އާދަޔާ ހިލާފު ބިރުވެރި ސިފައަކަށް އޮތް ޖަނަވާރެއް ނިއުޒިލެންޑްގެ ކެނެބެރާގެ ގޮނޑުދޮށަށް ލައްވެެއްޖެއެވެ.

ގޮތް ނޭނގޭ ޖަނަވާރުގެ ފޮޓޯތަށް މީސް މީޑިއާގައި ޝެއާކުރުމާ އެކު ތަފާތު ޚިޔާލުތައް ފާޅުކުރަމުން ދާއިރު މި ޖަންވާރުގައި ދެ ފައި ނަގުލަކާއި އެކު ފިޔަ ގަނޑެއް ހުރުމުން ގިނަ ބަޔަކު ބުނަމުން ދަނީ މިއީ ޑްރެގެން އެެއް ކަމަށެވެ.

މި ޖަނަވާރު ގޮނޑުދޮށަށް ލައްވެފައި އޮއްވާ ފެނުނީ ކްރިސްޗާޗްގެ ދެ ރައްޔިތަކަށެވެ. މަރުވެފައި އޮއްވާ ފެނުނު މި ޖަނަވާރު ފެނުނު ހަނާ ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ބުނީ އޭނާ ފުރަތަމަ ހީކުރީ މިއީ އޭލިއަނެއް ކަމަށެވެ.

ހަނާ ބުނީ އޭނާ އެ ޖަންވާރުގެ ފޮޓޯތަށް ފޭސްބުކްގައި އާންމު ކުރުމާއި އެކު އެތަށް ބައެެއްގެ ކޮމެންޓް އެ ފޮޓޯތަކަށް ލިބުނު ކަމަށެވެ.

ނޭޝަނަލް އިންސްޓިޓު އޮފް ވޯޓަރ އެންޑް އެޓޮމޮސްފޮރިކް ރީސާޖް ގެ ސައިންސްވެރިއެެއް ކަމަށްވާ ޑރ.ފްރާންސިސް ވިދާޅުވީ މިއީ ބޮޑަށް ބެލޭވޭނީ "ސްކޭޓް" މަހެއް ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ސްކޭޓް މަހުގައި ހުންނަ ބައެެއް ސިފަތަށް މި ޖަނަވާރުގައި ހުރުން ކަމަށެވެ.

2016 ވަނަ އަހަރުވެސް ގޮތް ނޭނގޭ އެއްޗެއް ނިއު ޒިލޭންޑްގެ އޯކްލެންޑްގެ މުރިވާއީ ގޮނޑުދޮށަށް ލައްވިއެވެ. އެފަހަރު ލައްވި ޖަނަވާރުގައި ރިނދަލިތައް ތައްލާފައި ހުއްޓެވެ. އޭގެ އިތުރުން ފަނިތަކެއް ކަހަލަ ދިގު އެއްޗެހިތަކެއް ހުއްޓެވެ.

މީޑިއާގައި އެފަހަރު ފެނުނު ޖަނަވާރާއި ބެހޭ ގޮތުން އެކި މީހުންގެ ޚިޔާލު ތަފާތެވެ. އެކަކު ބުނީ އެއީ ހަލާކުވެފައިވާ ބޯޓެއްގެ ބައެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރިސާޗް

    ތިޔައީ ޔޫރަޕް މާކަނާއެއް...

  2. ހުސޭނުބޭ

    ނިއުޒިލޭންޑްގައިވެސް ކެންބަރާއެއް އޮވޭތަ! މިހާތަނަށް އެގިފައި އޮތީ ކެންބަރާއަކީ އޮސްޓްރޭލިޔާގެ ވެރިރަށްކަމަށް!

  3. ހަހް!

    ތީ ގިޓާރ ފިޝްއެއް! އެމީހުންނަށް ހަމަ ނޭންގުނު؟

  4. ނުބުނާނަން

    ގިޓަރ ފިޝް ގަ ދެފައި އިންނަކަމެއް މީގެ ކުރިއަކުން ނުދެނަހުރިން.

  5. ސަގަރު

    އާން ބިރުންގޮސް ދެކަމު ހާޖަތަށް ހިނގައްޖެ.

  6. ބަލަބޯ

    ތިގޮލާ ވަރަށް ވައްތަރު އިބޫއާ

  7. މުހައްމަދު

    އެފެނުނު ހިސާބަށް ކިޔާ ރަނގަޅުނަމަކީ Canterbury

  8. މުހައްމަދު

    މީއީ ރަފް ސްކޭޓް ކިޔާ މަޑީގެ ވައްތަރެއް (Dipturus nasutus)

  9. ހަސަން

    ތީ މަޑިއެއް