އައިފޯނަކީ މިއަދުވެސް އެންމެ ވަރުގަދަ އަދި އެންމެ މޮޅު ފޯނު ބްރޭންޑުގެ ގޮތުގައި ބަލަމުން އަންނަ ފޯނު ބްރޭންޑެވެ. މި ބްރޭންޑުގެ އެންމެ ވަރުގަދަ ނުވަތަ އެންމެ ފަހުގެ ފޯނު ގަތުމަށް ޖާނާ މާލު ވިއްކާލާ މީހުން މިއަދުވެސް އުޅެމުންދެއެވެ.
2011 ވަނަ އަހަރުގެ ތެރޭގައި ނެރުނު އައިފޯން ހަތަރެއް ގަތުމަށް އެތައް ބަޔަކު މަސައްކަތް ކުރިއެވެ. ރައްކާކޮށްފައި ހުރި ފައިސާތައް ބޭނުންކޮށްގެންނާއި، ކުރިން ގެންގުޅެމުން އައި އެއްޗެހި ވިއްކައިގެން އެތައް ބަޔަކު މި ފޯނުތައް ގަނެފައިވެއެވެ.
ހަމައެހެންމެ، ހަށިގަނޑުގެ ގުނަވަންތައް ވިއްކައިގެންވެސް ބައެއް ފަރާތްތަކުން އައިފޯނު ގަނެފައިވެއެވެ. އޭރު އުމުރުން އެންމެ 17 އަހަރުގެ ޝިއާއޯ ވަންގ އަކީވެސް އެފަދަ މީހެކެވެ. އައިފޯން ހަތަރެއް ގަތުމަށް އަތުގައި އެކަށީގެންވާ ފައިސާ ނެތުމުން، އެންމެފަހުން ނިންމީ ކިޑްނީ ވިއްކާލާށެވެ.
ކަޅު ބާޒާރުގައި އިންސާނުންގެ ގުނަވަންތައް ވިއްކާ މީހަކާ ޑީލް އެއް ހަދައިގެން އޭނާވަނީ ކިޑްނީ ނެގުމަށްފަހު ވިއްކާލާފައެވެ. ބަދަލުގައި އައިފޯނެއް ގަތުމަށް ފައިސާ ހޯދުމުގެ ބޭނުމުގައެވެ.
ނޫސްތަކުން ބުނި ގޮތުގައި ވަންގުގެ އޮޕަރޭޝަން ކޮށްފައިވަނީ ބިމު އަޑީގެ ބަންކަރެއްގެ ތެެރޭގައި ބަޔަކު ހަދާފައި ހުރި ތިއޭޓަރެއްގައެވެ. އަދި އޮޕަރޭޝަނަށްފަހު ހަފްތާއެއްގެ ތެރޭގައި ރަނގަޅުވާނެކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، އޮޕަރޭޝަން ކުރި ތަން ހުރި ފެންވަރުގެ ސަބަބުން ނުރައްކާތެރި އިންފެކްޝަން އެއް ޖެހުނެވެ.
މައިންބަފައިންނަށް އެކަން އެނގުނީ ފުރާނައަށް ނުރައްކާވާވަރަށް އެކަން ގޮސް، ދެވަނަ ކިޑްނީ އަށްވެސް ނުރައްކާ ވުމުންނެވެ. ނަތީޖާއެއްގެ ގޮތުން އައިފޯނެއްވެސް ނުގަނެވުނެވެ. އަދި ނެތް ވަރުން ޑަޔަލަސިސް އަށްވެސް ޚަރަދު ކުރަން ޖެހުނެވެ.
މިހާރު އުމުރުން 24 އަހަރުގެ މި މީހާ އޮތީ އުމުރަށް ބަލި އެނދުގައެވެ. އަބަދުވެސް އޮންނަން ޖެހިފައިވަނީ ޑަޔަލިސިސް މެޝިނުގެ ކައިރީގައެވެ.
ކޯޗެއް މުހިއްމީ. ފުރިހަމަ ސިއްހަތު ނޫނީ އައި ފޯން. ކޯޗެއްގެ އަގު ބޮޑީ ސިއްހަތު ނޫނީ އައިފޯން.
އޮޕޝަން ޓޫ.
0-:
ފަނާވެނިމިދާނެ މި ދުނިޔެއަށްޓަކާ އާޙިރަތް ނަގާ ނުލަމާ އިންޝާﷲ. މާތްﷲ އީ ރަހުމާނުވަންތަ ފާފަ ފުއްސަވާ އިލާހް. އެކަމް ހިތުހުރިހާގޮތަކަށް އަޅުގަނޑުމެން އެކަކުއަށްވެސް ނޫޅެވޭނެ ވަކި ހައްދެއްވަނީ މާތްﷲ ކަނޑައަޅުއްވަވާފަ މިއީ އިމްތިހާނުގެ ވަގުތީ ތަނެއްކަމުން. އަޅުގަނޑުމެން ހެޔޮ ދުޢާކޮށްދެންވާނެ އެންމެންނަށްވެސް ތެދުމަގު ދެއްވެވުމަށް އިންޝާﷲ. ރަނގަޅު ނުބައި ހައްގުވެރިންނާއި ނުހައްގު މި އެންމެހާ ކަމެއް މޮޅަށް ދެންވޮޑިގެންވަނީ މާތްﷲ