މިއަހަރު އެންމެ ގިނައިން މީހުން ގޫގުލްކޮށްފައިވާ ތަރިއަކީ ސަނީ ލިއޯނީ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި އަހަރުގެ ފަހުކޮޅު ބޮލީވުޑްގެ އެންމެ މަޤްބޫލް ދެ ތަރިންގެ ގޮތުގައި ބެލެވޭ ދީޕިކާ ޕާދުކޯން އާއި ޕްރިޔަންކާ ޗޯޕްރާގެ ކައިވެނި ވެގެންދިޔައީ ގިނަ ބައެއްގެ ސަމާލުކަން ހޯދި އަދި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ހަފްލާ ތަކަށެވެ.

އެހެންކަމުން ގިނަ މީހުން ލަފާކުރީ މި އަހަރުގެ އެންމެ "ގޫގުލްޑް" ސެލެބްރިޓީ އަކަށް ހޮވޭނީ އެ ދެތަރިންގެ ތެރެއިން މީހެއް ކަމަށެވެ. ނަމަވެސް ދީޕިކާ އާއި ޕްރިޔަންކާ ވެސް ފަހަތަށް ޖައްސާލުމަށްފަހު އެ ޝަރަފު މި އަހަރު ހޯދާފައި ވަނީ އެކްޓަރ އަދި މޮޑެލް ސަނީ ލިއޯނީ އެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުން ސަނީ ލިއޯން އެ ޝަރަފު ހޯދާފައި ބޮލީވުޑްގެ މަޝްހޫރު ތިން ޙާނުން ކަމަށްވާ ސަލްމާން ޚާން އާއި ޝާހް ރުކް ޚާން އަދި އާމިރް ޚާންވެސް ފަހަތަށްޖައްސާލުމަށްފަހު އެވެ.

ސަނީ ލިއޯނީ މި އަހަރު އެއްވެސް ފިލްމަކުން ފެނިގެން ގޮސްފައެއް ނުވެއެވެ.ސަނީ ލިއޯން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެނިގެންދާނީ "ޓޯޓަލް ދަމާލް" އިންނެވެ.