"މަންދީރަ ބޮޑުބެރު"އޭ ބުނެފިނަމަ ނޭނގޭނެ ދިވެއްސެއް ވަރަށް މަދުވާނެއެވެ. އެއީ "މަންދީރަ ބޮޑުބެރު" ޓީމްގައި މަޝްހޫރް ހުނަރުވެރިންވެސް ތިބުމާއިއެކުމެ، ގިނަ ފަރާތްތަކެއްގެ ތާއީދުވެސް މަންދީރައަށް ލިބިފައިވާތީވެސް މެއެވެ.

2018 އަޅުގަނޑުމެންނާއި އަލްވަދާއު ކިޔުމަށް ފަހު އާ އަހަރަކަށް މަރުހަބާކީ އިރު މަންދީރައިންވެސް މިވަނީ އާ އަހަރަށް ގިނަ ކަންތައްތަކެއް ރާވައިފައެވެ. މަންދީރައަށް މިއަދު ފެށިގެން މިދާ 2019 ވަނަ އަހަރަކީ ބޮޑު އަހަރެކެވެ. މަންދީރައިގެ ކާމިޔާބީގެ ގިޔަރު އެތައް ގުނައެއް މައްޗަށް ޖައްސާލުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާ އުންމީދީ އަހަރެކެވެ.

މަންދީރާގެ ލަވަކިޔުންތެރިޔަކު ލަވައެއް ކިޔަނީ
މަންދީރާގެ ލަވަކިޔުންތެރިޔަކު ލަވައެއް ކިޔަނީ

2018 ވަނަ އަހަރު މަންދީރައިން ވަނީ ބޮޑުބެރުގެ ރަން އަޑުން ދިވެހީންގެ ލޭ އެތައް ފަހަރަކު އެތައް މަންޒިލަކުން ކައްކުވާލައިފައެވެ. މަންދީރައިން ވަނީ ފަތުރުވެރިންނަށް ދިވެހީންގެ ސަގާފަތް ދައްކުވައިދީފައެވެ. މަންދީރައިން 2018 ވަނަ އަހަރު ނިންމާލީވެސް ކާމިޔާބަކާއި އެކުގައެވެ. އެއީ ނޮވެމްބަރު ޑިސެންބަރުގެ ހިތާނީ މޫސުމުގެ ބޮޑު ކާމިޔާބީއެވެ. ހިތާނީ މޫސުމުގައި މަންދީރައިން ވަނީ އެމީހުންގެ ގާބިލްކަން މާލޭގެ ގޯޅިތަކުން ފެށިގެން އަތޮޅުތެރޭގެ އެތަކެއް ރަށަކަށް ދައްކާލައިފައެވެ.

މަންދީރައިން މިއަދު ފެށިގެން މިދާ 2019 ވަނަ އަހަރު ކުރަން ނިންމާފައިވާ ކަންކަމާއި ބެހޭ ގޮތުން "ވަގުތު" އަށް މައުލޫމާތު ދެމުން މަންދީރައިގެ އެސިސްޓެންޓް މެނޭޖަރު އަހުމަދު ވަލީދު (ފިއްޓެ) ބުނީ މިއަހަރު ގިނަ ކަންތައްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ.

މަންދީރާގެ ނެށުންތެރިންތަކެއް ކުއްޖަކާއި އެކު
މަންދީރާގެ ނެށުންތެރިންތަކެއް ކުއްޖަކާއި އެކު

"ހަޤީގަތުގައި ފާއިތުވި 2018 ވަނަ އަހަރަކީ މަންދީރައަށް ވަރަށް ކާމިޔާބު އަހަރެއް. އަޅުގަނޑުމެން މި އުންމީދުކުރަނީ މިއަހަރަކީވެސް މަންދީރައަށް ތަފާތު އަހަރަކަށް ވެގެންދާނެ ކަމަށް. ވަރަށް ގިނަ ކަންކަން ރޭވިފައި އެބަހުރު މިހާރުވެސް" ފިށްޓެ ބުންޏެވެ.

މަންދީރައިން މިއަހަރު ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރެއިން މުހިންމު އެއްކަމެއް ވަނީ "ވަގުތު" އާއި ހިއްސާކޮށްފައެވެ. އެގޮތުން އެންމެ ހާއްސަ ކަމެއްގެ ގޮތުގައި މަންދީރައިން މިއަހަރު ކުރާނެ އެއްކަމަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވާ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކަށް ކޮންމެ މަހަކުވެސް އެއްވެސް ފީއަކާއި ނުލާ ހިލޭ ޝޯވއެއް ކުޅެދިނުމެވެ. އެ ސޯވ ކުޅެދިނުމުގައި މަންދީރައިން އިސްކަން ދޭނީ އެންމެ ފުރަތަމަ ޝޯވ ކުޅެދިނުމަށް އެދިފައިވާ ފަރާތްތަކަށެވެ. އަދި އެކަން މަންދީރައިން ކުރަނީ އިންސާނިއްޔަތަށް ކޮށްދޭ ހިދުމަތެއްގެ ގޮތުގައި ކަމަށް މަންދީރައިން ބުނެއެވެ.

މަންދީރައިގެ ފެށުމަކީ 2007 ވަނަ އަހަރު ވުޖޫދަށް އައި "ކޭ.އާރް ދަ ފެމިލީ" އެވެ. އޭގެ ފަހުން 2010 ވަނަ އަހަރު މަންދީރައިގެ ނަމަށް އެ ބޮޑުބެރު ގުރޫޕު ބަދަލު ކުރެވި މަންދީރައިގެ އޮޑީގެ މިސްރާބު ފެށިއެވެ. އަހަރަކަށް ފަހު އަހަރެއް ކަނޑަށްތު ކުރަމުން ގޮސް މިއަހަރަކީ މަންދީރައިގެ ހަޔާތައް 9 އަހަރު ފުރޭނެ އަހަރެވެ.

މަންދީރާ ބޮޑުބެރު ގްރޫޕްގެ މެންބަރުން
މަންދީރާ ބޮޑުބެރު ގްރޫޕްގެ މެންބަރުން

އެންމެ ފަނަރަ މެންބަރުންނާއި އެކުގައި ފެށި މަންދީރައިގައި މިއަދު ޖުމްލަ 45 ފަންނާނުން އެބަތިއްބެވެ. ހަމަ އެކަނި ބޮޑުބެރަށް ހާއްސަކޮށްގެން ފެށި މަންދީރައިގައި މިއަދު އިތުރު ދެ ޓީމެއް ހިމެނެއެވެ. އެއީ މަންދީރައުގެ ބޭންޑުގެ ޓީމާއި 2017 ވަނަ އަހަރު އުފެދުނު މަންދީރައިގެ އަންހެން ޑާންސް ގްރޫޕް "ބާނި" ގެ ޓީމެވެ. މިޔުޒިކީ ހުނަރުވެރި ފަންނާނުންނާއި ކުޅަދާނަ ނެށުންތެރިންގެ ހުނަރާއި އެކު މަންދީރައިން އަމާޒު ހިފާފައި ތިބީ މިއަހަރުވެސް ފާއިތުވި އަހަރެކޭ އެއްފަދައިން ކާމިޔާބު ކަމާއި އެކުގައި ނިންމާލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަބޭސް

    މެމްމަރުން ގިނަވީމަ ކޯއްޗެ ކުއްޖަކައް ލިބެނީ؟

  2. ޕުލީޒް

    ﷲ ހަރާމް ކޮއްފަވާ ކަމެމެކޭ މިޔުޒިކަކީ އަޅޭ

    • ޓިކު

      ތީކީ ބަލާކަމެއް ނޫނޭ މިޒަމާނުގަ