އެމް.އާރ.ކޭ.އެޗް އަކީ ވިހެއުމުގައި ރަޙިމު އެއްކޮށް ފުރިހަމަ ނުވެ ހުރުމުން ޖެހޭ ބައްޔަކަށް ކިޔާ ނަމެކެވެ. މި ބަލި ޖެހުމުގެ ސަބަބުން އަންހެން މީހާއަށް މާބަނޑުވުމަށް ހުރަސް އަޅައެވެ.

ތަފާސް ހިސާބުތަކުން ދައްކާފައިވާ ގޮތުގައި މިބަލި ފެތުރޭ މިންވަރު މިވަނީ އިތުރުވެފައެވެ. މިގޮތުން ބަލާއިރު ކޮންމެ 5،000 އަންހެނަކުން އެކަކަށް މިބަލި ޖެހޭ ކަމަށް ދިރާސާތަކުން ދައްކާފައިވެެއެވެ.

މިބަލި ޖެހޭ މައިގަނޑު ސަބަބު މިހާނަތަށް ދެނެގަނެވިފައިނުވާއިރު، ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތްއިން ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި މިބައްޔަކީ ކުއްޖާ އުފެދުމުގައި ޖެހޭ ބައްޔެކެވެ. އަދި މިހާތަނަށް މިބައްޔަަށް ފަރުވާއެއް ވަނީ ހޯދޭ ގޮތް ނުވެފައެވެ.

ސައިންސްވެރިން ބުނެފައިވަނީ ވިހާއިރު ރަޙިމު ނުހުންނަ ބަލި ޖެހިފައިވާ މީހުން މާބަނޑުވާން ބޭނުންނަމަ އެހެން މީހެއްގެ ރަޙިމު ލައްވަން ޖެހޭ ކަމަށެވެ. އަދި ރަޙިމު އެހެން މީހެއްގެ ގައިން ނަގާ ޓްރާންސްޕްލާންޓް ކުރުމަކީ ވަރަށް ނުރައްކާތެރި އޮޕަރޭޝަން އަކަށްވުމާއެކު، އަދި ރަޙިމު ހަދިޔާ ކުރަން ބޭނުންވާ މީހުން މަދުކަމާއިއެކު، މިބަލި ޖެހިފައިވާ ފަރާތްތަކަށް މާބަނޑުވުމުގެ ފުރުސަތު ކުޑަ ކަމަށެވެ. މިހިނގާ ޑިސެންބަރު މަހު ބްރެޒިލްގެ މީހަކުވަނީ ރަޙިމު ބަދަލުކޮށް މާބަނޑުވެ ވިހޭ ފުރަތަމަ ކުއްޖާ ދުނިޔެއަށް އުފަންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަހަހަ...މިސުރުހީ ކިޔާލީމަ ދެގޮތަކަށް މާނަކުރެވޭ....

  2. ތަޖުރިބާކާރު

    ދުވަސް ނުފުރާ ގަދަކަމުން ވިއްސާތީ އެކަހަލަ މައްސަލަތައް ދިމާވަނީ.