ހަނދުގެ އަނދިރި ފަރާތް ދިރާސާ ކުރަން ޗައިނާއިން މިދިޔަ ޑިސެންބަރު މަހު ފޮނުވި އުޅަނދު ކާމިޔާބު ކަމާއި އެކު ހަނދުގެ އަނދިރި ފަރާތުގައި މިއަދު ޖައްސައިފި ކަމަށް އެގައުމުގެ ސްޓޭޓް މީޑިއާއިން އިއުލާން ކޮއްފިއެވެ.

މިއީ ޗައިނާގެ ޖައްވީ ޕްރޮގުރާމުގެ ތާރީހުގައި އެގައުމަށް ލިބުނު ބޮޑު ކާމިޔާބީ އެކެވެ. ޗައިނާ ފިޔަވާ ހަނދުގެ އަދިރި ފަރާތަށް އަދި މިހާތަނަަށް އެއްވެސް ގައުމަކުން އުޅަނދެއް ނުފޮނުވައެވެ.

އިންސާނަކާއި ނުލާ ފޮނުވި "ޗޭންޖް 4 " އުދަނދު ކާމިޔާބު ކަމާއި އެކު ހަނދުގެ އަދިރި ފަރާތުގައި މިއަދު ޖެއްސިއިރު މި އުޅަދު ދުނިޔެއިން ހަނދަށް ދާން 27 ދުވަހުގެ ދިގު ދަތުރެއް ކުރިއެވެ.

ޗައިނާއިން ވަނީ މީގެ 40 އަހަރު ކުރިން ޗެންގް ފައިވް-ޓީވަން ނަމުން ނަންދީފައިވާ އުޅަނދެއް ހަނދަށް ފޮނުވާފައެވެ. ހަނދުވަށާ ބުރު ޖެހުމަށް ފޮނުވާލި ޗެންގް ފައިވް-ޓީވަން އަކީ ފާއިތުވެ ދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ހަނދު ވަށާ ބުރު ޖެހުމަށް ފަހު އެނބުރި ދުނިޔެއަށް ޖެއްސި ފުރަތަމަ އުޅަނދެވެ.

ޗައިނާއިން އެގައުމުގެ ޖައްވީ ޕްރޮގުރާމުގައި ބޮޑެތި ކުރިއެރުން ތަކެއް ހޯދަމުން އަންނައިރު ދާދި ފަހުން މަގުތައް އަލިކުރުމަށް ކުރާ ހަރަދު ކުޑަކުރުމަށް ޓަކައި އާޓިފިޝަލް ހަނދެއް އުފައްދައި ޖައްވަށް ފޮނުވަން ރާވާފައިވާ ކަމަށް ޗައިިނާގެ ކުންފުންޏަކުން ވަނީ ބުނެފައެވެ.

ބިމުގެ ވަށައިގެން ދަތުރުކުރާ ހަނދަކީ ބިމުގެ ބައެއް ކަމަށާއި ހަނދު އުފެދުނީ ބިމުގެ ތެރެއިން ކަމަށް ބުނާ އިރު މި އުޅަދުން ހަނދުގެ ގިނަ ދިރާސާތަކެއް ކުރަން ވަނީ ހަމަޖެހިފައެވެ. އެގޮތުން ހަނދުގެ އަދިރި ފަރާތުގައި ހުރި ބޮޑު ވަޅުގަނޑެއް އުފެދެން މެދުވެރިވި ގޮތް ބަލާނެއެވެ.

އިރަވީ ނިޒާމުގައިވާ އެހެން ގުރަހަ ތަކަށް ނިސްބަތް ވާ ސެޓްލައިޓް ތަކަށް ވެސް ހަނދޭ ކިޔެއެވެ. ހަނދުގެ ޑަޔަމީޓަރަކީ ގާތްގަނޑަކަށް 3480 ކިލޯމީޓަރެވެ.

ހަނދު އުފެދުނު ގޮތާބެހޭ ގޮތުން ކުރިިން ނެރެފައިވާ ނަޒަރިއްޔާ ބުނަނީ ހަނދު އުފެދިފައި ވަނީ ޖައްވުންއައި ބިޔަ ގިނި ޖެހިގެން ކަމަށާއި ނަމަވެސް ހަނދަކީ ބިމުގެ ބައެއް ނޫން ކަމުގައެވެ. އަދި ހަނދަކީ ޖައްވުން އައިސް ބިމުގައި ޖެހުނު އެއެތީގެ ބައިތައް ޖައްވަށް ބުރައިގެންގޮސް އެއިން އުފެދުނު ޖައްވީ މާސް އެއް ކަމުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނަން

  ހުޅުމާލޭ އަތިރިފަރާތުގައި ބުރިޖް ދޮށުގައި ތިޔަ ޖެއްސީ. ތިކަހަލަ ވާހަކަ ދެއްކީމާ ދިވެހި ޖާހިލިއްޔަތުގެ ކިއްލާ ގުޑައިގެންފާނެ. އަވަހަށް މިޚަބަރު ނަގާ

 2. ވިސްނާ

  ޔޫނުސް ސޫރަތުގެ 5ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވަނީ { އެކަލާނގެއީ، އަލިކަމެއްކަމުގައި އިރުލައްވައި ނޫރެއްކަމުގައި ހަނދު ލެއްވި ރަސްކަލާގެއެވެ.
  އަދި އެހަނދު ހިގުމަށް މަންޒިލްތަކެއް މިންވަރުކުރެއްވިއެވެ.[އެއީ] ތިޔަބައިމީހުން އަހަރުތަކުގެ އަދަދާއި[މައްސަރުތަކާއި ދުވަސްތަކުގެ] ހިސާބު ދެނެގަތުމައްޓަކައެވެ. ހައްގު ގޮތުން މެނުވީ،ﷲ އެތަކެތި ނަހައްދަވައެވެ.އެގޭބަޔަކަށް އެކަލާނގެ އާޔަތްތައް ތަފްސީލުކޮށްދެއްވަތެވެ.

  • ފަސްކުޅަނދު

   އަޅެ ތިޔަ ބުނި އެއްޗަކުން އެނގުނީ ކޮންކަމެއްތަ؟ ހަނދުގެ އަނދިރިފަރާތުގެ ވާހަކަތަ؟ ނޫނީ އަނދިރިފަރާތެއް ނެތްވާހަކަތަ؟ ހަނދަކީ ދިއްލިފައިވާ އައްޔަކީތަ؟ ވިސްނާ އޮޅުން ފިލުވާ ދީބަލަ