މަޝްހޫރު ޓީވީ ޕްރެޒެންޓަރު އަލީ ސުލައިމާން "ސްޕައިޑަމޭން" ކޮސްޓިއުމްގައި ކުޅެފައިވާ އިސްތިހާރަކަށް ގިނަ ބައެއްގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިއްޖެއެވެ.

އަލީ ސްލައިމާން ސްޕައިޑަމޭންގެ ކޮސްޓިއުމްގައި ފެނިގެން ދަނީ އީޓް.އެމްވީގެ އިސްތިހާރަކުންނެވެ. އިސްތިހާރުން ފެންނަނީ ސްޕައިޑަމޭން އީޓް.އެމްވީގެ އޯޑަރެއް ޑެލިވާ ކޮށްދޭ މަންޒަރެވެ.

ސްޕައިޑަމޭން ފިލްމުގައި ސްޕައިޑަމޭން ފެނިގެންދާ ވަރަށް ވުރެ ވެސް މޮޅަށް އަލީ ސުލައިމާން މާލޭގެ މަގުތަކުން ބުރު އަޅަމުން އިމާރާތްތަކުގެ މަތިން ފުންމަމުންދާ މަންޒަރު އިސްތިހާރުން ފެނެއެވެ.

https://www.facebook.com/eatmaldives/videos/1984693134947609/

 

މިވީޑިއޯ މިހާރު ވަނީ ތިރީސް ހާހަށް ވުރެ ގިނަ މީހުން ބަލާފައެވެ.

އީޓް ޑޮޓް އެމްވީ އަކީ ރާއްޖެއަށް އަލަށް ތައާރަފްވާ އޮންލައިން ގްރޮސަރީ ޕްލެޓްފޯމެކެވެ. ރާއްޖޭގެ ބޮޑެތި ސުޕަމާކެޓް ތަކުގެ މުދާ އޮންލައިންކޮށް ގަނެވޭ މިވެބްސައިޓް ލޯންޗް ކުރަން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ގަދަ ކަލޯ

    ހީހީ ހަލާކު. އެކަމު މީތި ސަޅި

    • ގުބާ

      ގަދަ ކަލޯ ކަލޭ އަކަށް މިވަރެއްވެސް ނުވާނެވިއްޔާ...އަނބި ދަށުވެފަ ހުންނާނީ.

  2. ާހޯރަ އިއްބެ

    ހަމަ އަލީ ސްލައިމާން ތަ އެއީ؟
    ކުޑަ ކުދިންކައިރީ ދައްކާކަހަލަ ވާހަކަ ނުދައްކާ މުނުފޮރުވައިގެން ހުރީމަ ކިހިނެއް އިނގޭނީ އެއީ ކާކު ކަމައް
    މާސްކުއަޅައިގެން އެކްޓް ކޮއްފަ އެއިނީ މި ހަބަރު ޖެހި މީހާ ނޫންބާ

    • ހޯރަފުށި

      މީތި އެއްކޮށް ބަލަން ޑޭޓާ ނެތީ ދޯ؟

      • ޜއ

        ޢަވަހައް ޑޭޓާ އަޅާ

  3. ގަދަ ކަލޯ

    ހީޙީ މަމީ އަންހެނެއް ހީހީ ގުބޯ ގުބޯ

  4. ޜއ

    ސަޅި

  5. ކަނބުލޮ

    ތިބައި ކުރިން ކުޅުނީ އެސްޓަރސް ގެ އިޝްތިހާރުކުޅުނު މީހާދޯ

  6. ދޯސްތު

    ވަރަށް މޮޅު އައިޑިޔާ ރަނގަޅު