ގިނަ އަދަދެއްގެ ބަޔަކު އެކުއެކީގައި ވަޅުލެވިފައިވާ ވަޅުގަނޑެއް ފެނިއްޖެއެވެ. 45 މީހުން ވަޅުލައިފައިވާ މި ވަޅުގަނޑު ފެނިފައިވަނީ އަވަށްޓެރި އިންޑިޔާގެ ޓެމިލް ނާޑޫ ސްޓޭޓުގެ ވެއްލޫރު ސަރަޙައްދުގައި އޮންނަ ކުޑަކުޑަ އަވަށެއްކަމުގައިވާ ވައްކަނަންޕަޓީ އިންނެވެ.

މިވަޅުގަނޑު ފެނުމާއެކު އެސަރަޙައްދުގައި އުޅެމުންދާ މީހުންނަށް ބޮޑު ބިރުވެރިކަމެއްވަނީ ކުރިމަތިވެފައެވެ. އެފަރާތްތަކުން ބުނަމުންދަނީ މިއީ ނުރައްކާތެރި ނުވަތަ ބިރުވެރިކަމެއް ވާން އުޅޭކަމުގެ ނިޝާނެއްކަމުގައެވެ.

އިންޑިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި މިވަޅުގަނޑު ފެނިފައިވަނީވެސް އެސަރަޙައްދުގެ އާއްމު މީހަކަށެވެ. ކިރު ވިއްކުމުގެ މަސައްކަތް ކުރާ މީހަކަށް މި ވަޅުގަނޑު ފެނިފައިވާއިރު، ވަޅުގަނޑުގެ ތެރޭގައި އިންސާނުންގެ ކަށިތައް ހުރި ގޮތް އެމީހާވަނީ ކިޔައިދީފައެވެ.

ބަލަސުބްރަމާނިއަން ނަމަކަށް ކިޔާ މި މީހާ، "ހިންދުސްތާން ޓައިމްސް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާއަށް މި ވަޅުގަނޑު ފެނިފައިވަނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހުކަމަށެވެ. އަދި ވަޅުގަނޑުގެ ތެރޭގައި ގަބުރުތައް އަތުރާފައިހުރި ގޮތް އެންމެ ވައްތަރީ މާފައްޗަކަށް މާތަކެއް އަމުނާފައިވާ ގޮތާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

"ގަބުރުސްތާނު ކައިރިން ލައިފައި އަހަރެން ދިޔައިރު އަހަރެންނަށް ވަރަށް ތަފާތުކަމެއް ފާހަގަ ކުރެވުން. އެގަޑީގެ ފަނޑު އައްޔާއެކު އަހަރެން އެންމެ ފުރަތަމަ ހީކުރީ އެއީ އުކާލާފައިވާ ބަރަބޯ ތޮށިތަކެއްކަމަށް. މާފަތިތަކާއި ކުރުނބާތަކަކާއެކު އެތަނުގައި އެއްޗެހިތައް އަތުރާފައި ހުރި ގޮތުން އެއީ ސިހުރުގެ ކަމެއްހެން ހީވޭ." ބަލަސުބްރަމާނިއަން ބުނެފައިވެއެވެ.

އެސަރަޙައްދަށް ފުލުހުން އައިސް، އެފަރާތްތަކުންވެސް ދަނީ އެކަން ތަހުގީގު ކުރަމުންނެވެ. އެހެންނަމަވެސް، ހާހެއްހާ މީހުންގެ އާބާދީ އޮންނަ މީހުންގެ މި އަވަށުން ޤަބޫލު ކުރަމުން ދަނީ އެއީ ނުރައްކާތެރި ކަމެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ކުރުންވެސް ވަނީ ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖިންނި

    އަމިއްލަ ޤައުމް ހިމާޔަތް ނުކުރެވޭ ބަޔަކަށް އެހެން ޤައުމަކަށް ކޮން އަސްކަރީ އެހީއެއް ވެވޭނީ

  2. ބަަކަރި ރައޫފު

    ޢެއޮށް ތީ ދީފައެއް ނުން. ޢަޅެ ކުޅަދާނައިޔާ އަމިއްލަ އަތުން ފިޔާ ކިލޯއެއްގެ މިންވަރު ހައްދައިގެން އެކެއުމަށްފަހު ބުނެލަބަލަ ހޮހޮހޮޔޭ. ޢިންޑިޔާ އަށް ވައްސަލާމޭ

    • ރައޫފު ކުއްތާ

      އަހަރެމެން މިކަނީ އަމިއްލައަށް ހައްދާ ފިޔާކަން ވަރަށް އުފަލާއެކު ދަންނަވަން. ދެން ފިޔާ މީ އިންޑިއާއިން ހިލޭ ދޭ އެއްޗެއްތަ؟ ފިޔާ ހެދެނީ އިންޑީޢަގައި އެކަނި ތަ؟

      • ދާ ޖަހާ ޢަލީ

        އިންޑިޔާގެ އަސްކަރިއްޔާ އަށް ބޭނުންވާ ބިން ކުޑަކަމުން މި ޤައުގަ ފިޔައި ހައްދަން ވަގު ސޯލިޙު ސަލާން ޖަހަން އިންޑިޔާ އަށް އެ ދިޔައީ...

  3. މީ

    ސުބުހާނަﷲ. އަސްތަޤްފިރުﷲ