް ހުންނަށް. ބަނޑުގެ ބަރު އިހުސާސްވުން ކުޑަވޭ ޔަގީނުންވެސް ހިފަހައްޓާލައިގެން ހުރީމަ.

  8. ައސލ

    މަށަކީ ފިރިހެނެއް...މަ ބަނޑު ވެސް ބޮޑު. ޢެކަމް މަށެއް

    ބަނޑުގަ އަތް އަޅައިގެން ނުހުންނަން