ތަފާތު އެއްޗެހި މީހުން ވަގަށް ނަގައެވެ. ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަ ކޮށްގެން ބަލަހައްޓަމުން އަންނަ އެއްޗެހި ވެސް ބައެއް ފަހަރު ވަގުންގެ އަތްދަށު ވެއެވެ. ނަމަވެސް މީހަކު ދިރިއުޅެމުން ދިޔަ ގެއެއް ވަގަށް ނެގި ޚަބަރެއް މީގެ ކުރިން އަޑު އިވިފައި އޮތުން އެއީ ވަރަށް ނާދިރު ކަމެކެވެ.

ގެއެއް ވަގަށް ނެގުން އެއީ މީގެ ކުރިން ހިނގާފައި އޮތް ކަމަކަށް ނުވި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އެމެރިކާގެ މިސޫރީގެ އަވަށެއް ކަމަށްވާ ލޮއިސްގައި ހުރި ގެއެއް މިވަނީ ވަގަށް ނަގާފައެވެ. މޭގަން ޕަނޫ ނަމަކަށް ކިޔާ އަންހެނަކު ދިރިއުޅެމުން ދިޔަ ގެއަކީ އެއްތަނުން އަނެއްތަނަށް މާބޮޑު އުނދަގުލަކާއި ނުލައި ގެންދެވޭ ގޮތައް ހަދާފައި ހުރި 20 ފޫޓްގެ ގެއެކެވެ.

މީގެ ދެއަހަރު ކުރިން ފެށިގެން މޭގަން ދިރިއުޅެމުން އައި ގެއަކީ އޭނާ 20000 އެމެރިކާ ޑޮލަރު ޚަރަދު ކޮށްގެން ހަދާފައިވާ ގެއެކެވެ.

މޭގަން ހޮނިހިރު ދުވަހު ވަޒީފާއަށް ގޮސްފައި އައިއިރު މޭގަންގެ ގެއެއް ނެތެވެ. ގެ ވަނީ ވަގަށް ނަގާފައެވެ. މޭގަން ވަނީ ވަގުތުން މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ.

އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައިގެން މިހާރު ވަނީ މޭގަންގެ ގެ ހޯދާފައެވެ. ނަމަވެސް އަދި ވަގުން އަތުލައިގަނެވިފައެއް ނުވެއެވެ.

ފުލުހުން ބުނީ މޭގަންގެ ގެ ވަގަށް ނެގި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފަޤީރު ކަލޯ!

    ތީ ގެއެއް ނޫނެއްނު! ތީހިޔާކުރު އަތްގާޑިޔަލެއްނު!

  2. ނަންނަަ

    ފާހާނާތައް ހުންނަނީ ކިހިނެއްބާ؟

  3. ޖޮއްބެ

    ތިޔަ އަދިނުވޭނު ކަމަކަށް މިއުޅޭ ތިމަރަތަލަ ސަރިއްޕެ އެ ވަގަށްނެގީ ބަޔަކު ދިރިއުޅެއުޅެ ތިބި ގައުމެއް.

    • ބޯހަލާކު

      ސުބުޙާނަﷲ.ތިވެސް މީހުންނަށް ކިޔާއުޅޭ ނަމެއްތަ؟؟؟؟"ތިމަރަތަލަ ސަރިއްޕެ"

  4. ގަންޖާބޯ

    ތި ގޮލާ އަކަށްވެސް ޔާމީނަށްވުރެ ވަގު ކަން ގަދައެއް ނުވާނެ!

  5. އިނޫ

    ތީގެ އެތައްމިލިޔަން ގެގަނެވޭވަރުގެ ފައިސާ ވަގަށް ނަގާފައި ތިބި މީހުން މަމެންގެ ގައުމުގަ ތިބޭނެ އަޖައިބެއް ނުވޭ މިހާރަކު