ސޮނީ އެންޓަޓެއިންމަންޓް ޓެލެވިޝަން އިން މިއަހަރުގެ ޖުލައި 7 ގައި ދައްކަން ފެށި އިންޑިޔަން އައިޑަލް ސީޒަން 10 ސަލްމާން އަލީ ކާމިޔާބުކޮށްފިއެވެ.

އިންޑިއަން އައިޑަލްގެ 1 ވަނަ، ސަލްމާން އަލީ ކާމިޔާބު ކޮށްފައިވާ އިރު އޭނާއަށް ވަނީ މުބާރާތުގެ ރަންތަށީގެ އިތުރުން، 25 ލައްކަ އިންޑިއަން ރުޕީސްގެ ފައިސާގެ އިނާމާއި، ޑަޓްސުން ގޯ ކާރެއް ލިބިފައެވެ. ޝޯގެ ދެވަނަ ލިބިފައި ވަނީ އަންކުޝް ބަރަދްވާޖް އަށެވެ. އަދި 3 ވަނަ ލިބިފައިވަނީ ނިލާންޖަނާ ރެއި އަށެވެ. މިދެ ބައިވެރިންނަށް ވެސް ވަނީ 5 ލައްކަ ރުޕީސްގެ ފައިސާގެ އިނާމު ލިބިފައެވެ. މީގެއިތުރުން ފައިނަލަށް ދިޔަ ފަސް ބައިވެރިންގެ ތެރޭގައ ހިމެނޭ ދެބައިވެރިން ކަމަށްވާ ވިބޯރް ޕަރާޝަރް އަދި ނިތިން ކުމާރް އަށް ވަނީ 3 ލައްކައިގެ ފައިސާގެ އިނާމު ލިބިފައެ

50 އެޕިސޯޑަށް ދެމިގެން ދިޔަ މި ސީޒަންގެ އެޕިސޯޑްތައް ދިވެހިންގެ ތެރޭގައިވެސްވަނީ މަޤްބޫލުވެގެން ގޮސްފައެވެ. މިސީޒަންގައި ޖަޖުންގެ ގޮތުގައި ބައިވެރިވެފައިވަނީ ވިޝާލް ދަޑްލާނީ، ނޭހާ ކައްކަރް އަދި ޖާވިދް އަލީއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަންނަ

    މަރުހަބާ ސަލްމާން

  2. އަޙްމަދު

    ދިވެހި އައިޑަލްގެ ޖަޖުން މީތި ބަލާލުން ރަނގަޅުވާނެ. އެއްޗެއް ދަސްވާނެ އޭރުން!