ވީލޮގަރ އެއްކަމަށްވާ ނުސައިރު ޔާސީން (ނަސް) ދިވެހިން ދަންނަން ފެށީ ބުރުގާ އެޅުމަށް ދިވެހި މުޖުތަމަޢުގައި މަޖްބޫރު ކުރުވާފައިވާ ކަމަށް ބުނެ މާތް ވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް އޭނާ ދިވެހި ރާއްޖޭގައި އާއްމު ކުރި ވީޑިއޯ އަކަށްފަހުއެވެ.

އެއާއެކު ގިނަ ބައެއްގެ ސަމާލުކަން ނަސްއަށް ހުއްޓުނެވެ. ރާއްޖޭގައި ކުޅުނު ވީޑިއޯއާއެކު ގިނަ ދިވެހިންގެ ސަމާލުކަން ހޯދި ނަސް ވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި ތަފާތު ވާހަކައެއް ހިއްސާ ކޮށްފައެވެ.

އިއްޔެ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖަށް އަޕްލޯޑްކޮށްފައިވާ ވީޑިއޯއެއްގައި ނަސް ބުނެފައިވަނީ އޭނާ ވީޑިއޯ ހެދުން ދޫކޮށް ސިޔާސީ މައިދާނަށް ނުކުންނަން ޝައުޤުވެރިކަން ހުންނަ ކަމަށެވެ، ކޮންމެ ދުވަހަކު ވީޑިއޯއެއް އަޕްލޯޑް ކުރަމުން އަންނަ ނަސް މީގެ ކުރިންވަނީ 1000 ވީޑިއޯ ހަމަވުމާއިއެކު ވީޑިއޯ ހެދުމާއި ދުރަށް ދާނެ ކަން ހާމަކޮށްފައެވެ. 1،000 ވީޑިއޯ ހަމަވާން 22 ދުވަހަށް ވެފައިވަނިކޮށް ނަސް މިއަދު އޭނާ ސިޔާސީ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ކަމަށް ފާޅު ކުރުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށްވަނީ ހުއްޓިފައެވެ.

ނަސް މިއަދު އަޕްލޯޑް ކުރި ވީޑިއޯގައި ފުރަތަމަ ބުނެފައިވަނީ ސިޔާސީ މައިދާންނަށް ނުނިކުތުމަށް އޭނާގެ ރަޙްމަތްތެރިން އޭނާގެ ކިބައިން އެދޭ ކަމަށެވެ. އަދި އެއީ ސިޔާސީ މީހުންގެ އުޅުމާއި ބުޅުން ހުންނަ ގޮތުން ކަމަށް ނަސް ސިފަކޮށްފައިވެއެވެ. އަދި ބުނެފައިވަނީ ސިޔާސީ ވާން ޖެހެނީ ހަމައެކަނި ވަކި ބައެއް ނޫން ކަމަށާއި މިއަދު ސިޔާސީ މައިދާނަނަށް މީހުން ނިކުންނަށް ޖެހިލުންވާ އެންމެ ބޮޑު އެއް ސަބަބަކީ ސިޔާސީ މައިދާން މުއްސަދިންގެ މުށްބާރު ތެރޭގައި އޮތުމުން ކަމަށެވެ. އަދި މިކަމަށް ޙައްލެއް ބޭނުންވާ ކަމަށްވެސް ނަސް ބުނެފައިވެއެވެ. އަދި އޭނާ ސިޔާސީ ދާއިރާއަށް ވަންނަނީ މިފަދަ ކަންކަން އިސްލާޙް ކުރުމަށް ކަމަށާއި ކުރިޔަށް އޮތް 10 އަހަރުގެ ތެރޭގައި އޭނާ ސިޔާސީ ދާއިރާއިން ފެނިގެން ދާނެ ކަމަށްވެސް ނަސްބުނެފައިވެއެވެ.

ނަސް އަކީ އިސްރާއިލަށް އުފަން ފަލަސްތީނުގެ މީހެކެވެ. އަދި ޅަ ފުރައިގައި އުޅެ ބޮޑުވެފައިވަނީ އެމެރިކާގައެވެ. ސިޔާސީ މައިދާނަށް ނިކުންނާނީ ކޮން ޤައުމަކަށް ކަމެއް ނަސް މިހާތަނަށް ހާމަކޮށްފައިއެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ދިވެއްސެއް

    ވަގުތުން ބަލާތި މީނަ ޕްރޮމޯޓް ކުރެވޭތޯ

  2. Ach

    ކޮބާތަ ދީނަށް ފުރައްސާރަކޮށްފަ؟?

    • ދުނިޔެ

      ހާދަ ފަހަތުގަ ތި އުޅުއްވަނީ؟

  3. ޔަޝޫ

    ލާދީނީ ސަރުކާރުން މި ކަލޭގެއައް އެޑުވައިޒަރުކަންވެސް ދީފާނެ..

    • މަޒ

      ލާދީނީވީ 17 މިސްކިތުގައި ގުރުއާން އުނގަންނައިދޭން ފެށުމުންދޯ؟ ލާދީނީވީ މިހާރުގެ ރައިސް އިސްލާމް ދީނަށް ލޯބިކުރާތީދޯ؟ ލާދީނީވީ ޔާމީނުގެ 100 މިލިއަން ރުފިޔާގެ މައްސަލަ ބަލަން ފެށުމުންދ؟ ލާދީނީވީ މިސަރުކާރުން ހަމާސް ޖަމާއަތާ އެއްކޮޅަށް ވޯޓު ދިނުމުންދޯ؟

    • ދޮގެއް؟

      ކިތަންމެ ވަރަކަށް ފުއްޕިޔަސް ހަމަ ލާދީނީ. ދެވަނަ ގޮތަކަށް ނުވާނެ ވަރިހަމަ ރުޅި އައިސްގެން ފަޅަފަޅައިގެން ދިޔަސް. ހަމަ ލާދީނީ.

      • ދީނީލާ

        ލާދީނީވޭ ހުރިހަާ ސަރުކާރުން ވެސް

  4. ޑައިރީ

    ކުރީގެ އިސްލާމެއް ކަމަށް ހެދި ޔަހޫދީ ޕަޕެޓެއް. މިމީހުންގެ ތެނަލްތައް ޔޫޓިއުބުން ޕުރޮޓެކްޓް ކުރޭ، މި މީހުންނަށް ދެކޮޅުހަދާ ޖެނެލްތައް ބުލޮކްކުރޭ! މީ މަޢުލޫމާތު ގެ ހަނގުރާމަ.

    • ބުރާާންތި

      ކަލޭމެންނަށް ޖެހޭނީ ތިޔަ އަގީދާގައި ބަގުޑި ބައްދަން. ގަދަ ބާރުން ބަނދެގެންނެއް ތިޔަ ފުލޯކެއް ނުހިފެހެއްޓޭނެ

    • ދޮންނޭ

      ރަނގަޅަށް ބުރާންތި ކައިފަ ހުރި ފައްކާ ލާދީނީއެއް.

  5. ލައްކަޑޮލަރު

    ތިގޮަލާ އަންނި ވަރަށްބޭނުންވާނެެ. ޢެމް.ޑީ.ޕީއިން ނުކުންނާނީ އޭނަ.

  6. ދދދދ

    މިވަގުތު އެންމެ ރަނގަޅުވާނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ސިޔާސީ ދާއިރާއަށް ނުކުތުން. ތިކަހަލަ މީހުންނަށް މި ގައުމުން ފުރުސަތު ފިސާރި ތަނވަސްކޮށް އޮތީ.

  7. ާސަޒުުުު

    ??????

  8. އިތުބާރު

    މީނަ ޖެނުއަރީ 2019 ގަ ރާއްޖެ އަނެއްކާ އާދޭއެބަ

  9. ނަން

    އެންމެ މީހަކު ބުނިއެއްޗަކާހެދި ހާދަ ބިރެކޭ ދޯ؟ އޭނާ ރާއްޖެ އައިމާ ބިރުންނޫޅެ އޭނައަށް އިސްލާން ދީނުގައިވާ މާތްކަމާއި މަތިވެރިކަމާއި ތަހުޒީބުތައް ދަސްކޮށްދޭންވީނު.