މި ފެށުނު 2019 ވަނަ އަހަރު، އިރު ދުނިޔެއާ އެންމެ ގާތަށް ޖެހޭނީ މާދަމާ (3 ޖަނަވަރީ 2019) ގައި ކަމަށް ޖައްވީ މައުލޫމާތު ހާމަކުރާ ފަރާތްތަކުން ބުނެފިއެވެ.

"އާތްސްކައި" އިން ބުނެފައިވާ ގޮތުގައި، އިރު ދުނިޔެއާ އެންމެ ގާތްވާނެކަމަށް ބެލެވޭ ވަގުތަކީ އެމެރިކާ ގަޑިން ޖަނަވަރީ ދެއެއްގެ 11:20 އެވެ. އެވަގުތަކީ ޔޫރަޕާއި އެފްރިކާ ސަރަޙައްދުގެ ގިނަ ޤައުމުތަކަށް ޖަނަވަރީ ތިންވަނަ ދުވަހުގެ ހެނދުނުގެ ވަގުތެވެ. އަދި، ދުނިޔޭގެ އެހެން ސަރަޙައްދުތަކަށް މެންދުރުފަހެވެ.

އެހެންކަމުން، ރާއްޖެއަށް މި ވަގުތު އަންނާނީ މެންދުރުފަހުކަމަށް ބެލެވެއެވެ.

ޖައްވީ ސައިންސްވެރިންނާއި އެސްޓްރޮނޯމަރުން، އިރު ދުނިޔެއާ ގާތަށް ޖެހޭ ޖެހުމަށް ވަނީ ނަމެއް ދީފައެވެ. މި ނަމަކީ "ޕެރިހީލިއަން" އެވެ. ގްރީކު ބަހުން ޕެލިގެ މާނައަކީ ކައިރިއެވެ. އަދި ހީލިއަސްގެ މާނައަކީ އިރެވެ.

ސައިންސްވެރިން ހާމަކޮށްފައިވާ ގޮތުގައި ދުނިޔެއާއި އިރު އެންމެ ކައިރިވާއިރު، މި ގުރަހައާއި އިރާ ދެމެދު ހުންނާނީ 91،403،554 މޭލު (147،099،761 ކިލޯމީޓަރު) ގެ ރާސްތާއެކެވެ.

ދުނިޔެ، އިރާ އެންމެ ދުރަށް މި އަހަރު ޖެހޭނީ ޖުލައި މަހުގެ ތެރޭގައެވެ. "އަފީލިއަން" ނަމުން ނަން ދީފައިވާ މިކަންތައް ހިނގާނީ މި އަހަރުގެ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަހެރުވައް

    މާފަހުން ތިކަން ސައެންސްވެރިންނަށް ތި އެނގުނީ. މިހުރިހާ އިލްމެއް ހުރި އަހަރެމެންގެ ފޮތުގައި. އެމީހުންނަށް އެނގުނު އެއްޗއް އެެނގުނީވެސް އެފޮތްތަކުން

  2. ާޢަލީ

    ތި ވާހަކަތައް ވަނީ މާ ކުރީއަހަރެމެންނަށް އަންގަވާފަ.
    ދުނިއެ ގިޔާމަށް ވާނެކަމާ އޭގެކުރިން ހިނގާނެ ކަންކަން ވަނީ ބުނެދެއް ވާފަ....