ބައެއް ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންނަނީ އާއްމުކޮށް ސަރުކާރު ބަންދު ދުވަސްތައް ބަންދު ނުވާ މީހުންނެވެ. މިސާލަކަށް ނޫސްވެރިންނާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ދެންވެސް ތިބޭ، މިސާލަކަށް ކެބިން ކްރޫން ފަދަ މީހުން ހިމެނެއެވެ.

އެމެރިކާގެ އެއަރލައިންއެއް ކަމަށްވާ ޑެލްޓާގައި މަސައްކަތް ކުރާ ކެބިން ކްރޫއެއް ކަމަށްވާ ހަލް އަށްވެސް މިފަހަރު ލިބުނު ބަންދުގައި ގެޔަކަށް ނާދެވުނެވެ. އެދުވަހު އެހެން ޤައުމަކަށް ފްލައިޓެއް އޮތުމުން އޭނާއަށް އެޖެހުނީ ގޭގައި މަޑު ނުކޮށް ދާށެވެ. ނަމަވެސް ހަލްގެ ބައްޕަ ވަނީ އޭނާއަށް ވަރަށް ހިތް ގައިމު ސަޕްރައިޒްއެއް ދީފައެވެ.

ހަލްގެ ބައްޕަ އޭނާއަށް ދިން ސަޕްރައިޒްއަކީ އޭނާއާ އެއް ފްލައިޓެއްގައި ދަތުރުނ ކުރުމެވެ. ހަލްއަށް ނުވެސް އެނގި އެ ފްލައިޓަށް އޭނާގެ ބައްޕަ އެރުމުން އޭނާއަށް ލިބުނީ ކުޑަ ޝޮކެކެވެ. މިވާހަކަތައް އޭނާވަނީ ފޭސްބުކް ޕޯސްޓެއްގައި ޝާއިރުކޮށްފައެވެ.

އެޕޯސްޓްގައި ހަލް ބުނެފައިވަނީ ރައްޔިތުންނަށް އަބަދުވެސް ޚިދުމަތް ދޭން ބޭނުންވާ ކަމަށެވެ. އަދި މިއަދުވެސް މިކުރަނީ އެމަސައްކަތް ކަމަށާއި މަސައްކަތުގައި ބައްޕަ ބައިވެރިވުމުން ވަރަށް ހިތް ހަމަ ޖެހޭ ކަމަށެވެ.

ފްލައިޓްގެ ކެޕްޓަންވަނީ އެޕްލައިޓްގެ ކެބިން ކްރޫގެ ބައްޕަ، އެޕްލައިޓްގައި ދަތުރު ކުރަމުން ދާކަން ޢިޢުލާންކޮށްފައެވރ.

ކިޔުންތެރިންގެ ހިޔާލު