މޯބައިލް ފޯނު ގޮވުމަކީ މިހާރު އެއްގޮތަކަށްވެސް އައު ކަމެއް ނޫނެވެ. ބްރޭންޑެޑް އަދި އާދައިގެ ބްރޭންޑުތަކުގެ ފޯނުތަކަށްވެސް މިކަން ދަނީ ކުރިމަތިވަމުންނެވެ. އެހެންނަމަވެސް، ފަހަކަށް އައިސް އަޅުގަނޑުމެންނަށް މިފަދަ ވާހަކައެއް އިވެނީ ހާލަކުން ފަހަރަކުއެވެ. މަހަކު އެއްފަހަރުވެސް އާއްމުކޮށް ނީވެއެވެ.
އެހެންނަމަވެސް، ފޯނު ގޮވުމުގެ ޙާދިސާތައް އަނެއްކާވެސް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައިވަނީ އާއްމުވެފައެވެ.
އެގޮތުން، ނިމިގެންދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެމެރިކާގެ އޮހާއިޔޯ ސްޓޭޓުގައި، މީހެއްގެ ޖީބުގައި އޮތް ފޯނެއް ގޮވުމުގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މިކަމަށް އިތުރު ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ، ގޮވި ފޯނަކީ އެޕަލްގެ އެންމެ ފަހުގެ އައިފޯން އެކްސްއެސް މެކްސް އަކަށް ވުމުންނެވެ.
ޖޯޝް ހިލާޑް ނަމަކަށް ކިޔާ މީހަކަށް މިކަން ކުރިމަތިވިއިރު، އޭނާ ބުނެފައިވާ ގޮތުން މިކަން ހިނގީ މެންދުރުގެ ކެއުމަށް އިންސާފު ކޮށްލަން އިންދައެވެ. އެހެން އިންދާ ކުއްލިއަކަށް ނުބައި ވަހެއް ދުވާ، ޖީބު ތެރެއިން ހޫނުވާން ފެށީއެވެ. ދެން ކުއްލިއަކަށް ފެނުނީ ގެންގުޅޭ ފޯނު އަލިފާން ބޯޅައަކަށް ބަދަލުވެގެން ދިޔަ ތަނެވެ.
މި މީހާއަށް އެޕަލް ކުންފުނިން ވަނީ އައު ފޯނެއް ދީފައެވެ.\
ހަމައެހެންމެ، ވަރަށް ފަހުން އިންޑިޔާގައި ޗާޖަށް ޖަހާފައި އޮތް ފޯނެއް ގޮވާ ހަތަރު މީހަކަށް އަނިޔާތަކެއްވެފައިވެއެވެ. މި ޙާދިސާގައި އެކެއްގެ ހަށިގަނޑުގެ 32 އިންސައްތަ އަނދައިގެން ގޮސްފައިވެއެވެ.
މީގެއިތުރުން، އެޕަލް އެއަރޕޮޑް އެއް، ކަންފަތަށް ގޮވި މައްސަލައެއްވެސް ވަރަށް ފަހުން ފެންމަތިވެފައިވެއެވެ.
ފޯނު މެދުވެރިކޮއް މީހުން އެސޭސިނޭޓުކުރުމުގެ ކަންކަންވެސް ނިކަން އަވަހައް ގެށޭނެހެން ހީވަނީ..
ހޮލީވުޑްގެ ބަޔަކު ބުނީމަނޫނީ ތީގަ ގޮތެއްނުނިންމޭނެ