ކުރިއަށް އޮތް 100 މިލިއަން އަހަރު ތެރޭގައި ދުނިޔެ ހިމެނޭ ‘ސޯލާ ސިސްޓަމް’(ސޫރުދަ ނިޒާމް) ގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ‘ޕްލެނެޓް’ (ގުރަހަ) ކަމަށްވާ ސެޓާންގެ ރިންގް ނެތި ހިނގައިދާނެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.
ސައިންސްވެރިން ކުރިން ގަބޫލުކުރި ގޮތުން ނަމަ ސެޓާންގެ ރިންގްތަކުގެ އުމުރު އުޅޭނީ އެތައް ބިލިއަން އަހަރެއްގަ އެވެ. ނަމަވެސް ނާސާގެ ކެސިނީ ޖައްވީ އުޅަނދުން މި ފަހުން ފޮނުވި މައުލޫމާތުތައް ގޮސް ޖެހެނީ އެއަށް ވުރެ މާ ހަގު އުމުރެއްގަ އެވެ؛ 100 މިލިއަން އަހަރެވެ.
އަހަރެމެންގެ ސޯލާ ސިސްޓަމްގެ އުމުރަށް ބަލާއިރު 100 މިލިއަން އަހަރަކީ ވަރަށް ކުރު މުއްދަތެކެވެ. އެހެން ކަމުން ސައިންސްވެރިން ކުރިން ހީކުރިގޮތާއި ހިލާފަތް ސެޓާންގެ ރިންގުތަށް ވަރަށް ކައިރި މުސްތަގުބަލެއްގައި ނެތި ހިގައިދާނެއެވެ.
ސެޓާންގެ ރިންގްތައް އުފެދިފައި ވަނީ ޖައްވީ ހިލަ އާއި ގަނޑުފެނާއި ހިރަފުހުގެ ކުނިބުނިންނެވެ. މިދިޔަ އެޕްރީލް މަހުން ފެށިގެން ސެޓާން އާއި ރިންގްތަކުގެ ދެމެދަށް ކޮންމެ ހަ ދުވަހަކުން ވަދެ ބުރެއް ޖަހަމުން އަންނަ ކެސިނީގެ އެއް މަސައްކަތަކަށް ވީ ރިންގްތަކުގައި ހިމެނޭ އެ ބައިތަކުގެ ކުޑަބޮޑުމިން ބެލުމެވެ.
ސޯލާ ސިސްޓަމްގެ އެންމެ ދުރުގައި ހިމެނޭ އެއް ޕްލެނެޓް ކަމަށްވާ ސެޓާންގެ ދިރާސާތަކަށް ނާސާ އިން 3.2 ބިލިއަން ޑޮލަރުގެ ކެސިނީ އުދުއްސާލީ މީގެ 20 އަހަރު ކުރިން 1997 ގަ އެވެ. ސެޓާންއާ ހަމައަށް އެއަށް ދެވުނީ ހަ އަހަރު ފަހުންނެވެ.
ތިވާހަކަ އޮންނާނެ މީގެ ދެހާސް އަހަރު ކުރީގައި އަހަރެމެންނަށް އެނގި ބާވެފަ
ބަލަ މީގެދެހާސް އަހަރު ކުރިން އަންގަވާފަ އޮތް އެއްޗަކީވެސް ހަގީގަތެއްކަން އެނގެނީ ސައިންސް ވެރިން ބަލާހޯދީމައޭ.
ބަޔަކު ކަމެއް ހޯދާ އިރަށް ކުރެޑިޓް ނަގަން ތައްޔާރަށް ތިބޭނީ. ހަރާން އެނގޭ އެއްކަމެއް
ހުރިހާ އިލްމެއްވެސް ފެށިފައި ހުރީ ޔޫރަޕް މީޙުން ވަގަށް ނެގި މުސްލިމުންގެ ފޮތްތަކުން.
ތިހެންވީ އިރު މުސްލިމުން އެ އިލްމު ހޯދީ ކިހިނެއް؟
ތި ނެތި ދިޔަޔަސް އަހަރުމެނާކާވާ ކޮން ކަމެއް.
ޤަމާރު ސައިންސިސްޓުން ދައްކާނެ ވާހަކަ ހުސްވީދޯ!؟ހެހޭ
ތިކަން ވޭތޯ ޗެކު ކުރެވޭކަށްވެސް ނެތް. 100 މިލިޔަން އަހަރު ވިއްޔަ.