ގެންގުޅޭ އަގުބޮޑެތި މުދާ ވަގަށް ނެގުމަކީ އެއްވެސް މީހަކު ބޭނުންވާނޭ ކަމެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން އަތުން އެތައް ޚަރަދެއް ގޮސް، އެތައް ގެއްލުމެއް ވާނޭ ކަމެކެވެ. އަދި އެއީ ނަފްސާނީ ގޮތުންވެސް މީހުންނަށް އަސަރު ކުރާނޭ ކަމެއްކަން ޔަޤީނެވެ.

އެހެންނަމަވެސް، މި އަންހެން މީހާއަށް މި އަންހެން މީހާގެ ކާރު ވަގަށް ނެގުންވީ އެކަމުގެ ސަބަބުން ގެއްލުމަށްވުރެ ބޮޑަށް ފައިދާ ލިބުނު ކަމަކަށެވެ. އަތުން ދާނެކަން އެނގޭ ބޮޑު ޚަރަދެއް އަތުން ނުގޮސް، ސަލާމަތްވި ކަމަކަށެވެ.

މި މަހުގެ ނުވަވަނަ ދުވަހު އަންހެނަކުވަނީ އޭނާގެ ކާރު ވަގަށް ނަގައިގެން ފުލުހުންނަށް އަންގާފައެވެ. ކެނެޑާގެ ސިޓީއެއްގައި މިކަން ހިނގާފައިވާއިރު، އެމީހާ ފުލުހަށް އަންގާފައިވަނީ ކާރު ވަގަށް ނެގީ ޕާކު ކުރާ ސަރަޙައްދުގައި އޮއްވާކަމަށެވެ. އަދި، ކާރު ޕާކު ކޮށްފައި ބޭއްވީ އެވައްތަރުގެ އެހެން ކާރެއްގެ ކައިރީކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް، މިކަންވީ ބޮޑު ވައްކަމަކަށްވެސް ނޫނެވެ. އަދި މިކަންވީ ގެއްލުންހުރި ކަމަކަށްވެސް ނޫނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މިކަން އަސްލު ހިނގި ގޮތަކީ، އެތަނުގައި ބާއްވާފައި އޮތް އެވައްތަރުގެ އަނެއް ކާރުގެ ވެރިޔާއަށް އޮޅުމަކުން، އެ އަންހެން މީހާގެ ކާރަށް އަރައިގެން ދެވުނީއެވެ.

ކާރަށް އަރައިގެން ދިޔަ މީހާއަށް، އެއީ އެމީހާގެ ކާރު ނޫންކަން ވިސްނުނު ހިސާބުންވަނީ އެކާރު، އޭގެ ޙައްޤުވެރިޔާއަށް ގެނެސްދީފައެވެ. މިކަން ފައިދާ ހުރި ކަމަކަށްވީ، ގެނައިއިރު ޓޭންކު ފުރެންދެން ޕެޓްރޯލް އަޅާފައިވުމެވެ. އެކަމުގެ ސަބަބުން އަތުން ޚަރަދުތަކެއް ސަލާމަތްވީއެވެ.

ކެނެޑާގެ ފުލުހުން ބުނެފައިވާ ގޮތުގައި މިއީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފުލައްބަރޭ

    މިދެން ޙަބަރެއްތަ!!ރަނގަޅު އޮއްޓަރު ހުރިލިޔުންތަށް އަޕްލޯޑް ކޮއްބަލަ!!!

  2. ލަބީބު

    ކެނަޑާއަކީ ޣައިރުމުސްލިމު 96 ޕަސެންޓް އޮތް ތަނެއްނަމަވެސް ދުނިޔޭގައި އެންމެ އަޚްލާޤުރަގަޅުމީހުން ތިބި ޤަވްމެވެ. އެކަކު އަނެކަކަށް އެހީތެރިވުމާ ، މުސްކުޅިންނަށް ކަމޭހިތުމާ ، ވެރިންނަށް ކިޔަމަންވުމާ ، ޤަވާޢިދުތަކަށާ ޤާނޫނުތަކަށް ބޯލެބުމާ އޯގަތެރިކަމުގައި ކެނެޑާއަކީ ވަރަށް އަރާހުރި ޤަވްމެކެވެ. ކެނަޑާއަށް ގޮސް އެތަނުގެ 11 ސިޓީއަކަށް ދަތުރުކޮށް 29 ދުވަހު މަޑުކޮށްލުމުން އެތަނުގެ ގޮތް އެގިއްޖެއެވެ.