މީލާދީ އާ އަހަރުގެ ހަދިޔާއަކަށް ރާއްޖޭގެ ފުރަތަމަ ވެބް ސީރީސް "ހުވާ"ގެ މުޅިން އައު އެޕިސޯޑެއް މިރޭ ދައްކާނެއެވެ.

މިރޭ 21:00 ޖަހާއިރު ހުވާގެ މުޅިން އައު އެޕިސޯޑެއް ބައިސްކޯފު އެޕްލިކޭޝަން އިން ދައްކާއިރު އާންމު ގޮތެއްގައި ހުވާގެ އައު އެޕިސޯޑުތައް ދައްކަނީ ކޮންމެ ހޯމަ ދުވަހެއްގެ ރެއާއި ބުރާސްފަތި ދުވަހުގެ ރެއެވެ.

އެހެންނަމަވެސް، އެދުވަސްތަކާއި ހިލާފަށް މިރޭ ހުވާގެ މުޅިން އައު އެޕިސޯޑެއް ދައްކަން "ބައިސްކޯފު" އިން ނިންމީ އައު އަހަރުގެ ހަދިޔާއެއްގެ ގޮތުން ކަމަށް ބައިސްކޯފުގެ ޓީމުން ބުނެއެވެ.

80 އަށް ވުރެ ގިނަ އެޕިސޯޑަށް ދެމިގެންދާނެ "ހުވާ" އާ ބެހޭ ގޮތުން ފިލްމުގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ، (ނަހޫ) ބުނީ، ހުވާއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި ހުވާ އަކީ މުޖުތަމައުގެ ތެރޭގައި ވަރަށް އާންމުކޮށް ދިމާވާ ބޮޑު އިޖުތިމާއީ މައްސަލައެއްގެ މަށްޗަށް ގެނެސްދޭ ވެބް ސީރީސްއެއް ކަމަށެވެ. މިހާރު "ހުވާ"ގެ 10 އެޕިސޯޑެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފިއެވެ.

"ހުވާ" އަކީ މުއްސަނދި އުފާވެރި އާއިލާއެއްގެ ދިރިއުޅުން ދައްކުވައިދޭ ސީރީޒްއެކެވެ. މި އާއިލާގެ އުފާވެރިކަން ކުއްލިއަކަށް ފުނޑު ފުނޑުވެގެންދަނީ ރާއްޖޭގައި އާންމުވަމުން އަންނަ ބޮޑު އިޖުތިމާއީ މައްސަލައެއްގެ ސަބަބުންނެވެ. ހުވާގެ ނުވަވަނަ އެޕިސޯޑުން ފެންނަ ގޮތުގައި އެއްވެސް ކުށެއްނެތް ޒުވާނަކު މަގުމަތީގައި ސައިކަލުގައި ދުއްވާފައި ދަނިކޮށް ހިފެހެއްޓުމަށް ފަހު މަރާލައެވެ. އަދި އެކަމުގެ ސަބަބުން މަރާލެވުނު މީހާގެ އާއިލާ ބޮޑު ޝޮކެއްގައިވާ މަންޒަރު އެ އެޕިސޯޑުން ދައްކައެވެ. ހުވާގެ 10 ވަނަ އެޕިސޯޑުން އާއިލާގެ އެންމެ އިސް އެކަކުގެ މަރާއި އެކު އާއިލާގެ އެންމެންނަށް ކުރިމަތިވެފައިވާ ފުން ހިތާމަ ދައްކުވައިދެއެވެ. އަދި އެކި އެކި ތަހުޤީގީ އިދާރާތަކާއި ގުޅިގެން ގާތިލް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ މަންޒަރުވެސް ފެނެއެވެ.

ހުވާގެ ފުރަތަމަ 10 އެޕިސޯޑު ނިމި 11 ވަނަ އެޕިސޯޑަކަށް މިސްރާބު ޖަހާފައިވާއިރު ގިނަ ބައެއް ތިބީ ދެން ވާނެ ގޮތެއް ނޭނގި، ކުރިއަށް ވާނެގޮތް ބަލާލަން ކެތްމަދުވެފައެވެ. އަދި ކުރިއަށް އޮންނަ އެޕިސޯޑުގައި ވާނެ ގޮތެއް ބުނެދޭންވެސް ނުވަތަ ލަފާކޮށްލަންވެސް ނޭނގޭފަދަ ހާލެއްގައެވެ.

ކ. ގުރައިދޫ އާއި މާލޭގެ އިތުރުން ވިލިމާލޭގައި މަންޒަރުތައް ނަގާފައިވާ އެ ސީރީޒުން ޖުމްލަ ސާޅީހަށް ވުރެއް ގިނަ ތަރިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނޭންގެ

  ބަލާނަން

 2. Anonymous

  މިފަދަ ފާހިށްއަމަލުތައް އުފެއްދުން މަނާކުރޭ މިގައުމުގަ. މުސީބާތެކޭ ފައިދާއެއް ވާ ކަމެއްނޫން އަހަރުމެންގެ އަގުހުރި ވަގުތު ނަގާލަނީ މި މަޅީގަ ޖައްސައިގެން

 3. Anonymous

  ކުށެއްނެތް ޒުވާނެއް؟ ކުށް ނުކުރާ ނުވަތަaނުކރެވޭE މީހަކު ވޭތަ؟ ކޮންމެ މީހަކަށްވެސް ކުރިމަތިވާ ކަންކަމީ އެމީހާ ކުޅަ ފާފަތަކުގެ ސަބަބުން މެދުވެރިވާ ކަންކަމެއް ނޫންތަ؟ އަގީދާ ފުނޑާލަން އުފައްދާ މިފަދަ އެއްޗެހީގެ މަޅީގަ ނުޖެހޭ!

 4. ދސ

  އަދި ވެސްަ ދިވެހި ފިލްމު ކުޅޭތަ ؟؟