އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު އަމިއްލަ ބޭނުންތަކަށް ޔޮޓެއް ހޯދަން އިނގިރޭސިވިލާތުގެ ސަރުކާރުގައި އެދުނު ކަން އެގައުމުގެ ގައުމީ އަރުޝީފުން އާާއްމު ކުރި ނޯޓަކުން ކަށަވަރު ކުރެވިއްޖެއެވެ.

އަމިއްލަ ކަންކަމުގައި ރާނީ އިނގިރޭސިވިލާތުގެ ސަރުކާރުގެ އެހީތެރިކަމަށް އެދުމަކީ ވަރަށް ނާދިރު ކަމެކެވެ. އެކަމަނާ ކަންކަމަށް ނޭދުނު ނަމަވެސް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ރާނީ އަށާއި ޝާހީ އާއިލާ އަށް ބޮޑު ހޭދައެއް ކުރެއެވެ.

އާޔޮޓެއް ބޭނުންވާ ކަމަށް ރާނީ ވިދާޅުވެފައި ވަނީ 1954 ވަނަ އަހަރުން ފެށިގެން ޝާހީ އާއިލާ އިން ބޭނުން ކުރަމުން އައި ޔޮޓް ބްރިޓައިނާ 1997 ވަނަ އަހަރު ޚިދުމަތް ހުއްޓާލުމުންނެވެ. ރާނީ އެދުނު ގޮތައް ޝާހީ އާއިލާއަށް އިނގިރޭސިވިލާތުގެ ސަރުކާރުން ޔޮޓެއް ހަމަޖައްސައި ދީފައެއް ނުވެއެވެ.

ބްރިޓައިނާ އަކީ އެލިޒަބަތުގެ އާއިލާ އިން 1600 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގެ ވެރިކަމަށް އައި ފަހުން 83 ވަނަ އަށް ބޭނުން ކުރި ޝާހީ ޔޮޓެވެ.

ޔޮޓެއް ހޯދަން ރާނީ އެލިޒަބަތު އިނގިރޭސި ސަރުކާރުގައި އެދުނުކަން ހާމަވުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ފަހަކަށް އައިސް އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ގެންދަނީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ޝާހީ އާއިލާއަށް ބޮޑު ހޭދައެއް ކުރަމުން އަންނާތީ އެކަމަށް ފާޑުކިޔަމުންނެވެ.

ނަމަވެސް ޝާހީ އާއިލާގެ އިމާރާތްތަކާއި ޕާކްތައް ބަލަން ޒިއާރަތްކުރާ ފަތުރުވެރިންގެ އަތުން ހޯދާ ފައިސާ އިން އިނގިރޭސިވިލާތުގެ ސަރުކާރަށް ވެސް ބޮޑު އާމްދަނީއެއް ލިބެއެވެ. އެހެންކަމުން ޝާހީ އާއިލާއަށް ޚަރަދު ކުރުމަކީ މައްސަލައެއް ނޫންކަމަށް ދެކޭ ބަޔަކު ވެސް އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރޭސް

    ނުލިބޭނޭ! ދިވެހިރާއްޖެ އަށް ޢައިރުދީން ފަތުރަން ޚަރަދު ކޮށްކޮށް އެތާނގެ ބަޖެޓް ހުސްވެއްޖޭ!

  2. ޖަހާންގީރު

    ފޭރިގަނޭ

  3. އަޙްމަދް

    ކިންގްޑަމް އެކޯ އެކަމަކު ވެރިކަން ކުރަނީ އަންހެނެތް!؟
    އިނގިރޭސިން ކޮއްމެކަމެއް ކުރިއަސް ހަޖެހޭތަ!؟