މީސް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ އެންމެ ޚާއްޞަ އެއް ޕްލެޓްފޯމްކަމުގައިވާ އިންސްޓަގްރަމް އަށް އިއްޔެ ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތައް ވަނީ އިންސްޓަގްރަމް އިން އެކީ އެކައްޗަކަށް ރޯލް އައުޓް ކޮށްލާފައެވެ.

އިންސްޓަގްރަމް އިން ގެނައި ބަދަލުތަކުގެ ސަބަބުން، ފީޑް އަށް މީގެކުރިން ދުވަހަކުވެސް ނުގެންފަދަ ބޮޑެތި ބަދަލުތަކެއް ގެނައެވެ. ފީޑް މަސައްކަތް ކުރާ ގޮތް އެކީ އެކައްޗަކަށް ބަދަލުކުރިއެވެ. މިކަމުގެ ސަބަބުން ބައެއް ފަރާތްތަކުން ނުރުހުން ފާޅުކޮށްފައިވެސްވެއެވެ.

އެހެންނަމަވެސް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިހު ހުރި ގޮތަށް އަނެއްކާވެސް މުޅި އެޕްލިކޭޝަން ރުޖޫއަވެފައިވެއެވެ.

މިކަމާ ގުޅިގެން އިންސްޓަގްރަމްގެ ވެރިޔާ އެޑަމް މޮސެރީ ބުނެފައިވަނީ އެއީ އޮޅިގެން ވީ ކަމެއްކަމުގައެވެ. ޓްވިޓަރ ގައި މިކަން ހާމަކުރަމުން އޭނާ އިތުރަށް ބުނީ އެއީ ވަރަށް ކުޑަ ކުޑަ ޓެސްޓް އެއްކަމަށް ހީކޮށް ކުރި ކަމެއްކަމުގައެވެ.

ފަހުން މޮސެރީ މިހެން ބުނެފައިވީނަމަވެސް އިންސްޓްގަރަމް އިން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއީ އެކްސިޑެންޓެއް ނޫންކަމަށާއި އެއީ ބަގް އެއްގެ ސަބަބުން ކުރިމަތިވި ކަމެއްކަމުގައެވެ.

ކުރިން ފޭސްބުކުގެ ހެޑް އޮފް ނިއުސް ފީޑުގެ ގޮތުގައި މަސައްކަތް ކުރި މޮސެރީ، އިންސްޓަގްރަމްގެ ވެރިޔާގެ މަޤާމާ ހަވާލުވީ ވަރަށް ފަހުންނެވެ.

އިންސްޓަގްރަމް ހިންގަނީ ފޭސްބުކުގެ ދަށުންނެވެ.