އާދަޔާޚިލާފު، ވެނެއްފަދަ އެއްޗެއް އެމެރިކާގައި މަސައްކަތް ކުރަމުން އަންނަ ސައިންސްވެރިންތަކެއް ހޯދައިފިއެވެ. މި ގޮތް ނޭނގޭ އަދި ބައެއް ފަރާތްތަކުގެ މެދުގައި ބިރުވެރިކަން އުފެދިފައިވާ ޖަނަވާރު ފެނިފައިވަނީ އެމެރިކާގެ ފްލޮރިޑާގެ ކިސަޑު ފެންގަނޑެއްގެ ތެރެއިންނެވެ.

"ނޭޝަނަލް ޖޯގްރަފިކް" އިން ބުނެފައިވާ ގޮތުގައި މިފަދަ އެއްޗެއް ފެންނަމުންދާކަމުގެ ޝަކުވާ އެސަރަޙައްދުގައި އުޅޭ އާއްމުން ކުރަމުންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ. ލެޕަޑް އެއްގެ ހަށިގަނޑުގައި ހުންނަ ބައްޓަންތަކާ އެއްގޮތް ބައްޓަންތަކެއް ހުންނަ، ވެނަކާ ވައްތަރު މި ޖަނަވާރަކީ ސަލަމަންޑާ އާއިލާގެ އެއްޗެއްކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

ނޭޝަނަލް ޖޯގްރަފިކް އިން އިތުރަށް ބުނެފައިވާ ގޮތުގައި މީގެކުރިން 2009 ވަނަ އަހަރުގެ ތެރޭގައިވެސް މިފަދަ އެއްޗެއް ފެނިފައިވެއެވެ. އެހެންނަމަވެސް، އޭރު އާއްމުންގެ މާ ގިނަ ބަޔަކަށް އެކަން ފާހަގަ ކުރެވޭކަމަކަށް ނުވެއެވެ.

ސައިންސްވެރިން ބުނެފައިވާ ގޮތުގައި މި ބާވަތުގެ ދިރުންތަކަކީ އެތަކެއްޗާމެދު ވަރަށް ބޮޑަށް ސުވާލު އުފެދުފައިވާ ތަކެއްޗެވެ. އެއީ ފެންގަނޑުތަކުގެ ވަރަށް އަޑީގައި އުޅެމުންދާ އެއްޗެހިކަމުން، އެއެއްޗެހީގެ މާ ބޮޑެތި މައުލޫމާތުތައް ސައިންސްވެރިންނަށްވެސް އަދި ހޯދިފައި ނުވާކަމަށް އެފަރާތްތަކުން ބުނެއެވެ.

މިއީ ނުރައްކާތެރި އެއްޗެއްކަމެއް ނުވަތަ ނޫންކަމެއްވެސް ސައިންސްވެރިން ހާމަކޮށްފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ؟؟؟؟

    ބިން ހެލުން އަންނަން ެުޅޭކަމުގެ އިޝާރާތެއް.

  2. ކަލޯ ހުސޭން

    ތިއީ ފެންގަނޑުގަ އުޅޭ ހޯނެއް