މީގެ ތިން ވަރަކަށް ދުވަސް ކުރިން މާސްމީޑީޔާގައި އުޅޭ އެންމެން ހާސްކަމެއްގެ ތެރެއަށް ވައްޓާލި އެއްވާހަކައަކީ ފޭސްބުކްގެ ބަގެއްގެ ސަބަބުން ފޭސްބުކް ބޭނުން ކުރާ 6.8 މިލިއަން މީހުންގެ ފޮޓޯތައް ތިން ވަނަ ފަރާތަކަށް ލިބި، އެހުރިހާ އެންމެންގެ އެތައް މިލިއަން ފޮޓޯއެއް ލީކްވި ވާހަކައެވެ. މިއާއެކު އެންމެންގެވެސް ސުވާހަލަކަށް ވެގެން ދިޔައީ އެމީހެއްގެ ފޮޓޯ މިލީކްވި ފޮޓޯ ތަކުގެ ތެރޭގައި ހިމެނޭ ހެއްޔެވެ؟!

ފޭސްބުކްއިން ލީކްވި ފޮޓޯ ތަކުގެ ތެރޭގައި ތިބާގެ ފޮޓޯއެއް ހިމެނޭތޯ ބެލުމަށް މިލިންކްއަށް ކްލިކް ކޮށްލާށެވެ. އަދި ފޭސްބުކްއަށް ލޮގިންވާށެވެ. އިތުރު އެޕްލިކޭޝަންއަކުން ފޮޓޯތައް ބަލާފައިވާނަމަ މި ލިންކް މެދުވެރިކޮށް އެކަން އެނގޭނެއެވެ.

ފޭސްބުކްއިން މީގެ ކުރިން ބުނެފައިވަނީ ފޮޓޯތައް ހާމަވީ ފޭސްބުކް ބޭނުން ކުރާ މީހުން އެކްސެސް ދިން އެޕްލިކޭޝަންތަކުގެ ސަބަބުން ކަމަށެވެ. ފޮޓޯތައް ހާމަވެފައި ވަނީ 876 ޑިވެލޮޕަރަކު ތައްޔާރުކޮށްފައިވާ 1500 އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. މިއީ އެޕްލިކޭޝަންތަކަކަށް އެކްސެސް ދިނުމުގެ ސަބަބުން ދިމާވި ކަމެއް ނަމަވެސް މިއީ ފޭސްބުކްގެ މައްސަލައެއް ކަމަށް ފޭސްބުކް އިން ވަނީ އިއުތިރާފް ވެފައެވެ.

ފޭސްބުކް އިން ބުނީ މައްސަލަތައް ދިމާވި އެޕްލިކޭޝަންތަކާއި މައްސަލަ ދިމާވި މީހުންގެ މައުލޫމާތު އެމީހުންނަށް އަންނަ ހަފްތާގައި ފޮނުވާނެ ކަމަށެވެ.

ހާމަވެފައިވާ ފޮޓޯތަކުގެ ތެރޭގައި ފޭސްބުކްގައި ޕޯސްޓް ނުކޮށް ހުރި ފޮޓޯތައް ވެސް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖިންނި

    ނަސީބަކުން އަހުންގެ ފޮޓޯ ނުފެންނާނެ

  2. ސޭޓުގެ އަންހެނުންގެ ފިރިމިހާ

    ލިންކު ކޮބާހޭ

  3. ގޯނިބެ

    ލިންކު އެއޮތީ އެފް އަކުރަށް ފިތާލާ

  4. ގޯނިބެ

    ލިންކު އޭނީ އެފް އަކުރައް ފިތާލާ

  5. މުުހައަމްމަދު14 12 2018

    ނަސީބަކުން އަހަރެންގެ ފޮޓޯއެއްނުހުންނާނެ!!!އޯކޭ

  6. ޜުގީ

    ގޯނިބޭ އަކީވެސް އޭގެ މީހެއް 😡

  7. Anonymous

    ޅިންްްކް ކޮބަ

  8. ފާތުން

    ކޮބާތަ ލިންކު............