ހާސްވުމާއި ކަންބޮޑުވުމުން ދުރުވުމަށްޓަކައި ހޭ ވާހަކަ ގިނަ ބަޔަކު އަހާފައިވުން އެކަށީގެންވެއެވެ. ދުނިޔޭގެ ބައެއް ސަރަޙައްދުތަކުގައި ލާފްޓަރ ކްލަބުތައް ހަދައިގެން، ސްޓްރެސް އާއި އެންޒައިޓީ އަދި އެނޫންވެސް އެފަދަ ނަފްސާނީ ކަންކަމުން ދުރުވުމަށްޓަކައި ހީ އުޅެއެވެ.

އެހެންނަމަވެސް، ސްޓްރެސް އިން ދުރުވުމަށްޓަކައި ކުރާ ކަމަކީ ހުނުމެއް އެކަންޏެއް ނޫނެވެ. މިހާރު ޞިއްޙަތަށް ފައިދާއެއް ހޯދުމުގެ ބޭނުމުގައި ރޯ ބަޔަކުވެސް އުޅެމުންދެއެވެ.

އެގޮތުން، އަވަށްޓެރި އިންޑިޔާގެ ޖުޖުރާތުގެ ސޫރަތުގައި، ހެލްތީ ކްރައިންގ ކްލަބުގެ ނަމުގައި، މިކަމަށް ޚާއްޞަ ތަނެއް ދަނީ ހިންގަމުންނެވެ.

މި ކްލަބުންވަނީ އައު އަހަރާ ދިމާކޮށް ރުއިމުގެ ޚާއްޞަ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފައެވެ. އެތައް ބަޔަކު އެއްވެގެން އައު އަހަރުގެ މުނާސަބަތުގައި މި މީހުން ރޮއެފައިވާއިރު، ހުރިހާ ފަރާތްތަކުންވެސް ރުއީ 2018 ވަނަ އަހަރު ހިނގާފައިވާ ހިތާމަވެރި، އަދި ނުރަނގަޅު ކަންތައްތައް ހިތަށް ގެނައުމަށްފަހުއެވެ.

މިކަމުގައި އިސްކޮށް ހަރަކާތްތެރިވި ކަމްލޭޝް މަސާލާވާލާ ބުނެފައިވާ ގޮތުން ރުއިމަކީ އެކަމުގެ ސަބަބުން ހަށިގަނޑަށް އެތައް ފައިދާތަކެއް ލިއްބައިދޭނެ ކަމެކެވެ. އެގޮތުން ހިތުގައި ކަންކަން ފޮރުވާފައި ބަހައްޓާކަމުގައިވާނަމަ، އެކަމުން ގެއްލުން ލިބޭނެކަން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ރަނގަޅު ބޭނުމަކަށްޓަކައި މިއީ އެއްގޮތަކަށް ނުކޮށް ދޫކޮށްލާ ވަރުގެ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔަމާން

    އަޑުންއަޑުނަގާ ރުއިމަކީ މުސްލިމުން ކުރންq ހަރާމްކަމެއް. ކެތްތެރިވެ ﷲއަށް އިތުބާރުކުރަން އޮތީ އަންގަވާފަ. މިފަދަ ލިޔުން ގެންނަނަމަ ދީނީގޮތުން އޮތްގޮތްވެސްލިޔެބަލަ. މިކަންކަން ކޮޕީކުރާމީހުން މިފަދަ ބޯގޯސް ކަންކަން ކުރަންފަށާފާނެ!