ގޮދަޑިއެއގެ އެހީގައި ސްޕައިނަށް ޤާނޫނާ ޚިލާފަށް އެތެރެވާން މަސައްކަތް ކުރި މޮރޮކޯގެ ދެ މީހަކު އަތުލައިގެންފިއެވެ.

ސްޕައިންގެ ސިފައިން އަތުލައިގެންފައިވަނީ މޮރޮކޯގެ ދެ ފިރިހެނުންނެވެ. އަދި މިދެމީހުން މިޤައުމަށް އެތެރެވާން އުޅެފައިވަނީ ސްޕައިނަށް އެތެރެކުރި ގޮދަޑިއެއްގެ ތެރެއަށް އެރިގެންނެވެ.

މިދެމީހުން ސްޕައިނަށް އެތެރެވާން އުޅޭކަން އެޤައުމުގެ ފުލުހުންނަށް އެނގިފައިވަނީ މިދެމީހުން އެރިގެން އޮތް ގޮދަޑި ބަލާ ފާސް ކުރުމުގެ ތެރޭގައެވެ. މިގޮދަޑި އެތެރެކޮށްފައިވަނީ ބަހެއްގެ މަތީ ބަޔަށް ލައިގެންނެވެ. ފުލުހުން މި ގޮދަޑި ފަޅާލާ މަންޒަރު މީސްމީޑިޔާގައިވަނީ އާއްމުކޮށްފައެވެ.

މި ބަސް ދުއްވި މީހާ މިކަންތައް ހިނގުމުން ފިލާފައިވާއިރު، ޤަވާއިދާ ޚިލާފަށް ސްޕައިނަށް އެތެރެވާން އުޅުނު ދެ މީހުން މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

އެޤަައުމުގެ ފުލުހުން ބުނެފައިވަނީ ޤަވާއިދާ ޚިލާފަށް އެޤައުމަށް މީހުން އެތެރެވާ ކަމަށާއި ނަމަވެސް މިފަދަ ގޮތަކަށް އެެތެރެވާން މަސައްކަތް ކުރި މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

ޤަވާއިދާ ޚިލާފަށް ޤައުމަށް އެތެރެވުމަކީ ވަރަށް ގިނަ ޤައުމުތަކުގައި އާއްމު ކަމެކެވެ. މިކަން ހުއްޓުވުމުގެ ގޮތުން މިގޮތަށް އެތެރެވާން ފަރާތްތަކަށް ބޮޑެތި އަދަބުތައް ބައެއް ޤައުމުތަކުގައި ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެޔޮ އެދިގެން

    އެ ދެ މީހުން އެތެރެވާން އުޅުނީ އެ ދެ މީހުންގެ އަމިއްލަ ގައުމަށް ކަމަށް ސުރުޚީއިން ހީވިއެވެ. އެހެންވީ 'ގައުމަށް އެތެރެވާން' މި ގޮތަށް ސުރުޚީގައި އޮތުމުންނެވެ. ނަމަވެސް 'ގައުމަކަށް އެތެރެވާން' މި ގޮތަށް އޮތް ނަމަ އެ މައްސަލަ ދިމައެއް ނުވީހެވެ. އެހެނީ އަމިއްލަ ގައުމަށް އެތެރެވުމާއި އެހެން ގައުމަކަށް އެތެރެވުމާ ކަނޑައެޅުމުގައި ބަހުގެ ހަމައިގައި އެ /ކ/ އިން އެބަ ތަފާތު ކޮށްދެއެވެ.

  2. ޙަސަނު

    ޢެތެރެ ނުވާ ކަމަކަށް ނުވާނެ