މަޝްހޫރު ވީލޮގަރ އެއްކަމަށްވާ ނުސައިރު ޔާސީން (ނަސް)ގެ ވީޑިއޯ ގެނެސްދޭ ޕޭޖްގައި އާއްމު ކުރި "އެކްސް" ނަންދިން ޖަޕާނުގެ މީހާ އަމިއްލައަށް މަރުވެއްޖެއެވެ.

ނަސް ވަނީ މިކަން ކަށަވަރު ކޮށް ވީޑިއޯއެއް އާއްމުކޮށްފައެވެ. މިވީޑިއޯގައި ނަސް ބުނެފައިވަނީ އޭނާ މީގެ 9 މަސް ކުރިން ވާހަކަ ގެނެސްދިން ޖަޕާނުގެ މީހާ އަމިއްލައަކަށް މަރުވެފައިވާކަން ޔަޤީންވެފައިވާ ކަމަށެވެ. އަދި އެކަން އޭނާއަށް އެނގިފައިވަނީ "އެކްސް" ގެ ހާލު ބެލުމަށް އޭނާއަށް ގުޅުމުން ކަމަށެވެ. ނަސް ވަނީ ިދިޔަ ދުވަސް ތަކުގެ ތެރޭގައި "އެކްސް" ގެ ހާލު ނުބަލާ ދޫކޮށްލެވުނީތީ އެކަމާ ދެރަވާ ކަމަށް ބުނެފައެވެ.

"އެކްސް"ގެ ނަންދީފައިވާ މިމީހަކީ ޖަޕާނުގެ މީހެކެވެ. މީގެ 9 މަސް ކުރިން ޖަޕާނަށް ކުރި ދަތުރުގައި ނަސްވަނީ މިމީހާގެ ވާހަކަ ވީޑިއޯއެއްގެ ޒަރިއްޔާއިން ހިއްސާކޮށްފައެވެ. މިވީޑިއޯގައި ބުނެފައިވަނީ މިމީހާ ބޭނުންވަނީ އަމިއްލަޔަށް މަރުވަން ކަމަށާއި އަދި އޭނާ ގެންގުޅޭ ޑައިސްއިން 6 ނަންބަރަށް ހުއްޓޭ ދުވަހަކީ އޭނާ މަރުވާ ދުވަސް ކަމަށެވެ. މިއާއެކު "އެކްސް"އަށް އެހީތެރިވުމަށް އޭރު ގިނަ ބަޔަކު އޭނާއަށް މެސެޖްކޮށް ހެދިއެވެ. ނަމަވެސް އޭގެ ދުވަސް ކޮޅެއް ފަަހުން އެންމެން "އެކްސް" ގެ މަތިން ހަދާންނެތުނެވެ.

މީހުންގެ ވާހަކަތައް ގެނެސްދޭ، "ނަސް ޑެއިލީ" ޕޭޖް ހުއްޓާލަން ދެ ދުވަހަށްވެފައިވާއިރު، ނަސް ރާއްޖެއަށް ކުރި ދަތުރެއްގައި ރާއްޖޭގެ އަންހެނެއްގެ ވާހަކަވެސް ވަނީ، "އެކްސް" ގެ ނަމުގައި ގެނެސްދީފައެވެ. "އެކްސް" އަކީ ނަން ހާމަ ނުކުރުމަށް ބޭނުންވާ ފަރާތްކަކަށް ދީފައިވާ ކޯޑް ނަމެކެވެ.

ޖަޕާންގައި ހުރި ނަސްގެ ރަހުމަތްތެރިޔާ މަރުވިއިރު ޖަޕާންގައި އަމިއްލައަށް މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމަކީ އެގައުމުގެ ކަމާބެހޭ ފަރާތްތަކުގެ ބޮޑު ކަންބޮޑުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    އަދި މަހީކުރީ މީ ރާއްޖޭގެ އެކްސް ވާހަކަ ކަމަށް. ނޭގޭނެ އެއްނު.

    • ބޫޓު

      ހީކުރާނޭނު ކަލެމެން ބޭނުން ވަނީ އޭނަ މަރުވާން ވިއްޔަ. އެފަހަރުވެސް ހީވީ އެންމެން އޭނަ ރޮލުން ކައިފާނެހެން.

      • ހުމް

        އަހަރުން ނޫޅެން އަމުދަކުން ކޮން އުކުހެއް ވައި އެއް އެމީހެއްގެ ފޮތް ފުރާނެގޮތަކަށް ފުރަންވީނު

        • މަރީ

          ހުމް ތިޔަބުނީ ހެޔޮކޮށް.. ތިޔަ މީހަކު ކުރާކަމެއް ބަލާހިތަކުން ނޫޅެން..

  2. Anonymous

    ބައްޔެއްނު އަމިއްލަޔަށް މަރުވާހިތްވަންޏާ ވެބަލަ. މީހުން ހައްދާ މަޅީގަ ޖައްަަން މޮޅުގޮތެއް ތީ