ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ފޯނު، އޭނާ ދަތުރުކުރަމުން ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގެ ފާހަނަ ތަށިތެރެއަށް ވެއްޓިއްޖެއެވެ.

ރޮޒެއިނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ފޯނު ފާހަނަ ތައްޓަށް ވެއްޓުނީ މާލެ އިން ތިމަރަފުއްޓަށް ކުރި ދަތުރުގައި ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ ފޯނު ވެއްޓުނުކަން ބޯޓުގެ ކުރޫއިންނަށް އެންގުމުން ކުރޫއިން ބުނީ ފޯނު ނެގޭނީ ތިމަރަފުއްޓަށް ފަހު ދާން އޮތް ކައްދޫއަށް ފްލައިޓް ޖެއްސުމަށް ފަހު އަނބުރާ މާލެ ދިޔުމުން ކަމަށެވެ.

"ފޯނު އޮތީ ޖީބުގައި ފޯނު ފާހަނަ ތައްޓަށް ވެއްޓުނީ ފާހަނަ ތަށިމަތިން ތެދުވި ގަޑީގައި. ފޯނު ވެއްޓުނުކަން ބޯޓުގެ ކުރޫއިންނަށް އެންގުމުން ކުރޫއިން ބުނީ ފޯނު ނެގޭނީ ތިމަރަފުއްޓަށް ފަހު ދާން އޮތް ކައްދޫއަށް ފްލައިޓް ޖެއްސުމަށް ފަހު އަނބުރާ މާލެ ދިޔުމުން ކަމަށް" ރޮޒޭނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ ފޯނު ފާހާނަތަށްޓަށް ވެއްޓުމުން ވަރަށް ދެރަވި ކަމަށާއި ފޯނު އެހާ ބޭނުންވެގެން އުޅުނީ އޭގައި ދަރިންނާއި ސްކޫލް އިވެންޓްތަކުގެ ފޮޓޯތައް ވެސް ހުރުމުން ކަމަށާއި ނަމަވެސް ތ.އަތޮޅަށް ކުރަން އޮތް ދަތުރު ނިމެންދެން ކަނޑޫދޫގެ އުމަރު ކިޔާ މީހަކު އޭނާ އަށް އިތުރު ފޯނެއް ދިން ކަމަށެވެ.

"އަޅުގަނޑުގެ ތ.އަތޮޅުގެ ދަތުރު ނިމެންދެން އަޅުގަނޑު ބޭނުން ކުރަން ކަނޑޫދޫ އުމަރު އިތުރު ފޯނެއް ދިނީތީ ސުކުރުވެރިވަން އަދި އުރީދޫ އަށް އަޅުގަނޑުގެ ނަންބަރު ހިމެނޭ ސިމް ކާޑް ދެއްވި ކަމަށްޓަކައި އުރީދޫ އަށް ޝުކުރު ދަންނަވަން" ރޮޒެއިނާގެ ޕޯސްޓްގައިވެއެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ އޭނާ އަށް ދިމާވި މި ހާދިސާ އަށް ފަހު ރައްޓެހިންގެ ކިބައިން އެދެން ބޭނުންވަނީ ފާހަނާއަށް ފޯނު ނުގެންދިޔުމަށް ކަމަށެވެ.

"އަޅުގަނޑު ފޯނު އެހާ ބޭނުންވެގެން އުޅުނީ އޭގައި ހުރި ދަރިންނާއި ސްކޫލް އިވެންޓްތަކުގެ ފޮޓޯތައް ވެސް ހުރުމުން ފޯނުގައި 29000 ފޮޓޯ ހުންނާނެ, ފޯނުގައި ހުރި ފޮޓޯތަކުގެ ބެކްއަޕް ވެސް ހެދިފައި ނެތް" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވަނީ ފޯނު އަނބުރާ ރައްދުކޮށް ދިނުމުން މޯލްޑިވިއަން އަށާއި ފްލައިޓުގެ ކްރޫއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

58 ކޮމެންޓް

  1. ރޯޒް

    ދަސްކޮއްބަލަ ކްލައުޑަށް އެއްޗެހި ސޭވް ކުރަން.

  2. ޢައިޝާ

    ????????????????

  3. ހާހާޙާ

    ނަސީބެއްނު ވެއްޓުއްކަން

  4. ފަހާނަާ ރޮޒޭ

    ފާހާނާ އަށް ވަދެ ސެލްފީ ނަގަން އުޅެއްޏާ ވާނީ ތިހެން

  5. ޚަބަރު

    ރޮޒޭނާގެ ފާޚާނާތަށި ފޯނެއްގެތެރެއަށްވެއްޓިއްޖެ.......!

  6. ސަލާމް

    ހެހެ ހެހެ ފާކާނަ މައްޗަށް ކިހިނެ އަރާ އިދެފަ ތި ތެދު ވީ. ހަރުވާލަ ތިރި ކޮށްފަ މައްޗަށް ނެގި ގަޑިގަތަ ވެއްޓުނީ.. ފާޚާނާތަށި މަތީގައި އިދެފަ ތެދޔވި ގަޑީގައި ވެއްތޭނީ ވަރަށް ފާޑަކަށް އިދެފައި ތެދު ވީމައި

    • Anonymous

      ?????

  7. މިއަދު

    ވަގުކަން ހަމަބޮޑީދޯ މީހަކަށް ފެނިދާނެތީ ފޯނުރައްކާކުރަން ފޯނުލަފައިއެއޮތީ ....ބޭލީމަ ވެއްޓޭހިސާބަށް ދެންހަމަވެއްޓޭނީ ފޯނު ހެހެހޭ

  8. ޢައިބާ

    ތޮޒައިނާ ޖުރުމާނާ ކުރަންފެނޭ ، ތިވީގޮތުން ފޯނުތާށިވެ މީހުންނަށް ފާޚާބޭނުންކުރަން ދަތިވި ،

  9. އީސީ ސަރީފޫ

    ރޮޒޭނާ ގެ ލުޢަވީ މާނައަކީ ފޯނު ގެންގުޅޭ އަންހެންމީހާ.. މަޖިލީސްތެރޭވެސް، ފާހަނަތެރޭވެސް ފޯނާކުޅެލަކުޅެލަ..

  10. މީހާ

    ކޮންތަނެއް ފޮޓޯ ނަގަން އީ އުޅުނީ. ދޮގުނުހަދާ.

  11. އެމް ޑީޕީ

    ތިޔަ އަންހެނާ ތައްޓަށް ނުދިޔަކަން ހަމަ ނަސީބު!

  12. ކައުންސެލަރު

    އަނެއްކާ ޖަރީ މާ އެއް ހިންގާލަން އުޅުނީތަ؟ ހިންގާލީތަ؟

  13. ޙާޖީ ތުއްތު ދީދީ

    ތިކަނބުލޭގެ އަތުގައި ހަމް ހޭންޑް ބޭގެއްވެސް ނެތީތަ؟ ތިފޯނުގައި ހުންނާނެ ލައްކަ ޖަރީމާތަކުގެ ވާހަކަވެސް!

  14. އެމްޑީޕީ

    ނަސީބެއްނުން ރޮޒޭ ތަށީގަ ތާށިނުވިކަން ތިކަމުންވެސް އިބުރަތެއްހާސިލްކޮށްބަލަ ރޮޒޭ

  15. އައްލާބެއްޔާ

    އައްޗީޑި! ގުއިފުންޏަށް ދޯ ވެއްޓުނީ!

  16. ބޯ ހަލާކު

    މި ވެސް ޙަބަރެއްތަ؟ އަހަރެމެނަށް ކީއްތަ ރޮޒަައިނާ ފާޙާނާ ކުރިއްޔާ ނުކުރިއްޔާ، ފޯނު ކީއްކުރަން، އޭނާ އެތަށި ތެރަށް ވެއްޓުނަސް ޖެހޭތަ ފަލަ ސުރުޙީގެ ޙަބަރަކަށް ވާން؟

  17. ހަލްސީނު މޫސާއިދީ

    މިވެސް ދެނަ ޚަބަރެއްތަ؟ ދުވާލަކު ކިތައް މީހުންގެ ފޯނު ފާޚާނާ އަށާއި ވަޅަށާއި މޫދަށް ވެއްޓޭތަ؟

  18. ކޮކަޓޫ

    ތީ ޔާމީންގެ މައްސަލައެއް. ވެރިކަމުން ފޭބިއިރުވެސް ފްލައިޓްގެ ފާޚާނައަށް ފޯން ނުވެއްޓޭ ގޮތް އޭނާއަށް ނުހެދުނު.

    • ނޫސްކިޔާމީހާ

      ރޮޒޭ ހީކުރީ ޔާމީން ފާޚާނާ ތަށިތެރޭ އޫޅޭކަމަށް އަވަހަށް އުޅުނީ ފޮޓޯނަގަން ހީީހީހީ ހަލާކު ހައްހައްހާ

  19. ރާއްޖެތެރޭ މީހާ

    ފްލައިޓްގެ ފާޚާނާ ތަށީގަ ފެން ހުރޭތަ؟

  20. ރޮކް1

    މަހީކުރީ ރޮޒޭ ފާހާނާ ތެރެއަށް ވެއްޓުނީކަމަށް....

  21. ޙ

    އަހަން ބުނާނީ ފާހާނަ ކޮށްގެން ފުލައިިޓަށް އަރާށޭ،.. ބޮއެ ހަލާކު،...

  22. މާމިގިލީ މީހާ

    ފާޑު ފާޑުގެ އެއްޗެހި ފާހާނައަށް ވަދެ ބަލަންޏާ ވަނީ ތިހެން..

  23. ނަޒީ

    އަހުރެނަށްހެޔޮ އޭތި ވެއްޓުނަސް!!!!

  24. އައްޑޫމީހެއް

    އަލްހަމްދުލިއްލާހި

  25. ލަލަލާ

    ދިރާގު ރޮޒަނާ އަށް ފޯނެއް ހަދިޔާކުރަން ނުވޭތަ؟

  26. އިންސާފް

    ތިކަހަލު މީހުންވެސް ބިލޮންގު ވަނީ ފާހާނާގެ ފެނުތެރެގަ؟؟؟

  27. ބަދޫރާ

    މިކަހަލަ މީހުންނާ ހެދި ފާހާނާ ހޮޅިތައް ބެދެނީ....

  28. ހަފޫ

    ????

  29. ކުރޫ

    ހާދަ ރީތި ވާހަކައެއް

  30. އަޅުގަނޑު މަޅުގަނޑު

    މިއީ ދެން ހަމަ އެހާ މުހިންމު ޙަބަރެއްތަ

  31. ކަރާ

    ރޮޒް ހާދަ ދެަރައޭ ތިވީގޮތް. ވަރަށް ދެރަވެއްޖައިން. މަވެސް ރޮޒްއަށް ފޯނެއްދީފާނަން. ވ.ރީތި ރޮޒް

  32. ޝަމް

    ބެކަޕް ގެ ޒަމާން ފޯނުގެ އެކައުންޓުގެ ޕާސްވޯޑް އެގެނިކޮށް ނިމުނީ. މިސާލަކަށް އައިއެ އެކައުންޓް، އެމް އައި އެކައުންޓް، ޖީމެއިލް etc

  33. ރަދުން

    ތިޔަ ފޯނުގަ ހުންނާނެ އަންނި ޗޯބެ އެބުނާ އަނެއްދިވެހިރާއްޖޭގެ އަސްލު ފުލޭން.. ހުޅަގުގެ ބިކިނީ ފުލޭން.. ކެޑިފަ ތީ ބޭ މީހުންގެ ޕުލޭން.. ހޮޑާދޫ ގެ މާސްޓަ ޕުލޭންވެސް.. ކޮންމެސް ތިފޯނުން ނަޖިސް ސާފުކޮށްފަ ނަގަންވާނެ.. އަޅެފަހެ ކޮންތަނެއް ފޮޓޯނަގަން ތަ ފާހާނަ ގަ... ހަހަހަހަހަ ރާކަނިމަސް ކެވިފަ ހުންނާނީ

  34. ފެންނަގޮތް

    އޭނަގެ ފޯނު އޮންނަނީ ޖަނގިޔާ ތެރޭގަތަ

    • Anonymous
    • Thanks

      ?????????

  35. ާަަެއެނޮނިމަސް

    ނަޒްމީ އަލީ ކިޔާ އިންޖިނިޔަރު ކުއްޖެ ނަގައި ދިނީ ފޯން.

  36. ރޮޒޭ

    ޓެރެރިސްޓެއް.، ގޮއްވާލަން... މަސަތްކަތް ކޮށްފަ ތި ހުރީ.، ފުލުހުން ތަހުގީގަށް ގޮވާލަން.،

  37. ނުރަބޯ

    ކަނޑޫދޫ އުމަރާ މަ ވަރަށް ޖޭ ވެއްޖެ އިނގޭ ކަލެއާ.

  38. ފުއާދު

    ނަސީބެއް ރޮޒައިނާ ފާހާނާ ތައްޓައް ނުވެއްޓުން ކަން

  39. އަސްތާ

    ގުއިވަޅުން ފޯނު ނެގިއްޔޭ! ގުއިވަޅު ރޮޒޭނާ

  40. ހާލިދު

    ފޫކޮޅު ފޮޓޯ ނަގަން ދޯ އުޅުނީ

    • ސަޓޯ

      ޔަގީން.. އަންނިއަށް ފޮނުވަން... ޢައްޗީ

  41. ޭެެަާަައެމީހާ

    ހަބަރަކަށް ވާތީ ވަރަށް ސަމާލު ކަން ކޮމެންޓުސް ތަކުން ލިބިފަ ހުރީ

  42. ނިހާން

    ޥަގުތުގައި ޖަހާނެ ހަބަރު ކޮޅެއް ފޮނުވާލާނަން

  43. ކުޑަކާށި

    ރީތި ޚަބަރެއްވީމަތާ އެންމެން އެޚަބަރުކިޔާފަ އެއަށް ކޮމެންޓްތިކުރަނީ ......

  44. ޑީ

    އުރީދޫ އަކަސް ދިރާގަކަސް މިކަހަލަ މީހުނަށް ޚިދުމަތް ހޯދަދޭނެ ވަގުތުން. އަދައިގެ މީހާ ޖެހޭނީ އެނަމްބަރު ހޯދަންޏާ ހުރިތާކުން އައިސް އައި.ޑީ ކާޑު ހިފައިގެން ޙާޟިރުވާން.

  45. ފާތުމަ

    ފާހާނާތެރެއަށް މީނަވެއްޓި ތާށިވީނަމަކިހާ ރަނގަޅު.

    • ޕޮޮން

      ބުނެވޭބަހުގެ މާނައެގޭތަ ތައުބާވޭ

  46. ތިއްތި

    މީހުނަްނަށް ބަދުބަސް ބުނާކަށްނުވާނެ

  47. މުއުމިން

    މިވާހަކަ އަސްލު ހަބަރުގަ ލިޔަން ނުވާނެ އެހެންނު؟ މުސްލިމު އަޙުންނާއި އުޙުތުން އަޅުގަނޑުމެން ގޮތްގޮތަށް އެކި ވާހަކަ ނުދައްކަމާދޯ އިންޝާﷲ ފާފަވެރިވާނެކަންވެސް ވިސްނަމާ. ހުދު އަޅުގަނޑުވެސް ދެރަވާނެ އަޅުގަނޑުއަށް މިގޮތަށް ބަޔަކު ވާހަކަ ދައްކާ ހީހަދާނަމަ. އަޅުގަނޑުމެން ކުރާ ކަންކަމުގެ ބަދަލު މާތްﷲ ދައްކަވާނެކަން ވިސްނަމާ. އިންޝާﷲ

    • We

      އޭނަ އަމިއްލަޔަކަށް ދޯ ފޭސްބުކު ގަ އެވާހަކަ ޖެހީ ވެސް..

  48. ޕައްލަންބެ

    ފްލައިޓެއްގެ ފާޚާނާއަށް ވަދެ ސަލާމަތުން ފާޚާނާ ކޮށްލަން ނޭގުނަސް މަޖްލިސް މެމްބަރ ކަމަށް ޝަރުތު ހަމަވޭ ދޯ؟ ތާހިރެއްނު. އެވާހަކަ އިޝްތިހާރު ކޮށްފިއެއްނު.

  49. ސަޓޯ

    އަލްހަމްދުލިﷲ

  50. Anonymous

    ؟؟؟؟؟؟؟؟؟

  51. ހަދީޖާ

    ޜަނގަޅުވާނެ ދެން ރުޒޭނާވެސް ފުންމާލާ ތަށިތެރެައް..ބޮޑު އަނގަ..