އިންޓަނެޓުގައި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ މޮޑެލުން އަދި ވިޔަފާރިވެރިންކަމުގައިވާ ކައިލީ ޖެނާ، ކިމް ކާޑޭޝިއަން، ކްލޯއީ ކާޑޭޝިއަން އަދި ކޯޓްނީ ކާޑޭޝިއަން އިންޓަނެޓާ ދުރަށް ދިއުމަށް ނިންމައިފިއެވެ.

ސެލެބްރިޓީންގެ ޚަބަރުތައް ގެނެސްދޭ ބައިނަލްއަޤުވާމީ ނޫސްތަކުން ބުނެފައިވާ ގޮތުގައި، މި ތަރިންގެ އެޕްލިކޭޝަންތަކާއި އެމީހުންގެ ވެބްސައިޓުތައް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. މި ގޮތަށް ކަންތައް ކުރާނީ އަންނަ އަހަރުގެ ތެރޭގައިކަމަށްވެސް ބުނެފައިވެއެވެ.

މި ހުރިހާ ތަރިން ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމީހުންގެ އަމިއްލަ އެޕްލިކޭޝަން ތަކާއި އެމީހުން އަމިއްލަ ވެބްސައިޓުތައް ހިންގުމަކީ އެމީހުން ވަރަށް އުފަލާއެކު ކުރަމުން އައި ކަމެކެވެ. އަދި އެކަމުގެ ސަބަބުން އެތައް ބަޔަކާ ގުޅުން ބަދަހިވެގެން ދިޔަކަމަށްވެސް ބުނެފައިވެއެވެ. އަދި، މިއީ ވަރަށް އުނދަގޫ ނިންމުމެއްކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް، އެ ތަރިން މީސް މީޑިޔާގެ އެކި ޕްލެޓްފޯމްތަކާ ދުރަށް ދާ ވާހަކަ ހާމަކޮށްފައި ނުވެއެވެ. އަދި އަމިއްލަ އެޕްލިކޭޝަންތައް ހުއްޓާލިކަމުގައިވިޔަސް، އެފަދަ ފިޔަވަޅެއް އަޅާނެކަމަށް އެއްވެސް މިންވަރަކަށް ނުބެލެވެއެވެ.

"ސީއެންއެން" އިން ބުނެފައިވާ ގޮތުގައި އެތައް ފަރާތްތަކަކުން ދިޔައީ މި އެޕްލިކޭޝަންތައް ބޭނުން ކުރަމުންނެވެ. އަދި އެޕްތައް ބޭނުން ކުރުމަށްޓަކައި މީހެއްގެ އަތުން ގާތްގަނޑަކަށް ތިން ޑޮލަރުގެ އަގެއް ނަގަމުން ދިޔައެވެ. އެހެންކަމުން، މިކަމުގެ ސަބަބުން މި ތަރިންނަށް އެތައް ފައިސާއެއް ދިޔައީ ލިބެމުންނެވެ.