ރީތި އަންހެން ކުއްޖަކާއި އެކު ޑޭޓަކަށް ދިއުމަކީ މާބުރަ މަސައްކަތެއް ނުކޮށް ވެސް ލިބިދާނެ ފުރުސަތެކެވެ. ނަމަވެސް ފުރަތަމަ ޑޭޓަަށް ފަހު ދެވަނަ ޑޭޓަކަށް އެރީތި އަންހެން ކުއްޖާ އާއި އެކު ދެވޭނީ ފުރަތަމަ ޓެސްޓުން ފާސްވެގެންނެވެ.

ޑޭޓަކަށް ދަނީ ރެސްޓޯރެންޓަކަށް ކަމަށް ބަލަމާ ހިނގާށެވެ. މާލޭގެ އެންމެ އަގު ބޮޑު، އެންމެ ޚިދުމަތް ރަނގަޅު ރެސްޓޯރެންޓްގެ މޭޒެއް ކައިރީގައި ރީތި އަންހެން ކުއްޖަކާއި އެކު އިށީންދެވުމަކީ އަދި ހުރިހާ ކަމެއް އޮތީ ރަނގަޅަށް ކަމަށް ބުނެވޭނެ ސަބަބަކަށް ނުވެއެވެ. ފުރަތަމަ ޓެސްޓުން ފާސްވުމަށްޓަކައި ކުރިއަށް އޮތް ދެގަޑިއިރު އަންހެން ކުއްޖާ ފޫހި ނުވާނެ ފަދަ، އޭނާ ޝައުގުވެރި ކުރުވަނިވި ވާހަކަތައް ދެއްކުން މަޖުބޫރެވެ.

ސުވާލަކީ އަންހެން ކުއްޖާ ޝައުގުވެރި ވާނީ ކޮން ވާހަކަތަކަކަށް ހެއްޔެވެ؟

ތިއިނީ ވަރަށް ރީތި އަންހެން ކުއްޖަކާއި އެކު ފުރަތަމަ ޑޭޓްގައެވެ. ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމަ އާއި ރާއްޖޭގެ ކުއްލި ނުރައްކަލުގެ ހާލަތާއި، އީޔޫ ޕާލަމެންޓްގައި ބަހުސް ކުރަން ހަމަޖެހިފައިވާ ޤަރާރަށް އޭނާ ޝައުގުވެރިއެއް ނުވާނެއެވެ. އެހެންކަމުން އެފަދަ ވާހަކައެއް އޭނާ އާއި ނުދައްކާށެވެ.

އޭނާ ޝައުގުވެރި ވެދާނެ ބައެއް ވާހަކަތައް އަހަރެން ކިޔައި ދޭނަމެވެ.

މިއަދު ކަންތައްތައް ދިޔައީ ކިހިނެއް؟

މިއީ ވާހަކަ ފަށަން ރަނގަޅު ގޮތެެކެވެ. މިއަދު ދިޔައީ ކިހިނެއް ހެއްޔެވެ؟ އެއީ އިތުރު އެތައް ވާހަކަތަކެއް ދައްކަން ހުޅުވާލެވޭ ދޮރެކެވެ. "ދެން ރަނގަޅު" ކަމަށް އޭނާ ޖަވާބު ދީފިނަމަ އަނެއްކާ އެޖަވާބުން އިތުރު ސުވާލު އުފެއްދިދާނެއެވެ.

ހޮބީސް

ކައިރީގައި ތިބީ ކޮން ކަމަކަށް ޝައުގުވެރިވާ ކުއްޖެއްތޯ އޮޅުން ފިލުވުން އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެހެންކަމުން އެކަމާއި ބެހޭ ގޮތުން ސުވާލު ކުރާށެވެ. އަދި އެކުއްޖަކު ޝައުގުވެރިވާ ދާއިރާ އާއި ބެހޭ ގޮތުން އިތުރު ސުވާލު ކުރާށެވެ. މިއީ ތިބާ އަކީ ކިހައި ވަރަކަށް ދުނިޔެ އަށް ލޯ ހުޅުވިފައިވާ މީހެއްކަން ސާބިތު ކޮށްދިނުމަށް ވެސް ލިބޭ ފުރުސަތެކެވެ.

އާޓް، މިއުޒިކް، ފިލްމް އަދި ފޮތް

މިއީ ތަފާތު ގިނަ ވާހަކަތަކެއް ދެއްކިދާނެ މައުލޫއެކެވެ. އާާޓާއި، މިއުޒިކާއި ބަލާފައިވާ ފިލްމުތަކާއި ކިޔާފައިވާ ފޮތްތަކުގެ ވާހަކަ އޮޅުން ފިލުވާށެވެ. އެއީ ފޮތް ކިޔުމަށް ޝައުގުވެރިވާ ކުއްޖަކަށް ވެދާނެއެވެ. ތިބާ އަކީ ވެސް ފޮތް ކިޔުމަށް ޝައުގުވެރިވާ މީހެއް ނަމަ ތިއީ އިތުރު ވާހަކަތަކެއް އަނެއްކާވެސް ދެއްކޭނެ ދޮރެކެވެ.

ދަތުރު ކުރުން

މިއީ އަހަރެންގެ އަމިއްލަ ތަޖުރިބާގައި ވަރަށް ކާމިޔާބު މައުލޫއެކެވެ. ގިނަ އަންހެން ކުދިންނަކީ ވެސް ވަރަށް ގިނައިން ދަތުރު ކުރަން ބޭނުންވާ ކުދިންނެވެ. އެހެންކަމުން އަހަރެން ދަތުރުކޮށްފައިވާ ތަންތަނުގެ ވާހަކަތައް އޭނާ އަޑުއަހާނީ ވަރަށް ޝައުގުވެރި ވެގެން އިނދެއެވެ. ދެން އަހަރެން ދަތުރު ކުރަން ރާވާފައިވާ ތަނަކަށް ދަތުރުގެ ބައިވެރިއެއްގެ ގޮތުގައި ދިއުމުގެ ދައުވަތު އޭނާ އަށް ދީފިނަމަ އެއީ އިތުރު ޑޭޓަކަށް ދިއުމަށް ލިބޭނެ ފުރުސަތެކެވެ.

ކާއެއްޗެހީގެ ވާހަކަ

އަހަރެންނަކީ މާގިނައިން ކާ މީހެއް ނޫނެވެ. ނަމަވެސް ތަފާތު ރެސްޓޯރެންޓްތަކުން ތަފާތު ކެއުންތައް ތަޖުރިބާ ކުރުން އެއީ އަހަރެން ވަރަށް ގިނައިން ކުރާ ކަމެކެވެ. މިއީ އަންހެން ކުދިން ވަރަށް ޝައުގުވެރިވާ ކަމެކެވެ. ކެއުންތަކުގެ ވާހަކަތަކާއި ބުއިންތަކުގެ ވާހަކަތައް ދައްކާ އެކަންކަމާއި ބެހޭ ގޮތުން އޭނާގެ މަޝްވަރާ އާއި ޚިޔާލު ހޯދާލާށެވެ. މިއީ ވަރަށް ޝައުގުވެރި މައުލޫއަކަށް ވާނެއެވެ.

ގަޔާވާ އޭނާގެ ސިފަތައް ބުނެދޭތި

މިހާރު މިއޮތީ ނިމުމަކާއި ހަމައަށް އައިސްފައެވެ. ނަމަވެސް ނިންމާލުމުގެ ކުރިން އޭނާގެ ކިބައިން ތިބާ އަށް ފެނުނު ރަނގަޅު ކަންކަމުގެ ވާހަކަ ފާހަގަ ކުރާށެވެ. އޭނާގެ ސިފަ އާއި މީރުވަސް ދުވާ ސެންޓްގެ ވާހަކައިގެ އިތުރަށް އޭނާ ދެއްކި ވާހަކައިން ފާހަގަ ކުރެވުނު ރަނގަޅު ކަންކަން ކިޔައި ދޭށެވެ. އޭރުން ދެވަނަ ޑޭޓަކަށް ދިއުމުގެ ދައުވަތައް އޭނާ އިންތިޒާރު ކުރާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    ފޮނިކަނޑަން ދަންނަ މީހުންނަށް ތިއީ އެއްވެސް ކަމެއްނޫން!

  2. މޯދީ

    ރާއްޖޭގަ އުޅޭ އަންހެން ކުދިން ކޮންމެ ރެއަކު ދާނެ ޑޭޓަކަށް. އެއީ ކޮންމެ ރެއެއްގެ ކޮއްތު. ކާއި ލެވުނީމަ ނިމުނީ. އަނެއް ދުވަހު ދުވާލު އެއްކޮށް ސެޓުކުރާނީ އެރޭ
    ކާން ދޭނެ މީހަކު. އަބަދުވެސް ފުރަތަމަ ޑޭޓް އަންހެން
    ކުއްޖާ ދޭގޮތަށް ހަދާ. ދެވަނަ އެތި ފިރިހެން ކުއްޖާ

  3. ޝަލް

    އަންހެނުންނަކީ ވަރައް ހެއްލުންތެރިބަޔެއް ކަމައްތަ ކަލޭމެން ހީކުރަނީ ތިޔަ ޒާތުގެ ވާހަކައިން ހައްދާލެވިދާނެކަހަލަ.

  4. ޙެހެ

    ކައްކަން އެގޭ ހޭ އެއްވެސް ނާހާނެ... ކާ އެއްޗެހިވާ ހަކަ ދައްކާއިރު....

  5. ޝަމްބަން

    އަންހެނުން އެންމެ ޝައުގުވެރިކަމާއިއެކު އަޑުއަހާނީ ފައިސާގެ ބަންޑެލިތައް ފެންނަހިސާބުގައި ތިޖޫރީގެ ދޮރުހުޅުވައިގެނަ އިނދެ ދައްކާ ވާހަކަތައް.. އަޅެ ޓުރައި ކޮއްލަބަލަ.. ފޭކު ލާރިތަކެއް ދުރުން ފެންނަ ހިސާބުގަ ބަހައްޓާލިޔަސް ހަމަ ވޯކް ކުރާނެ.

  6. އައްކި

    އައްޗި. މަށެއް ނުގުޑާނެ ޑޭޓްތަކަކަށް ލާރިއަކަށް. ޢެހާ ޗީޕެއްނުވާނެ. ބޭނުމިއްޔާ ފުރިހަމަ އިއްޒަތުގަބައިންދާ ނޫނީ ގައިގަ އަތްވެސް ޖައްސާލުމުގެ ހުއްދައެއް ނޯންނާނެ. ކުޑައިރު ނުވިސްނޭއިރު މިކަހަލަ އެއްޗެހި ފޮލޯކޮށް ބޯލެނބިއަސް މީ 2019. މިއުޒީކް، ފިލްމު އަދި ދީނާ ނުގުޅޭ އާޓް، ފޮތް ފަދަ ތަކެއްޗަކީ އިންސާނާގެ ދެދުނިޔޭގެ ހަލާކުލަން ފާހަގަކޮށްލަން. ހުސް ބޭކާރު ކަންކަން ވަގުތު ދުއްވާނެ.

  7. އަލްޖިބްރާ

    ބޭންކް ބެލެންސް ރަގަޅު ފިރިހެނަކަށް ވެއްޖެނަމަ އަންހެނުންގެ ޝައުޤު ވެރިކަމެއް ނުގެއްލޭނެ !

    • ނުޒޫ

      ފިރިހެނުން ރީތީ ރުފިޔާ ހުރީމަ، 🙂

  8. Anonymous

    ތިއީ ހުސް ހޮޅިވާހަކަ،