ރަޝިއާގެ ވެރިރަށް މޮސްކޯގައި ވެއްޓުނު އިމާރާތެއްގެ ކައިރީގައި ހުރި ކުނިތަކެއްގެ ތެރޭގައި ތުއްތު ކުއްޖަކު 35 ގަޑިއިރު ވަންދެން ގެއްލުމެއް ނުލިބި އޮވެއްޖެއެވެ.

އުމުރުން އެންމެ 11 މަހުގެ ފިރިހެން ކުއްޖާ މައިނަސް 17 ޑިގްރީގެ ފިނީގައި ގިނަ އިރުތަކެއް ވަންދެން އޮންނަން ޖެހުނީ އޭނާގެ އާއިލާ ދިރިއުޅެމުން ދިޔަ އިމާރާތް ގޮވާ އިމާރާތް ވެއްޓުމުގެ ސަބަބުންނެވެ. އިމާރާތް ވެއްޓުނު އިރު މިކުއްޖާ އޮތީ ވިއްސައިގެން ގޮސް އިމާރާތް ކައިރީގައެވެ.

ގިނަ އިރުތަކެއް ވަންދެން އާދަޔާއި ހިލާފު ގަދަ ފިންޏެއްގައި މިކުއްޖާގެ ފުރާނައަށް ގެއްލުމެއް ނުލިބި އޮތުމުން ސިއްހީ މާހިރުން ވެސް ވަނީ ހައިރާންކަން ފާޅުކޮށްފައެވެ. ޑޮކްޓަރުން ބުނާ ގޮތުގައި އެފަދަ ގަދަ ފިނީގައި އެކުއްޖާގެ ފުރާނަ ސަލާމަތްވުމަކީ އާދަޔާއި ހިލާފު އަޖައިބެކެވެ.

އޭނާ ފެނުނީ ކުއްޖަކު ރޯ އަޑު އިވިގެން މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ މީހުން ކުއްޖާ ރޯ އަޑު އިވޭ ސަރަހައްދު ބަލަމުން ދަނިކޮށެވެ.

ކުއްޖާގެ މަންމަ މިހާދިސާ އިން ސަލާމަތް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ބައްޕަ އާއި ބެހޭ މައުލޫމާތެއް މީޑިއާގައި ނެތެވެ. އެހެންކަމުން ކުއްޖާގެ ބައްޕަ ކޮބައިކަމެއް ސާފެއް ނުވެއެވެ.

ކުއްޖާގެ އާއިލާ ދިރިއުޅުނު 10 ބުރީގެ 48 އެޕާޓްމަންޓް ހުންނަ އިމާރާތުގައި އެއްޗެއް ގޮވާ އިމާރާތް ވެއްޓުމުގެ ސަބަބުން ހަތް މީހުން މަރުވެ 36 މީހުން އަދިވެސް ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަފީ

    ﷲ ގެ ކުޅުދުންވަންތަވެރިކަން

  2. މ

    ސުބުހާނަﷲ