ޝިޝާގައި ކެންސަރު ޖައްސައި 30 ބާވަތެއްގެ މާއްދާތައް ހުންނަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ސިނގިރޭޓް ބުއިމަށް ވުރެ މާ ބޮޑެތި ގެއްލުން ޝީޝާ ބުއިމުން ލިބެ އެވެ. އަދި މިއީ ހިތަށް އިންތިހާއަށް ބޮޑެތި ގެއްލުންތައް ލިބޭ އެއްޗެކެވެ.

ނިއު ދިއްލީގެ ޕަޓްޕަރްގަންޖްގެ މެކްސް ސުޕަ ސްޕެޝަލިޓީ ހޮސްޕިޓަލުގެ ކާޑިއެކް ކެތު ލެބްގެ އެސޯސިއޭޓް ޑައިރެކްޓަރު އަދި އެންމެ އިސް ވެރިޔާ ޑރ.މަނޯޖް ކުމާރު ވިދާޅުވީ ދުން ނާރާ ގޮތްގޮތަށް ބޭނުންކުރާ ދުންފަތާއި ޝީޝާ އިން ވެސް ހިތަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމަށެވެ.

މި ތަކެތީގެ ބޭނުންކުރުމުން ހަށިގަނޑުގެ އެތެރެއަށް ގިނަ އަދަދެއްގެ ކާބަން މޮނޮކްސައިޑް ވަދެގެން ދެ އެވެ. ލޭގައި ހުންނަ، ހަށިގަނޑުގެ އެހެން ތަންތަނަށް އޮކްސިޖަން ގެންގޮސްދިނުމުގެ ގާބިލްކަން މިކަމުގެ ސަބަބުން ކުޑަވެ އެވެ. ނަތީޖާ އަކީ ހަށިގަނޑުގައި ދައުރުވާ އޮކްސިޖަން ލެވެލް ދަށްވުމެވެ. ހިތް ހިނގުން އަވަސްވެ ލޭގެ ޕްރެޝަރު އިންތިހާއަށް މަތިވެ ހިތާއި ސިކުނޑިއާ ގުޅިފައިވާ ލޭ ހޮޅިތަކުގެ ނިޒާމަށް މިކަމުން ބާރު ބޮޑުވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި އެއް ގަޑިއިރު ޝީޝާ ބޮއިގެން ހަށިގަނޑަށް އެތެރެވާ ކެންސަރު ޖައްސާ މާއްދާތަކާއި ދުމާއި 100-150 ސިނގިރޭޓް ބޮއިގެން ހަށިގަނޑުގެ ތެރެއަށް ވަންނަ ދުމާއި ކެންސަރު ޖައްސާ މާއްދާތަކާ އެއްވަރެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ދުންފަތުގެ ބާވަތްތައް ބޭނުންކުރުމުގެ ސަބަބުން ކޮންމެ އަހަރަކު މަރުވާ މީހުންގެ އަދަދު ކެއްސުން ބައްޔާއި އެޗްއައިވީ އެއިޑްސް އަދި މެލޭރިޔާ ފަދަ ބަލިތަކުގައި މަރުވާ މީހުންނަށް ވުރެ މާ ބޮޑަށް އިތުރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަދްލީ

    އެންމެ ތިރީސް އެއީ އެއްޗެއްނޫނެއްނުން.. ސިނގިރޭޓުކަ ކެންސަރުޖެހޭ 4000 މާއްދާ އޭގެ ދުމުގައި އެކުލެވޭ..

  2. Anonymous

    ޢެންމެ 30 އެއީވެސްއެއްޗެއް. ޙަށިގަނޑަށް އަމިއްލައަށް ގެެްލުންދޭމީހުނަށް ވަރުގަދަ އަޒާބު ވާކަން ނުދެނެހުރިންތަ؟