އަނެއްކާވެސް މިއޮށް ކުރިމަތިވީ އައު އަހަރެކެވެ. އައު އަމާޒުތަކަކާއި، އައު އަމާޒުތަކަކަށް ވާސިލުވުމަށް އެތައް ބަޔަކު މަސައްކަތް ކުރާނެކަން ޔަޤީނެވެ. ހަށިގަނޑުގައި ހަރުލައިފައި ހުރި ނުރަނގަޅު އާދަތައް ނައްތާލާ، ޞިއްޙީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކަންކަން ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރާނެކަން ޔަޤީނެވެ.

އެގޮތުން، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ނުވަތަ ސިނގިރޭޓު ބުއިން ހުއްޓާލުމަށްވެސް މިއީ އެންމެ ރަނގަޅު އެއް މުނާސަބުކަން ޔަޤީނެވެ. އެހެންކަމުން، މިކަމަށް އެހީތެރިވެދޭނޭ ބައެއް ކަންކަމަށް އަލި އަޅުވާލާނަމެވެ.

ތާރީޚެއް ކަނޑައަޅާ

މިކަމަށްޓަކައި އެންމެ ފުރަތަމަ ތާރީޚެއް ކަނޑައަޅާށެވެ. އެތައް ބަޔަކު މިކަން ހުއްޓާލަން ބޭނުންވިކަމުގައިވިޔަސް، އެކަމަށް ސުންގަޑިއެއް ކަނޑައެޅިފައި ނެތުމުން އެކަން ނުކުރެވޭތަން އާދެއެވެ. އެހެންކަމުން، އެކަމަށްޓަކައި ތާރީޚެއް ކަނޑައެޅުމަކީ މުޙިއްމު ކަމެކެވެ. އެކަމުގެ ސަބަބުން އިތުރު ހިތްވަރުވެސް ލިބިގެންދާނެއެވެ.

ދެން މިކަންކަމަށް ވިސްނާލާ

ތާރީޚެއް ކަނޑައެޅުމަށްފަހު ވިސްނާލަންވީ ތިމާ، އެންމެ ސިނގިރޭޓު ބޯ ހިތްވަނީ ކޮން ވަގުތުތަކެއްގައިތޯއެވެ. ބައެއް ފަރާތްތަކަށް ކެއުމަށްފަހު ނުވަތަ އެނޫންވެސް ކަމެއް ކުރުމަށްފަހު ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންވާނެއެވެ. އެހެންކަމުން، މިކަންކަން އާއްމުކޮށް ކުރަމުން އަންނަ ގޮތްތައް ބަދަލުކޮށްލެވިދާނެއެވެ. އެގޮތުން ކާ ގަޑިއަށް ބަދަލުތަކެއް ގެނެވިދާނެއެވެ.

ހުސް ގަޑިއެއް ނުބާއްވާ

ހުސްވަގުތު ގިނަވާކަމުގައިވާނަމަ، ސިނގިރޭޓު ބުއިންފަދަ ބޭކާރު ކަންކަމުގައި ހޭދަކުރެވޭ ވަގުތު މަދުވާނެއެވެ. އެހެންކަމުން، ހޮބީ އެއް ހޯދުން ނުވަތަ ހުސް ވަގުތުގައި ކުރަން ރަނގަޅުކަމެއް ކަނޑައެޅުމަކީ ވަރަށް ރަނގަޅު ކަމެއްކަމުގައި ދެކެމެވެ.

މިކަންތައްތައް ކުރުމަށްފަހު، މިކަން ހާސިލުވުމުން އުފާ ފާޅު ކުރުމަކީ މާ ރަނގަޅު ކަމެއް ނޫންކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެއީ އަނެއްކާވެސް އޮޅުމަކުންވިޔަސް އެކަން ކުރެވުމުން އަލުން ބަލަން ފަށަން ޖެހި، އެތައް ބައެއްގެ މަލާމާތް ރައްދުވެދާނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮޑުބެ

    ﷲ އަށްޓަކާ ހުއްޓާލާ. އަދި އެކަމަށްއެދި ގިނަގިނައިން ދުޢާކުރޭ. ކެތްތެރިވޭ.
    މިހެން އެކަނި ހުއްޓޭނީ. އެނޫނީ ނުވާނެ