ދުނިޔޭގެ އެހެން ސީރީޒްތަކުގެ އެޕިސޯޑު ތަކާއި އަޅާ ބަލާއިރު ރާއްޖޭގެ ފުރަތަމަ ވެބް ސީރީސް "ހުވާ"ގެ އެޕިސޯޑުތައް ކުރެވެ. ނަމަވެސް ހުވާގެ ކޮންމެ އެޕިސޯޑަކީ އަސަރުން ފުރިގެންވާ އަދި މުހިންމު މެސެޖެއް މުޖުތަމައަށް ދޫކޮށްލާ އެޕިސޯޑެއްކަމާއި މެދު ހަމަ ޔަގީނުންވެސް ހުވާ ބެލި އެކަކުވެސް ޝައްކެއްނުކުރާނެއެވެ.

"ހުވާ" ގެ 9 ނުވަ ވަނަ އެޕިސޯޑު އާންމުންނަށް ދޫކޮށްލުމަށް ފަހު 10 ވަނަ އެޕިސޯޑާއި ދިމާލަށް މިސްރާބު ޖަހާފައިވާއިރު އެ ސީރީސް މިވަނީ ވަަރަށް އަސަރުގަދަ އަދި އެހާމެ ހިތާމަވެރި ހިސާބަކަށް ދަތުރުކޮށްފިއެވެ.

ފިލްމުގެ ޑައިރެކްޓަރު ނަހުލާ "ވަގުތު" އަށް ބުނީ "ހުވާ" ގެ އެންމެ ފަހު ދެ އެޕިސޯޑަކީ ހިތާވެރި ދެ އެޕިސޯޑު ކަމަށާއި އެ އެޕިސޯޑުތައް ބެލި މީހުންގެ ހިތްތަކަށް އެކަމުގެ ސަބަބުން އަސަރުކުރާނެ ކަމަށެވެ.

"ހުވާ" ގެ އެންމެ ފަހު ދެ އެޕިސޯޑުގައި ފެނިގެންދަނީ އެއްވެސް ކުށެއްނެތް އިންސާނެއް މާލޭގެ ގުރޫޕަކުން ހިފަހައްޓާ އޭނާ މަރާލާ މަންޒަރެވެ. އަދި އެކަމުގެ ސަބަބުން އެއާއިލާ ފުން ހިތާމައެއްގައި ވާމަންޒަރެވެ. މިއީ ދިވެހިންގެ މުޖުތަމައުންވެސް ފެންނަމުންދާ ވަރަށް ބޮޑު އިޖުތިމާއީ މައްސަލައެކެވެ. ކުށެއްނެތި އެތަކެއް ބަޔަކު ވަނީ މި ދިވެހި ފަސްގަނޑުގައިވެސް އަނިޔާވެރިކޮށް މަރާލެވިފައެވެ. އެ މަރުތަކުގެ ސަބަބުން ނަފްސާނީ ގޮތުންނާއި އެނޫންވެސް ގޮތްތަކުން އަސަރުކޮށްފައިވަނީ ކިތަށް އާއިލާއަށްތޯއާއި މެދުވެސް މިއަދު އަޅުގަނޑުމެން ވިސްނާލަން ޖެހެެއެވެ.

"ހުވާ" އާއި ބެހޭ ގޮތުން މައުލޫމާތު ދެމުން ނަހުލާ ވިދާޅުވީ ހުވާ އަކީ މުއްސަންދި އުފާވެރި އާއިލާއެއްގެ ދިރިއުޅުން ދައްކުވައިދޭ ސީރީސްއެއް ކަމަށެވެ. އަދި "ހުވާ" ގެ މައިގަނޑު ހާދިސާއަކީ ރާއްޖޭގައި މިހާރު އާންމުވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއްގެ ސަބަބުން އެ އުފާވެރި އާއިލާގެ އުފާވެރިކަން ކުއްލިއަކަށް ފުޑުފުޑުވުމެވެ.

"ހުވާ" ގައި ޖުމްލަ 80 އެޕިސޯޑު ހިމެނޭ އިރު އެ ސީރީސްގައި ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި މިހާރު ހަރަކާތްތެރިވަމުން އަންނަ 80 އިންސައްތަ ތަރިން ފެނިގެންދާނެއެވެ.

"ހުވާ" އަކީ ބައިސްކޯފު އެޕްލިކޭޝަން މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބަކު ހުރެގެންވެސް ބަލާލެވޭނެ ސީރީސްއެއް ކަމަށް ވުމީ އުފާ ކުރާ ކަމެއް ކަމަށާއި އަދި ހުވާއަށް ލިބެމުން އަންނަ ބޮޑު ތަރުހީބަށް ބެލުންތެރިންނަށް ޝުކުރު އަދާކުރާކަމަށް ނަހުލާ ބުންޏެވެ.

"ހުވާ" ގެ އައު އެޕިސޯޑެއް ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުގެ ރެއާއި ބުރަސްފަތި ދުވަހުގެ ރޭ ބައިސްކޯފު އެޕްލިކޭޝަންއިން ދައްކާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަދުރޭ

    ހަމަ ހުވާތަ؟

  2. ހުވާ

    ވަރަށް ރީތި.... ތެންކިޔު ނަހޫ

  3. ހުވާ

    ތަންކޮޅެއް ކުރީ އެހެންނޫނަމަ ވަރައް ފުރިހަމަ ވީސް ދިގު ކޮއްދޭނެ ކަމައް އުއްމީދު ކުރަން

  4. އީން

    އަޅުގަނޑު ފިލްމް ބެލުމާ ދުރުވަނީ އިންޝާﷲ. ފިތުނަވެރިކަން މާބޮޑު އަޅުގަނޑަށް އިހުސާސްކުރެވެނީ އަނެއްކާ އަސްލެއްނޫން ދެން “ހުވާ” ކީމަ މިވެސް ވާނީ ދޮގަކަށްނު