ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާމިނަތު ލަމްހާ ލަތީފް (ލަމް) މޯލްޑިވިއަން އައިޑޮލްގެ ސީޒަން ތިނެއްގެ ހޯސްޓްގެ ގޮތުގައި ނުފެނުނީ ކީއްވެގެންކަން ގިނަ ބަޔަކަށް ނޭގިދާނެއެވެ. އެކަމަކު އެ ވާހަކަތައް ވަރަށް ތަފްސީލް ގޮތަކަށް އެކަމަކު ކުރުކޮށް ލަމް ކިޔާދީފިއެވެ.

ލަމް އެ ވާހަކަ ކިޔާދީފައި މި ވަނީ ރޭ އައިސް ޓީވީން ދެއްކި އަޒޯނާ ޝޯވގައެވެ.

އެ ޝޯވގެ ތެރެއިން، ޝޯވގެ ހޯސްޓް މަރިޔަމް އައްޒަ ކުރި ސުވާލަކަށް ޖަވާބުދެމުން ލަމް ބުނީ، އޭނާއަށް މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއް ހޯސްޓް ކުރުމަށް ފުރުސަތު ނުދުނީ އޭނާ ފަލަވެފައި ސިފަ ނެތުމުން ކަމަށެވެ. އަދި ޝޯވގެ ހިންގުންތެރިން ބޭނުންވީ އެ ޝޯވ ހޯސްޓް ކުރުމަށް ރީތި ހިކި ކުއްޖެއް ކަމަށެވެ.

"ލަމްގެ ސިފަ ހަޑިވީމަ އައިޑޮލް އިން ޗާންސް ނުލިބުނީ. ދޭ ވޯންޓެޑް ރީތި ކުއްޖެއް. ލަމް ލުކްސް ހަޑިވެގެން ލަމް ފަލަވެގެން އައި ޑިޑިންޓް ގެޓްދަ ޗާންސް ފޯ ސީޒަން 3". ލަމް ބުންޏެވެ.

އައިޑޮލް ސީޒަން ދޭއްގައި ލަމް އެ ޝޯވ މޫސާ ވަސީމްއާއެކު ހުށަހަޅައިދިން ގޮތް ގިނަ ބަޔަކަށް ކަމުގޮސްގެން ވަރަށް ގިނަ ބަޔަކު ތައުރީފް ކުރިއެވެ. ލަމްއަށް ޝޯވ ހުށަހަޅައިދިނުމުގައި ގެންގުޅެން ޖެހޭ ޓެކްނިކްތަކާއި، ވައްޓަފާޅިވެސް ހުރިކަން ފާހަގަކުރިއެވެ. އަދި ސީޒަން ތިނެއްގައިވެސް ލަމް ފެނިދާނެކަމަށް އިންތިޒާރުވެސް ކުރިއެވެ. އެހެން ނަމަވެސް ކަންވެގެން ދިޔައީ ހީކުރި ގޮތަކަށް ނޫނެވެ.

އައިޑޮލް ސީޒަން ތިނަކުން ފެނިގެން ދިޔައީ އާ މޫނެކެވެ. އެހެން ނަމަވެސް އާ އަޑެއް ނޫނެވެ. ޝޯވ އިން ފެނިގެން ދިޔައީ ދިވެހި އެފްއެމް އިން އާއްމުންގެ ބޮޑު ސަމާލުކަމެއް ހޯދި ޝާއިނާ ޝަރީފްއެވެ.

ރާއްޖޭގެ މި ކުޑަކުޑަ މުޖުތަމައުގައިވެސް މީހުން ފަލަވުން ވެގެން ގޮސްފައި ވަނީ ބޮޑު މައްސަލަގަޑަކަށެވެ. އެއަށްވުރެ ބޮޑުކޮށް ބުނާނަމަ، އެއް ބަޔަކަށް ފަލަ މީހުންނަކީ މުސީބާތެކެވެ. ފަލަވުމަކީ މީހާގެ ރީތިކަމަށް ބަދަލު އަންނަ ކަމެއް ނަމަވެސް، އެއީ އެއްވެސް މީހަކު ބޭނުންވެގެން ވާކަމެއް ނޫންކަން ދަންނަން ވާނެއެވެ.

ފަލަވުމުގެ ސަބަބުން ބޮޑު މައްސަލަގަޑަކަށްވެ އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާކަމުގެ ވާހަކަތައް އަޑުއަހައިފިން ހެއްޔެވެ؟. އެ ހިތާމާގައި ނުކައި ހުރެ ކުރަމުންދާ ހަޅުތާލުގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟. އެ ހިތާމާގައި ރެއާ ދުވާލު ރޮއެ ހަދާ މީހުންގެ ކަރުނަތައް ފޮހެދޭން ކައިރީގައި އެބަހުރިން ހެއްޔެވެ؟

ނޫނެކެވެ. ކޮންމެ މީހަކުވެސް ކިޔަމުންދަނީ އެއްޗެއްސެވެ. ކުރަމުންދަނީ މަލާމާތެވެ. މިފަދަ ގަނާ ކުރުންތަކުގެ ސަބަބުން މުޖުތަމައު ހަލާކުވެ ބައިބައިވެގެން ދެއެވެ.

މިއީ ނައްތާލަން ޖެހިފައި ހުރި ކަމެކެވެ. ތަފާތު ކުރުމަކީ އޮންނަންވާނެ ކަމެއް ނޫނެވެ. މިވެސް އަޑު އުފުލަން ޖެހިފައިވާ ކަމެއްތާއެވެ. މީހެއްގެ ސިފަ އާއި ސައިޒަށް ބަލައިގެން ކުރިއެރުމަށް އޮންނަ މަގު ބަންދު ކުރުމަކީ އެއްގޮތަކަށްވެސްކޮށްގެން ވާނެ ކަމެއް ނޫނެވެ.

މީހަކު ފަލަވެގެން ފުރުސަތު ނުދިނުމާއި ދޭތެރޭ ކިޔުންތެރިންގެ ހިޔާލަކީ ކޮބައިހެއްޔެވެ؟.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ނޫސްކިޔާމީހާ

    މޮޅު ކުއްޖެއް ހުށަހެޅުންތައް ވަރަށްވެސް މޮޅު އެކަމު އެކަމު ހަނދާންކުރަންވާނެ އެހެން ކުދިންވެސް އެފުރުސަތު ބޭނުންވާނެކަން ރީތި ގޮތަކީ މިއީހެން ހީވަނީ ޚިޔާލަކީ ތަފާތު އެއްޗޭއް

  2. މޮަޔަ

    މި ކުޑަ މުޖްތަމައުގަ މީހުން ފަލަވުން މުސީބާތަކަށް ވެފަ އޮތް ވާހަކަ ދައްކާއިރު، ފުޅާމިނުގަ 1 ކިލޯ މީޓަރު ހަމަ ނުވާ މާލޭގަ ކޮންމެ މީހަކު ސައިކަލް އެއް ގެންގުޅުން މުސީބާތަކައް ނުވޭތޯ؟

    • Anonymous

      ޜަގަލު ޕޮއިންތެއް

  3. ޢައިމަން

    ﷲ އެންމެންވެސް ހެއްދެވީ ރީތި ސިފައިގަ

    • އެން

      ޔާ. އަލްހަމްދުލިﷲ. މާޝާﷲ

  4. ފަލަމީހާ

    ލަމް ފަލަ ވުމަކީ މައްސަލައެއް ނޫން ހިކި ކޮއް ތިބޭ މީހުނައް ވުރެ ރީތި ފަލަ މީހުން ވެސް ތިބޭ ލަމް އަކީ ރީތި ކުއްޖެއް.. އެހެން ކުއްޖަކައް ފުރުސަތު ދިނުން އެއީ ވެސް މައްސަލައެް ނޫން

  5. ދޮންމަންޖެ

    ތީ އޮގަނައިޒްކުރި ފަރާތުން ކޮށްފައިވާ ވަރަށް ދަށް ފެންވަރުގެ ނޒަތަހްޒީބު އަމަލެއް. ޝޯ ގައި މުހިއްމީ ހުށަހަޅާ ގޮތް. މަށަށް ޝާއިނާ އަށްވުރެ ލަމް ގެ ހުށަހެޅުން މާ ބޮޑަށް ވެސް ރަގަޅު.

  6. -11-

    ފަލަ އަސް ލަމް ވަރަށް ރީތި

  7. އަޙްމަދު

    ލަމް ފަލަޔަސް ވަރަށް ރީތީ! މީހާގެ އަޙްލާގަކީ އެމީހާ ރީތިކޮށްދޭ އެންމެ މާތްސިފަ. އެކަން ރަންގަޅު ކޮށްފިއްޔާ ތީ ޖަވާހިރެއް!

  8. ނުނު

    ލަމްގެ ހުަށަހެޅުން ކަމަކުނުދޭ

  9. މިޒޫ

    ޝައިނާ ކައީގަ އެދުނީ ބުރުގާ ނަގަން
    ދެވަނަ ސީޒަން ގަވެސް ޝައިނާ އަށް ފުރުސަތު ގެއްލުނީ އެހެންވެ
    މިފަހަރު ޝައިނާ ބުރުގާ ބާލާފަ ޝޯ އަށް އެމީހުން ބޭނުން ގޮތަށް ތައްޔާރު ވީމަ އެ ފުރުސަތު ދިނީ
    ޝައިނާ އާ އެކީގަ ވޯކް ކުރާ މީހަކަށް ވީތީ މިވަރު އިގޭތީ ބުނެލީ
    ލަމް ވެސް އެމީހުން ބޭނުންވި ގޮތަށް ބަދަލުވި ނަމަ ތިހެނެއް ނުވާނެ

    • އާންމެއް

      ތިއީ ތެދެއްނަމަ ތިޔަ ހިނގީ ބޮޑޫ ޖަރީމާއެއް. ފުލުހުން އެބަ ޖެހޭ މިކަންކަން ބަލަން. އަޑި އަޑިން މިކުޅޭ ކުޅުންތައް އެބަޖެހޭ އާންމުންގެ ސަމާލުކަމަށް ގެނެސް ތަހުގީގު ކުރެވެން.

  10. ޖަގާ

    ހުރިހާ ކަމެއް ފެންނަގޮތާއި ދެއްކުންތެރިކަން. އަހުލާގާ ކުޅަދާނަކަމާ ސުމެއް. އެކަމަކު 100%ކަމުގައިވެސް މިވަރެއް ނެތްކަމަށް ބުނާ ގައުމެއް. ލޮލް

  11. އިބްރާހިމް

    ކޮބައިތޯ ހަޑިވެފަ، ގަޔައްބާރު އުރަ އެއް ލާފަ އިސްތަށިގަނޑު އިސްތިރި ކޮއް ކުލަޖައްސާފަ މޫނު ފުރާ ފައުންޑޭސަން ޖެހީމަ ހާދަ ނަލައޭ އިންގޭތޯ.

    • އާހާ...

      ސޯ ޓުރޫ..... އީދު ބޮޑިއެއްހިގާފަ އަންނަހެން ހީވާނީ މިހާރު އުޅޭކުދިން ކުދިން.... އެކަމު ތިބޭނެ ވަރަށް ފޮނިވެފަ މަ ވަރަށް ފަރިއޭހިތާ... ސޯ ޗީޕް...

      • Anonymous
      • ޝާޔ

        އީދު ބޮނޑިޔޭ? ބައެއް މީހުން ފަލަ ކޮށް ތިބެނީ ކޮންމެވެސް ބައްޔެއްގެ ސަބަބުން.. ފަލަ ނޫނަސް ލޫސްކޮށް ހެދުން ލާންޖެހޭނީ.. ފަލަޔަަސް ހިއްކަސް ކޮންމެވެސް އެއްޗެކޭ ބައެއް މީހުން ކިޔާނޫ.. ތިމާޔަށް މޮޅުލިބިފައިވާތީ ޝުކުރު ކުރަންވީނު އެހެންމީހުނަށް ޖޯކް ނުޖަހާ.. މާތްﷲ ދެއްވަވަނީ އެފަރާތުން ގެންދެވޭނެ. ވީމާ ޝުކުރުވެރިވޭ. އެކަކުވެސް އެންމެ ފުރިހަމަ ނޫން.. އެކަމް އެންމެނަށްވެސް މާތްﷲ ދެއްވަވާފައިވާ ނިއުމަތްތަށް ގުނާ އަދަދު ނުކުރެވޭނޭ.. އަލްހަމްދު ލިﷲ. މާޝާﷲ.. ހަނދާނުގަ ބަހައްޓަންވީ ކޮންމެ ގޮތަކަށް މީހާ ހުއްޓަސް އަޖަލް ޖެހުމުން މަރުވާނޭކަން. ދުނިޔެއަށް ނުގެއްލި އާޙިރުގަ ކާމިޔާބުވޭތޯ ބަލަންޖެހޭނީ އިންޝާﷲ

  12. ނަާ ހަމަތެދެއް

    ހަމަ ބުރުގާ ނަގަން ބުނިބާ؟

    • ނަޒްމާ

      ތި ވެދާނެ ތެދަކަށް ވެސް. ޝައިނާ އަކީ ކުރިން ބުރުގާ އެޅި ކުއްޖެއް. ޝޯ ގަ ބުރުގާ ނާޅަ އުޅުނީ

  13. Anonymous

    ޙަޑިއެއްނޫން ވާނީ ހުތުރުވާނީ

  14. ސައިޒް

    ތީމިހާރަކަށް އައިސް އޮފީސްތަކުގަ ވެސް ކުރާ ކަމެއް ފަލަ ކުއްޖާ އިންނާނީ ބުރަމަސެއްކަތް ކުރަން ބައިންދާފަ، ޕޮރޮމޯސަން ދޭނީ ދޮންވެފަ ރީތި ލޫްްޅާފަތި ކުއްޖާ އަށް.. އެ ހެޔޮ މަސެައެއްކަތެއް ކުރަން ނޭންގުނަސް. މިހާރުގެ ވެރިންގެ ވިސްނުން.. ކީއްކުރާނީ..

  15. ސަޒުނާ

    އަސްލުވެސް ލަމް ވަރަށް ރީތި. ތިބުނާ ޝައިނާ ވަރަށް ހަޑިކުއްޖެއް. އެފް އެމްގައި ގައި އުޅޭކުދިންގެ އަޑުރީއްޗަސް އެކުދިން ވަރަށް ހަޑި. ހަގިގަތުގައިވެސް އައިޑޯލްގައި ޕުރޮގުރާމް ހުށައަޅާކަށް ނޭއްގެ ޝައިނާއަކަށް. އަދި މިވިހާ ތަނައް ޝަަިއިނާ ވަރުގެ ކަޑަކުއްޖަކު ނާރާ ޝޯހުށައަޅާކަށް. މިކުރީ މަލާމާތެއްނޫން. ބެލުންތެރިންގެ ކައިސިއްޔަތުންނާއި އެހުން ތެރިއެއްގެ ހައިސިއްޔަތުން މިހެއްމިބުނީ.

  16. މާސްޓަރ

    ކާކު ބުނީ އެމަންޖެގެ ސިފަހުތުރޭ. ތިގޮތައް ޗަބީ ކޮށް ތިބޭ ބައްޓަން ރަގަޅު ކުދިންނަކީ އަންހެންވަންތަ އެންމ ރީތި ކުދިން. މިކަން މަށަށް ހަމަގައިމުވެސް އޮންނަނީ މިހެން.

  17. ޅޯޅާ

    ޝޯވގެ ހިންގުންތެރިން ބޭނުންވީ އެ ޝޯވ ހޯސްޓް ކުރުމަށް ރީތި ހިކި ކުއްޖެއް އެކަމަކު އަހަރެން ބޭނުުން ލަމް އަހަައްނަށް ލަމް ވަރައް ރަަަިތި

  18. ާޖަންންތު

    މާތް ﷲ ގެ އުފެދުމަށް އެ ކުރެވެނީ މަލާމާތް، ތަނެއް ދޮރެއް ނޭންގޭ މީހުން މީހުންގެ ސިފަޔާ އެ ބެހެނީ، އެއީ ރީތި ކުޖެއް

  19. ޢަލީ ނާޞިރު

    ތިޔަފަދަ މުންކަރާތްތައް ހުއްޓާލާ.......... ތިކުރަނީ ހާދަހާވާ ނުބައިކަމެކޭ .....

  20. ދޮނާ

    އަހަންނަކީ ވަރަށް ހިކި.ކުއްޖެއް. ކެވެނީވެސް ވަރަށް ކުޑަކޮށް. މިކަމާ އެންމެ ގިނަ ކޮމެންޓް ލިބެނީ ރައްޓެހިންގެ ފަރާތުން. އެހެންވެ ރައްޓެހިންނާއެކު ކާން ދާ ހިތެއްވެސް ނުވޭ. އެކަމަކުވެސް ރައްޓެހިކަން ކަނޑާނުލާން ވެގެން އެމީހުންނާއެކު ކާންވެސް ދަން. އެމީހުން ކިޔާ އެއްޗިއްސާ އަޅައެއްވެސް ނުލަން. އެކަމަކު ވަރަށް ދެރަވޭ.

  21. ނާޒިފް

    ތިއީ ވަރަށް ގަބޫލުކުރަން ދަތި ވާހަކައެއް. 2 ފަޅިވެސް ގެނެސްދިނީމަ ޚަބަރަކަށްވާނީ . ފަލަ ނަމަ ދެވަނަ ސީޒަން އަށް ލަމް ނުވެސް އެރުވީސް. އަދި ހިކި ކުއްޖެއް އަރުވާނަމަ މައުރީން ދެވަނަ ސީޒަންގައި ފެނުނީސް. އެހެން މީހަކަށް ފުރުސަތު ލިބޭއިރަށް ބޮޑެތި ޓީވީތަކަށް އަރައިގެން މިގޮތަށް ވާހަކަދެއްކުން މިއީ މަޝްހޫރުބައެއް މީހުން އުޅޭ ގޮތް.

  22. Anonymous

    ޢެހެންވެ ފަލަވިއަ ނުދިި ހިކެނ މަސައަކަތް ކުރަންވި

  23. ލިމްލީ

    މީހަކު ފަލަވެގެން ފުރުސަތު ނުދިނުމާއި ދޭތެރޭ ކިޔުންތެރިންގެ ހިޔާލަކީ ކޮބައިހެއްޔެވެ؟ މި
    ސުވާލުގެެ ޖަވާބަކަށް ބުނެވެންއޮތީ ހޯސްޓުކުރުމަކީ ވަކި ސައިޒެއްގެ މީހަކަށް ކުރެވޭކަމެއްނޫނޭ. އެކަމަށް ބޭނުންވާނީ ހޯސްޓު ކުރުމުގެ ހުނަރާާާާއި ކަމަށް ޤާބލުމީހަކަށްވުމޭ. ލަމް އަސްލުވެސް މޮޅު ޝްްޯހުށަހަޅަން. ފުރުސަތު ނުދިނީ ފަލަވީމައި ޕުރޮޑިއުސަރުގެ ލޮލަށް އުނދަގޫވެގެންކަމަށްވެދާނެ.

  24. ވޯލަމްހޭ

    އަސްލު ލަމްއަށް މިހާރު ވިސްނެންވެއްޖެދޯ. މައްޝޫރުވެވޭނީ މީހާގެ ސިފަވެސް ރީތިވެގެން. ލަމް މައްޝޫރުވާން ބޭނުންނަމަ މަސައްކަތް ކޮށް ހިކެން އުޅެން ފެނޭ. ލަމް ހިކުނީމަ ވަރަށް ސަޅިވާން. މިހާރުވެސް ކިއުޓް.

  25. މޫމޫ

    ލަމް އަކީ ވަރަށް ލޯބި ކުއްޖެއް

  26. މުހައްމަދު

    ޙާސްވާނެ ކަމެއް ނެތް އަކުއާ ފިޓްނަސް އަކީ ހިކިލަން އެންމެ ލުއި ފަސޭހަގޮތް އަވަހަށް ވަޑައިގަންނަވާ

  27. އަލީ

    ހިކިކުއްޖަކު ބޭނުން ވާތަނަކަށް ފަލަކުއްޖަކު ބޭނުން ނުކުރެވޭނެ. މަލާމާތް ކޮށްގެން ނުވާނެ. ފަލަކުއްޖަކަށް ފުރުސަތު ލިބޭނީ ހިކިކުއްޖަކު ނެތްހާލަތެއްގަ. އެއީތަފާތު ކުރުމެއްނޫން. ކުރިން ހުށައަޅައިދިންއިރު ފުރިމަވީ ޝަރުތު މިހާރަކު ފުރުހަމައރއްނުވޭ. ޢެއީ ފަލަވީމަ. ޢެކަމާދެރަވާކަށް ނުޖެހޭ. އަދިދިނޫސްތަކުގަ ލިޔެވޭ ގޮތަށް ކިޔައިދޭކަށްވެސް ނުޖެހޭ. ކޮންމެ ފުރުސަތަކަށްވެސް ޝަރުތުތު ތަކެއްއޮވޭ. 99 ފަހަރު ބައިވެރި ވެވުނަސް ޝަރުތު ހަމަނުވަންޏާ 100 ވަނަފަހަރު ކަޓާނެ.

  28. ކެކެކެކެ

    ޖާގަ ނުދިނީ ލަމް ވެއްޓިއްޖެއްޔާ ނަގާފަ ބަހައްޓާނެ ކޮޅެއް ނޭނގޭނެތީ.