ސޫރުދަ ނިޒާމުގައި ހިމެނޭ އެންމެ ބޮޑު ގުރަހަ ޖުޕިޓާ (މުޝްތަރި)ގެ ހަނދެއްގައި ހުރި އަލިފާން ފަރުބަދަ އެއް ގޮވަ މަންޒަރު ނާސާގެ ޖޫނޯ އުޅަނދުން ނަގައިފިއެވެ.

ޖުޕިޓާގެ ހަނދެއް ކަމަށްވާ "ލޯ" ގައި އަލިފާން ފަރުބަދައެއް ގޮވާ ކަމުގެ ހެކި ނާސާގެ ޖޫނޯ އުޅަށް ލިބިފައިވަނީ ޖުޕިޓާގެ ހަދުގެ 300000 ކިލޯ މީޑަރު ދުރުން ދަތުރު ކުރަމުން ދަނިކޮށެވެ.

ޖުޕިޓާގެ ހަނދެއްގައި އަލިފާން ފަރުބަދައެެއް ގޮވާ މަންޒަރު ފޮޓޯ: ނާސާ

ޖުޕިޓާގެ ދިރާސާތައް ކުރުމަށްޓަކައި ޖޫނޯ ނަމަކަށް ކިޔާ ސެޓަލައިޓެއް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ފޮނުވީ 2015 ވަނަ އަހަރުއެވެ. ނާސާގެ ޖޫނޯ އުޅަދު 1.7 ބިލިއަން މޭލުގެ ދަތުރަކަށް ފަހު ޖުޕިޓާގެ އޯބިޓަށް ވަނީ 2016 ވަނަ އަހަރުއެވެ.

ނާސާ އިން ބުނާ ގޮތުގައި ޖުޕިޓާގެ " ލޯ" ހަނދަކީ ދުނިޔޭގެ ހަދަށް ވުރެން ވަރަށް ކުޑަ ހަނދެއް ކަމަށެވެ. މުޅި ސޫރުދަ ނިޒާމުގައި ވެސް އެންމެ ބޮޑަށް އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާ ތަށް ހިންގަނީ މި ހަނދުގައި ކަމަށް ނާސާއިން ބުނެއެވެ.

ޖޫނޯ އުޅަދުގެ ފުޅާ މިނުގައި ބާސްކެޓް ކޯޓެއްގެ ބޮޑުމިން ހުންނަ އިރު، އެއް އަހަރާއި އަށް މަސް ދުވަސް ތެރޭގައި މި އުޅަފު ޖުޕިޓާ ވަށައިގެން 37 ފަހަރު އެނބުރޭނެ އެވެ.

ޖޫނޯގައި މައުލޫމާތު އެއްކުރާ ހަތް އިންސްޓޫމެންޓެއް ހިމެނޭނެ އެވެ. މި އިންސްޓްރޫމެންޓްތަކުން ހޯދާ ބަލާ މައުލޫމާތުތަކުގެ ތެރޭގައި ޖުޕިޓާ އުފެދުނު ގޮތާއި އޭގެ ސްޓްރަކްޗަރާއި ވައިގެ ފަށަލަ އަދި ޖުޕިޓާގެ ބިމަށް ދަމާ ބާރު ނުވަތަ މެގްނެޓޮސްފިއާ ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަން

    ލޯ އެއް ނޫން، އެހަނދަށް ކިޔަނީ އައިއޯ. (Io (/ˈaɪ.oʊ

  2. ފަސްކުޅަނދު

    އަންގަވާފައިވާ ގޮތަށް ނޫޅޭތީނު. ޖީންސްލައިގެން އަންހެނުން އުޅޭނަމަ ކޮންމެ ގުރަހައެއްގެ ކޮންމެ ހަނދެއް ކަމުގައިވިޔަސް އެތަނަކަށް ތިޔަފަދަ ޒަލްޒަލާ އަންނާނެ. ތަބާވާންވީ ރަސޫލާގެ ސުންނަތަށް.

  3. ހާރޭ

    ކޮންމެ ތަރިއެއްގައި ތިބެގެން ޖީންސްލިޔަސް އަލިފާން ފަރުބަދަތައް ގޮވައި ބިންހެލުން އަންނާނެ.