އެންމެ ބޮޑު އާމްދަނީއެއް މި އަހަރު ވެސް ލިބުނު މޮޑެލްއަކީ މިހާތަނަށް އެންމެ ގިނަ ލައިކްސް ލިބިފައިވާ އިންސްޓަގްރާމްގެ ރެކޯޑް މުގުރާލި މަޝްހޫރު މޮޑެލް, އަދި ޓީވީ ޕާސަނާލިޓީ ކެންޑަލް ޖެނާ ކަމަށް ފޯބްސްއިން ބުނެފިއެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބުނު މޮޑެލުން ހިމަނައިގެން ފޯބްސްއިން އެކުލަވައި ލިސްޓްގެ ކުރި ކާޑޭޝިއަން އާއިލާއަށް ނިސްބަތްވާ ކެންޑަލްއަށް ލިބުނީ 22.5 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކުގައެވެ.

މަޝްހޫރު ބައެއް ފެޝަން ކުންފުނިތަކުގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައިވެސް މަސައްކަތްކޮށް އަދި ފެޝަނާ ގުޅުން ހުރި އެކި ކަހަލަ ކަލެކްޝަންތައް ނެރެގެން ވެސް ކެންޑާލް ބޮޑު އާމްދަނީއެއް ލިބެއެވެ.

މިދިޔަ އަހަރު ވެސް މި ލިސްޓްގެ އެއްވަނައިގައި އޮތީ 23 އަހަރުގެ ކެންޑަލްއެވެ. އެއީ 22 މިލިއަން ޑޮލަރާ އެކުގައެވެ.

މި ލިސްޓްގެ ދެވަނައިގައި 13 މިލިއަން ޑޮލަރާ އެކު އޮތީ ކާލީ ކްލޮސްއެވެ. ތިން ވަނަ އިން ދެ މޮޑެލަކު ޖާގަ ހޯދާފައި ވަނީ 11.5 މިލިއަން ޑޮލަރާ އެކުގައެވެ. އެއީ ކްރިސީ ޓީގަންއާއި ރޯޒީ ހަންޓިންގްޓަން-ވައިޓްލީއެވެ.

ކިޔުންތެރިންގެ ހިޔާލު