އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ވިހްދާ އަލް-ޖަމިލީ ކައިވެނި ކުރުމަށް ފަހު، ކައިވެނި ކުރި ރޭގެ އުފާ ފާޅުކުރުމުގެ ގޮތުން ވައިގެ ތެރެއަށް ބަޑި ޖެހި މައްސަލަ ހޫނުވެ އެންމެ ފަހުން އޭނާ ހައްޔަރު ކުރަން އެތައް ބަޔަކު ގޮވާލަން ފަށައިފިއެވެ.
ވިހްދާ އާއްމު ކުރި ވީޑިއޯ އަކުން ފެންނަނީ ކާރެއްގެ ތެރޭގައި އިނދެ ވައިގެ ތެރެއަށް އޭނާ ބަޑި ޖަހާ މަންޒަރެވެ.
މައްސަލަ ހޫނުވުމުން ވިހްދާ ވަނީ އޭނާ ކުރި ކަންތައްތަކަށް މަޢާފަށް އެދިފައެވެ. ނަމަވެސް ދިފާޢު ވުމުގެ ގޮތުން އޭނާ ބުނީ ބަޑި ޖެހި ސަރަހައްދަކީ މީހުން ދިރިނޫޅޭ ސަރަހައްދެއް ކަމަށެވެ.
ވިހްދާ ބަޑި ޖެހި މައްސަލަ ގޯސްވީ ކުޅިވަރަކަށް ނަމަވެސް ބަޑި ޖެހުމަކީ އިރާޤުގެ ޤާނޫނުތަކުން ވަރަށް ބޮޑަށް މަނާކޮށްފައި އޮންނަ ކަމަކަށް ވާތީއެވެ.
ޤާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ވިހްދާ އެގޮތައް ބަޑި ޖެހުމަކީ ވަރަށް ބޮޑު ކުށެކެވެ. އިރާޤުގެ ޤާނޫނުލް އުޤޫބާތު ބުނާ ގޮތުން އެކުށުގެ އަދަބެއްގެ ގޮތުން އުމުރަށް ޖަލަށް ލެވޭނެ ކަމަށް ވެސް އިރާޤުގެ ވަކީލުން ވިދާޅުވެއެވެ.
ނަމަވެސް ވިހްދާގެ މައްސަލަ އަދި އެއްވެސް އިދާރާއަކުން ބަލަމުން އަންނަކަމެއް ކަށަވަރެއް ނުވެއެވެ.
އިރާޤުގެ ހެލްތު މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އާއަހަރު ފާހަގަ ކުރުމުގެ ގޮތުން ހިނގި ބަދި ޖެހުމުގެ އެކި ހަރަކާތްތަކުގައި 76 މީހުން ޒަހަމްވެ، ކުޑަ ކުއްޖަކު މަރުވެފައިވާ ކަމަށެވެ.
ކައިވެނި ޕާޓީތަކުގައި އުފާފާޅުކުރުމުގެ ގޮތުން ބަޑި ޖެހުމަކީ އިރާޤުގައި އާއްމުކޮށް ކޮށްއުޅޭ ކަމެކެވެ. މިފަދަ ހަރަކާތްތަކުގައި ގިނަ ބަޔަކު މަރުވާތީ ބަޑި ޖެހުން ހުއްޓުވަން ޤާނޫނުތައް ވަނީ ވަރަށް ބޮޑަށް ހަރުކަށިކޮށްފައެވެ.
ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއްނުން ރަގަޅުވާނެ....
ވިހްދާ ބަޑިޖެހީމަދޯ މައްސަލައަކަށްވީ. މުޅިއިރާގުގައި ބޮންގޮއްވާ ފޭރި ވެރިއަކަށްހުރިމީހާ މަރާ ލޫޓުވާ ދާރުލްއާޘާރުތަކާ ލައިބަރަރީތަށް ހަލާކުކޮށް މުޅިގައުމު އަޅުވެތިކަމަށް ދޫކޮށްލުން މަނައެއްނޫން ދޯ.....