1980ގެ އަހަރުތަކުގައި ބޮލީވުޑްގައި ރަސްކަން ކުރި އެކްޓަރު ކާދަރު ހާނު މަރުވި ކަމަށް ދެއްކި ވާހަކަ އޭނާގެ ފިރިހެން ދަރިފުޅު ސަރްފަރާޒް ދޮގުކޮށްފިއެވެެ.

ކާދަރު ވަނީ ދާދި ފަހުން ހާލު ސީރިއަސްވުމުގެ ސަބަބުން ކެނެޑާގެ ހޮސްޕިޓަލެއްގައި އެޑުމިޓުކޮށްފައެވެ. ކާދަރު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވަނީ ސިކުނޑީގެ ބައްޔެއްކަމަށްވާ ޕްރޮގުރެސިވް ސުޕްރަނިއުކުލިއާ ޕަލްސީ ޖެހުމުގެ ސަބަބުން ހިނގަން އުނދަގޫވެ، ހަނދާނުން ކަންކަން ދިއުމާ ގުޅިގެންނެވެ.

ނޭވާލާން އުނދަގޫ ވުމުގެ ސަބަބުން އޭނާ މިހާރު އޮތީ ބީއައިޕީއޭޕީ ވެންޑިލޭޓަރުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހެއްވާ މަޖާ އެތަކެއް ފިލްމެއް ކުޅެދީ ގިނަ ބައެއްހެއްވާލައިފައިވާ ކާދަރު ރޭގެ ވަގުތެއްގައި ކާދަރު މަރުވެއްޖެ ކަމަށް ހަބަރުތައް ފެތުރުނެވެ.

ގިނަ ބަޔަކަށް ކުއްލި ސިހުމެއް ގެނެސްދިން އެހަބަރާއި އެކު އެކަން ދޮގުކުރަމުން އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ކާދަރުގެ ފިރިހެން ދަރިފުޅު ސަރްފަރާޒު ބުނީ އޭއީ ދޮގު ކަމަށާއި އޭނާ ބައްޕަ އޮތީ ހޮސްޕިޓަލުގައި ކަމަށެވެ.

300 އަށް ވުރެއް ގިނަ ފިލްމު ކުޅެދީފައިވާ އުމުރުން 81 އަހަރުގެ ކާދަރު ހާން އަކީ މީގެ ކުރިންވެސް ސިއްހީ މައްސަލަތަކުގައި ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ ތަރިއެކެވެ. ނިއުމޯނިއާ އާއި ކަކުލުގެ މައްސަލައެއްގެ ސަބަބުންވެސް މީގެ ކުރިން އޭނާ ވަނީ އެޑްމިޓްކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަޓް

    އޭނަ މަރު ނުވެގެން ނޫޅެޔޭ.

  2. ރާއްޖެ

    ބައިޕެޕް ވެންޓިލޭޓަރ. ބައިލެވެލް ޕޮޒިޓިވް އެއަރވޭ ޕްރެޝަރ.