މިދުވަސްކޮޅަކީ އިނގިރޭސިވިލާތުގެ މީޑިއާ އިން އަނެއްކާ ވެސް ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކެލް އާއި ބެހޭ ގޮތުން ތަފާތު ވާހަކަތައް ދައްކަމުން އަންނަ ދުވަސްވަރެކެވެ. އިއްޔެ އިނގިރޭސިވިލާތުގެ އެކި ނޫސްތަކުން ބުނެފައިވާ ގޮތުގައި މައްސަލަތައް ހައްލު ކުރަން ރާނީ އެލިޒަބަތުގެ ޚިޔާލު ވެސް މޭގަން ގަބޫލެއް ނުކުރެއެވެ.

ހާއްސަކޮށް މޭގަންގެ ބައްޕަ ތޯމަސް މާކެލް މޭގަން އާއި ބެހޭ ގޮތުން ދައްކަމުން ގެންދާ ވާހަކަތަކާއި ބެހޭ ގޮތުން މަޝްވަރާކޮށް މައްސަލަ ހައްލު ކުރަން ރާނީ ދިން ޚިޔާލު މޭގަން ގަބޫލު ނުކުރި ކަމަށް މައުލޫމާތު އެނގޭ މީހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ބައްޕަ އާއި ވާހަކަދައްކަން ރާނީ އެލިޒަބަތު މޭގަން ކައިރީ ބުނި ނަމަވެސް މޭގަން ވަނީ ބައްޕަ އާއި ވާހަކަ ދައްކަން ދެކޮޅު ހަދާފައި ކަމަށް ވެއެވެ.

މިކަމާއި ގުޅިގެން ޝާހީ އާއިލާ އިން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ.

މޭގަން އާއި އަދި ޝާހީ އާއިލާ އާއި ބެހޭ ގޮތުން ވެސް ތޯމަސް މީގެ ކުރިން ވަނީ ގިނަ ވާހަކަތަކެއް ދައްކާފައެވެ. ނަމަވެސް މިހާރު އޭނާ އެފަދަ ވާހަކައެއް ނުދައްކާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ޕްރިންސް ހެރީ އާއި މޭގަން މާކެލްގެ ގުޅުމަކީ އިނގިރޭސިވިލާތުގެ މީޑިއާތަކަށް ރުހެވޭ ގުޅުމަކަށް ނުވާ ކަމުގައި އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އެއީ ސަބަބުތަކެއް ވެސް ހުރުމުންނެވެ. މޭގަން އާއި ބެހޭ ގޮތުން އިނގިރޭސިވިލާތުގެ މީޑިއާ އިން ސާބިތުނުހިފޭ ވާހަކަތައް މާގިނައިން ދައްކަނީ ކަމަށް މޭގަންގެ ސަޕޯޓަރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަނެކަކު

    ތިޔައީ ގޯސް. އަހަރެމެން މިއީ ކުޑަކުޑަ ޖުމްހޫރިއްޔާއެއްގެ ކުޑަކުޑަ އާއިލާއެއްގެ ރާނީން އެކަމަކު އަހަރެމެންނަށް އަހަރެމެންގެ ފިރިން އޮބިއަޅުވާފަ އެމީހުންގެ މަންމައަށް ވުރެ އެއްވެސް އަންހެނަކު ކުރިއަށް ނުނެރޭނެ ކަން ދައްކާ. އިގިރޭސިވިލާތުގަވެސް އޮންނާނީ މިސިސްޓަމް ކަންވެ ނިމޭއިރު... ބަލަން ތިބެއްޗޭ... ޔަންގް ނެވާ އޯވަޓޭކްސް އެލްޑަ... ދޭއާރ އޮންލީ ގިވެން ކޮމްޕެންސެޓަރީ ލަވް ޓު ހައިޑް ދިސް ފެކްޓް...

  2. ޢއ

    ރަނގަޅުވާހަކަޔެއް. ތިޔާ މީހާ ބޭރުކޮށްފަ ރަސްކަން ނިމުމަކަށް ގެނެސް ޑިމޮކްރަސީ ތިޔަ ގައުމަށް ނުގެނެސް އަހަރުމެނަށް ހަޅޭނުލަވާށޭ ބުނެ މުސްކުޅި އަހާ ކައިރީ